މޫނު މަައްޗަށް ގެންނަމުން ދިޔަ ވައްތަރުގެ ސަބަބުން އެތައް ބައެއްގެ ހިތްތައް ކަތިލަމުންދާ ޒުވާން އަންހެނެއް މުޅި މީސް މީޑިޔާ ފަތަހަކޮށްލައިފިއެވެ. އެއީ ޕްރިޔާ ޕްރަކާޝް ވާރިއާއެވެ.

ޕްރިޔާގެ ފުރަތަަމަ ކުޅުނު ފިލްމްގައި ހިމެނޭ ވީޑިޔޯއަކުން ފެންނަނީ ފިރިހެން ކުއްޖަކު އޭނާގެ މޫނު މަތީ އެކްސްޕްރެޝަންތަކުން ދީވާނާކޮށްލާ މަންޒަރެވެ. އެ އެކްޕްރެޝަންއިން އޭނާ ދީވާނާކޮށްލީ ހަމައެކަނި އެ ފިރިހެން ކުއްޖާއެއް ނޫނެވެ. އެތައް ބައެއްގެ ހިތްތަކާއި ކުޅެލައިފިއެވެ. އެތައް އަންހެން ކުދިންގެ މެދުގައި ނަފްރަތުގެ ހުޅުގަނޑު ރޯކޮށްލިއެވެ.

މިހިރީ ޕްރިޔާ އާއި ބެހޭ ގޮތުން މީގެ ކުރިން ނޭނގެ ބައެއް މައުލޫމާތު ތަކެވެ.

އާއިލާ އާއި ރައްޓެހިން ގޮވާ ނަމަން ނަމަ "ރިޔާ" ނަމަކަށް އެ ޒުވާނާ އަށް މިހާރު 18 އަހަރު ފުރިއްޖެއެވެ. ދެކުނު އިންޑިއާއަށް ނިސްބަތްވާ މި ފިލްމީ ތަރީގެ ފުރަތަަމަ ފިލްމް ކަމަށްވާ "އޮރޫ އަދާރް ލަފް" އަކީ ކުރިއަށް އޮތް ދުވަސްތަކުގައި ނުކުންނާނެ މަލިޔާލަމް ފިލްމެކެވެ. އެ ފިލްމް ނުކުތުމުގެ ކުރިން އެ ފިލްމްގެ ދެ މަންޒަަރެއް މީސް މީޑިޔާގައި އެ ދަނީ ރަނިކަން ކުރަމުންނެވެ.

ޕްރިޔާއަކީ ހަމައެކަނި ފިލްމީ ތަރިއެއް ނޫނެވެ. އޭނާއަކީ މޮޑެލްއެއްވެސް މެއެވެ. ރީތި ކަޅު ދެލޯ ލިބިފައިވާ ޕްރިޔާގެ އިސްތަށިގަނޑަކީ ކުޑަކޮށް ބުޅި އިސްތަށިގަނޑެކެވެ.

ކެރެލާއަށް ނިސްބަތްވާ ޕްރިޔާއަަށް މަލިޔަލަމް ބަހުންނާއި އިނގިރޭސި ބަހުން ވާހަަކަދައްކަން އެނގެއެވެ. ތްރިއްސޫރްގެ ވިމަލާ ކޮލެޖުން އޭނާ ތައުލީމް ހާސިލް ކުރިއެވެ. އަދި މިވަގުތުވެސް ދަނީ ކިޔަވަމުންނެވެ. ޕްރިޔާ ފޫހިވާވަގުތު ލަވަ އަޑުއަހާކަަމަށް އޭނާ ބުނާއިރު، ނެށުމާއި، ދަތުރުކުރުމަކީވެސް ވަރަށް ކުރާހިތްވާ ކަމެކެވެ.

އަދި މިހާރު އޭނާ ހުރީ ހުސްހަށިބައިކޮށްކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ސިފާޒު

  ހާދަރީޗޭ މަވެސް ހުސް...

 2. ޖޮއްބެ

  މީދެން ތިޔަބުނާވަރުގެ ރީތި ކުއްޖެއްބާ......؟؟؟

  • ަަހަހަހަހަހަހަ...

   އޭ. މަވެސް މިބުނަނީ ތިހެންނޭ!?

 3. މުހަށްމަދު

  އަވަހައް އިންނަން އަހަންވީ ދޯ؟؟؟؟؟؟؟ ހައްހާ ....

 4. މުހައްމަދު

  ފައިގަ ހުރީ ހުސް ލަކުނު

 5. ހިތޭ؟

  ހިތަކަށް ނޫން ތަދު އަރައިން ތި އުޅެނީ.. ކިހާ ދެރަ ކަމެއް މީ.. ބޯ ހަލާކު

 6. މަންޖެ

  "އެންމެންގެ ހިތްތައް ކަތިލަމުން އަންނަ މި ޒުވާނާއާ ބެހޭ ގިނަ މައުލޫމާތުތައް މިހިރީ"؟؟؟؟ ކޮން ގިނަ މައުލޫމާތެއް؟؟؟ ކެލޭމެން ކޮންދުވަހަކުންތަ ސުރުހީއާއި ލިޔާ އެއްޗަކާ ދިމާކުރާނީ؟؟

 7. ސޯދުބެ

  ވިންކް ކުރުމަށް ކިޔާނެ ރީތި ދިވެހިބަހެއް ހޯދައިގެން ކިޔާބަލަ، ފެންވަރެއް ނެތިއްޔާ ދިވެހިބަހުން ނުލިުަނވީނު

  • ބަކުރު

   ދެން ތިމޮޅުމީހަ ލިޔެބަލަ

 8. ާއަދުރޭ

  ާމިކުއްޖާއާ ބެހޭގޮތުންީ އޭބީޕީ ނިވްސް ގަ ޖަހާފަ އޮތް ކަމަށްވޭ ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮއްގެން މުސްލިމް ބަޔަކު މައްސަލަ ޕޮލިހަށް ހުށަހެޅި ކަމަށް މިފަދަ މީހެއް ކިތައްމެ ރީއްޗަސް އަހަރެމެން ރުޅިއާދޭ

 9. ޓަކި މޫނާ

  ކޮން "އެންމެން"އެކޭ ތަ ވަގުތުން ތި ކިޔަނީ؟ ބައެއް މީހުންނޭ ކިޔަން ދަސްކޮށް ބަލަ.
  ވަރަށް ސަލާމް.

 10. Anonymous

  އޭނަގެ ވީޑިއޯ ލަވައިގެ މާނަ ގެނެސް ދީބަލަ. ރަސޫލާ (ސ) އާ ގުޅުވަިގެނ ހަދާފަ އިން ލަވައެއް އެއީ

 11. މުސްލިމް

  އިސްލާމް ދީނާ ގުޅުވައިގެން ހަދާފަ އިން ލަވައެއް އެއީ

 12. މަގޭހިތް

  އަޅެ މަ ބަލާބަލާވެސް މަގޭ ހިތް ކަތިލެވޭގޮތެއް ނުވިޔޭ
  މީކާކުތ....... ތިޔަހާވަރެއް ތިއަރުވާލަނީ

  މަގޭ އަންހެނުންވެސް ތިޔައްވުރެ ރީތިހެން ހީވަނީ

  ސަލާމް

  • ބަކުރު

   ހީވަނީއޭ؟ ޔަގީނެއްނޫން ދޯ... ހަހަހަހަހަހ

 13. ސޫސޫ

  ހަމަ ހުވާ މަށަކަށް ވެސް މިކުއްޖާ އެހާރީއްޗެއް ނޫން...ރާއްޖެ ކުދިންވެސް މާ ރީތީ

 14. އަލިބެ

  ސަޅި އަންހެން ކުއްޖެކެވެ.