ކޮލޮރާޑޯ ގައި އުފާވެރި ދިރިއުޅުމެއް ދިރިއުޅެމުން އައި ދެމަފިރިން ކައިވެންޏަށް 72 އަހަރު ފުރިގެން ނަގާފައިވާ ފޮޓޮ ތަކުން އާއްމުންގެ އެތައް ބަޔަކު ރޮއްވާލައިފިއެވެ.

އުމުރުން 91 އަހަރުގެ ދެލޯބިވެރިން ކަމަށްވާ ލިއަނާޑޯއާއި ޝާލީ މެޓީސް އެކުގައި އުޅޭތާ 72 އަހަރު ވަނީ ވެފައެވެ. މި ދެމަފިރިންނަކީ އެތައް ބަޔަކަށް ލޯބީގެ ނަމޫނާއެކެވެ.

މެދެމަފިރިންގެ ކައިވެންޏަށް 72 އަހަރު ފުރޭކަން އެނގުމުން އެމީހުން މަސައްކަތް ކުރަމުން އަންނަ ކެއާ ސެންޓަރުގެ މުވައްޒަފަކު ވަނީ އެދެމަފިރިންގެ ކައިވެންޏަށް 72 އަހަރު ފުރުން އިތުރަށް ކުލަގަދަ ކުރުމަށް ފޮޓޯ ނަގާދީފައެވެ.

އޭނާ ފޭސްބުކް ގައި ޝެއާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުންނާއި އެކީ މަސައްކަތް ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެމީހުންނާއި އެކީ މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ރަނުގެ ފުރުސަތެއް ކަމުގައެވެ.

”އަހަރެން އެމީހުންނާއި އެކީ މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެދާނެ. އުމުރުން 16 އަހަރުން ފެށިގެން އެމީހުންނާއެކީ އެ ކްލިނިކެއްގައި މަސައްކަތް މިކުރަނީ. އެ މީހުންނާއި އެކީ މަސައްކަތް ކުރަން ލިބުނު ފުރަސަތަކީ ރަނުގެ ފުރުސަތެއް.”އާޑިސް ބެހްރެންޑްސެން ބުންޏެވެ.

އާޑިސް ބުނެފައިވަނީ އެ އަންހެން މީހާއަށް އެދުވަހު ލާނެ ހެދުމެއް ދިނުމުގެ އިތުރުން ދެމަފިރިންގެ ރީތި ފޮޓޯވެސް ނަގާދީފައިވާނެ ކަމަށެވެ. އެކަމަށް އޭނާ ވަރަށް އުފާވާ ކަމަށްވެސް ބުނެފައިވެއެވެ.

އެދެމަފިރިންގެ ދަރިން ސީބީއެސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެމީހުންވެސް އެދުވަސް ފާހަގަކުރަން ރާވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހުން ފާހަގަނުކުރީ އާޑިސް ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވެގެންކަމަށެވެ.

އާޑިސްވަނީ އޭނާއަށް އެ ފުރުސަތު ފަހިކޮށްދިންކަމަށް އެދެމަފިރިންނަށް ޝުކުރުދަންވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޮވެނީ

    ކޮބާ އެއަސަރުގަދަ ފޮޓޯތައް. ދައްކާލަބަލަ.

    8
    1