މިސްރުގައި މީގެ 3000 އަހަރު ކުރިން ވަޅުލާފައިވާ 30 ސަންދޯއް ފެނިއްޖެ ކަމަށް އެ ގައުމުގެ އާސާރީ ކަންކަމާއި ބެހޭ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މިއީ އެ ގައުމުގައި ގިނަ އަހަރު ތަކަކަށް މިހައި ގިނަ އަދަދެއްގެ އާސާރީ ތަކެތި އެއްފަހަރައި ފެނުނު ފުރަތަމަ ފަހަރު ކަމުގައި ވާއިރ، 3000 އަހަރު ކުރީގެ މި ސަންދޯއްތައް ހުރީ ވަރަށް ރަނގަޅު ހާލަތުގައެވެ. އަދި އެ ސަންދޯއްތެރޭގައި ވަޅުލާފައިވާ މީހުންވެސް ހަށިގަނޑު ފަނާވެގެން ނުދާގޮތަށް ވަނީ ރައްކާކޮށްފައެވެ.

މި ތަކެތި ފެނިފައި އެ ގައުމުގެ ދެކުނުގައި އޮންނަ ލަކްސޯ ސިޓީގައި އިމާރާތެއް އެޅުމަށްޓަކައި ބިންގަނޑު ކޮންނަމުން ގެންދިޔަ ވަގުތެއްގައެވެ. މި ސަންދޯއްތަކު ތެރޭގައި 23 ފިރިހެނަކު އޮތްއިރު 5 އަންހެނުންނާއި 2 ކުޑަކުދިންވެސް އޮތެވެ. އޭގެ ތެރެއިން 23 ފިރިހެނުންނަކ ފާދިރީން ކަމަށްވެސް މިސްރުގެ އާސާރީ މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

ފެނުނު ސަންދޯއްތައް

އިހު ޒަމާނުގައި މިސްރުގައި އުޅުނު މަތީ ފެންވަރުގެ މީހުން އާއްމު ގޮތެއްގައި ވަޅުލާފައި ހުންނާނީ މިގޮތަށް ރަނގަޅު ފެންވަރުގެ ސަންދޯއްތަކުގައެވެ. އަދި މި ތަކެތި ހުންނާނީ ކައްވަޅު ކޮންނަ ވަގުންނަށް ފޮރުވުމަށްޓަކައި ވަރަށް ރަނގަޅަށް ވަޅުލާފައެވެ.

މިސްރުން އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި އެ ގައުމުން ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އެތައް ހޯދުންތަކެއް އާއްމުން ބެލުމަށް ހުޅުވައިލާނޭ ކަމަށެވެ. މިސްރަކީ އެންމެ ވަރުގަދަ ތަރިކަ އޮތް އެއް ގައުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯޯދީބޭ

    ވަގުންނަށް ނުފެނި 3000 އަހަރުވީތާ!

    14
    • ބޮޑުވަގު

      ލައްބަ، އެންމެފަހުން އަޅުގަނޑަށް ފެނިއްޖެ. މިފަހަރު މިވީގޮތަކީ ވެރިޔަށް 3000 އަހަރު ވަގަށް މި1 އަހަރު

  2. ނަން

    ކޮބާތަ އިލްމުވެރިން؟