އިމާރާތެއްގެ 2 ވަނަ ފަންގިފިލާއިން ވެއްޓުނު ކުޑަ ކުއްޖަކު މަގުމަތިން ދުއްވާފައިދިޔަ ޓުކްޓުކެއް (ކުރޮޅި) އެއް މަތީ ޖެހި ޒަހަމް ވެއްޖެއެވެ.

އިންޑިއާގެ މަދްޔާ ޕްރަދޭޝްގެ ޓިކަމްގަރުގައި ހުރި އިމާރާތެއްގެ މަތިން ކުޑަ ކުއްޖަކު ވެއްޓި، ދުއްވާފައިދިޔަ ޓުކްޓުކެއް މަތީ ޖެހި އެކި ވަރުގެއަނިޔާވެފައިވާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ އޭއެންއައި އިން ވަނީ ޔަގީން ކޮށްދީފައެވެ.

އޭއެންއައި އިން ބުނެފައިވަނީ އެކުޑަ ކުއްޖާ ވެއްޓިގެން ގޮއްސަ ޓުކްޓުކް މަތީ ޖެހުނު ވީޑިއޯ މީސްމީޑިއާގައި ދައުރުވުމުން އެތަކެއް ބަޔަކު އެ ވީޑިއޯ ބަލާފައިވާކަމަށެވެ. އެކުއްޖާގެ ބައްޕަ އެ ހާދިސާއަށްފަހު އޭއެންއައި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކުއްޖާ ހުރީ އެ ފަންގިފިލާގައި ކުޅެން ކަމަށާއި ވެއްޓިފައިވަނީއަރިއަޅާލައިގެން ކަމަށެވެ.

"ދަރިފުޅު ކުޅެން ހުއްޓާ ވެއްޓިފައިވަނީ އަރިއަޅާލައިގެން ކައްސާލައި. ނަސީބެއް އެ ޓުކު އެތަނުން ދިޔަކަން. އެހެންނޫންނަމަ މަގޭ ދަރިފުޅު ސަލާމަތް ނުވީސް" ދަރިފުޅުގެ ބައްޕަ އާޝިޝް އޭއެންއައި އަށް މައުލޫމާތު ހިއްސާކުރަމުން ކިޔައިދިނެވެ.

ދަރިފުޅުގެ ބައްޕަ އިތުރަށް ބުނެފައިވަނީ ޓުކްޓުކް އެ ގަޑީގައި އެހެން ގޮސްދާނެ ކަމަށް ހީވެސް ނުކުރާ ކަމަށާއި އެމަގުން އެ އުޅަނދު ދިޔަ ކަމަށް ޝުކުރުވެރިވާކަމަށެވެ. އަދި ދަރިފުޅަށް އެހާ ބޮޑު އަނިޔާއެއް ނުލިބުނީ އޭގެ މަތީގައި ޖެހުމުން ކަމަށެވެ. އޭނާ ބުނެފައިވަނީ ޓުކްޓުކް މަތީގައި ނުޖެހުނު ނަމަ ދަރިފުޅުމަރުވެސް ވެދާނެ ކަމަށެވެ. އެހެން ކަމުން އޭނާ ބުނެފައިވަނީ ދަރިފުޅު ވަނީ މަރުން ސަލާމަތް ވެފައި ކަމަށެވެ.

އެ ކުޑަ ކުއްޖާ ވެއްޓުނު ވީޑިއޯ މީސް މީޑިއާގައި ދައުރުވުމުން އެތަކެއް ސަތޭކަ ބަޔަކު ވަނީ އެ ވީޑިއޯ ބަލާފައެވެ.