މިދެމަފިރިންނަކީ ބަގީޗާގައި ފަރުނީޗަރު ގޮތަށް ގަސް ހައްދާ ދެމަފިރިންނެވެ.

އިނގިރޭސި ވިލާތުގެ މެދު ރަށެއްގައި ދިރިއުޅެމުން އަންނަ ދެމަފިރިން ކަމަށްވާ ގެވިން އާއި އެލައިސް މުންރޯ އާމްދނީ ހޯދަނީ ފަރުނީޗަރ ގޮތައް ގަސް ހައްދައި އެ ވިއްކައިގެންނެވެ.

މިގޮތަށް އެދެމަފިރިން ވަނީ މިހާތަނަށް އެކި ވައްތަރުގެ ގޮޑިއާއި މޭޒު ހައްދައި އާމްދަނީ ބޮޑު ބަޔަކަށް އުފުލާފައެވެ. ފުރަތަމަ ދުވަސްކޮޅު ވިޔަފާރި ކިތައްމި ލަސްކޮށް ގޮސްފައިވިއަސް މިހާރު އެދަމަފިރިންނަށް އެކި ފަރާތްތަކުން އަންނަނީ ގިނަ ގިނައިން އެއްޗިސް ގައްނަން ބުނަމުންނެވެ.

އެދަފިރިން ހައްދާ ފަރުނީޗަރުގެ އަގު ފެށެނީ 1120 އެމެރިކާ ޑޮލަރުންނެވެ. އެންމެ އަގު ބޮޑުކޮށް ވިއްކަމުން އަންނަނީ ގޮނޑިއެވެ. އެއީ 12،000 އެމެރިކާ ޑޮލަރެވެ. އަގު ކިތައްމެ ބޮޑުކޮށް އުޅުނަސް ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ އެ އެއްޗެހީގެ ފެންވަރު ރަނގަޅު ކަމަށެވެ.

އެދެމަފިރިންގެ ފަރުނީޗަރު ފާމުގައި މިހާރު 250 ގޮނޑިއާއި 100 މޭޒު ލައިޓުގެ އިތުރުން 50 މޭޒު މިހާރު ހައްދަމުން އެބަދެއެވެ.

ގެވިން ބުނެފައިވަނީ ގަހެއް 50 އަހަރު ވަންދެން ހެއްދުމުށްތުރެ ގަސް ބޭނުންވާ ފަރުނީޗަރުގެ ސިފައަކަށް ހައްދައި ބޮޑު ކުރުމުން މާފައިދާވާނެ ކަމަށެވެ. މި ހިޔާލު ލިބިފައިވަނީ ގޮނޑިއެއް ގޮތަށް ހެދިފައިހުރި “ބޮންސައި” ގަހެއް ފެނިގެން ކަމަށް ގެވިން ބުންޏެވެ.

ގެވިން އަކީ އުފެދުމުގައި ބުރަކަށި ގެދު ވެފައިވާ މީހެކެވެ. އޭނާ މިހަދުވަހު އުޅެފައިވަނީ ބުރަކަށި ސީދާ ކުރުމަށްޓަކައި ދަގަނޑު ފްރޭމްއެއް ލައްވައިގެންނެވެ. ގެވިން ގަސްތަކުގެ ޓެސްޓްތައް ފަށާފައިވަނީ 2006 ވަނަ އަހަރުގައެވެ. އެގޮތުން އޭނާ ވަނީ ކުޑަ ގަސްތައް ގޮނޑީގައި ހައްދަން ދަސްކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު