މިސޫރީގެ އަންހެނެއްގެ ކަންފަތުން ވިހަގަދަ ފައިދިގު މަކުނެއް ނަގައިފިއެވެ.

ސޫސީ ޓޮރެސް ބުނީ ފުރަތަމަ އޭނާ އަށް އުނދަގޫވާން ފަށާފައިވަނީ އޭނާ އެއްދުވަހު ނިދާފައި ހޭލި އިރު ކަމަށެވެ. އެހެން ކަމުން އޭނާ ބުނެފައިވަނީ ފައިދިގު މަކުނު އޭނާގެ ކަންފަތައް ވަދެފައިވަނީ ނިދީގައި އޮއްވާ ކަމަށެވެ.

ޓޮރެސް ބުނެފައިވަނީ އޭނާ ހޭލި އިރު ހީވަނީ މޫދަށް ފައިބައިގެން ވާތްފަރާތުގެ ކަންފަތުގައި ހީވީ ފެންގަނޑެއް އޮތީ ހެން ކަމަށެވެ.

“ހޭލެވުނުއިރު ހީވަނީ ކަންފަތުގެ ތެރޭގައި ފެންގަނޑެއް އޮވެގެން އެއްޗެއް ފަތަނީހެން“ ޓޮރެސް އެގައުމުގެ ނޫހަކަށް މައުލޫމާތު ހިއްސާކުރަމުން ކިޔައިދިނެވެ.

ޓޮރެސް ބެލި ޑޮކްޓަރ ވަނީ އޭނާގެ ވާތްފަރާތު ކަންފަތުގައި އާދަޔާ ހިލާފު ދިރޭ އެއްޗެއް އުޅޭކަމަށް ބުނެފައެވެ. އެހެން ކަމުން އޭނާ އަވަސްވެގަތީ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށެވެ.

ޓޮރެސްގެ އޮޕަރޭޝަން ކުރި ޑޮކްޓަރު ބުނީ އޭނާގެ ކަންފަތުން ނަގާފައިވަނީ “ރެކްލުސް ސްޕައިޑާ“ އެއް ކަމަށާއި އޭ ފައިދިގު މަކުނު އޭނާގެ ކަންފަތުގައި ދަތް އެޅިނަމަ ވިހަ ވާނެ ކަމަށްވެސް އެ ޑޮކްޓަރ ބުނެފައިވެއެވެ.

ޓޮރެސް ބުނީ އޭނާ މިހަރު ނިދާއިރު އޮންނަނީ ކަންފަތަށް ކަފަ ލައްވައިގެން ކަމަށާއި ހަށިގަނޑު އެއްކޮށް ފޮރުވާލެވޭ ކަހަލަ ނިދާހެދުން ލައިގެން ކަމަށެވެ. މީގެ އިތުރުންވެސް އަތްދަބަސް އޭނާ ބިންމަތީގައި ނުބަހައްޓާ ކަމަށެވެ. ޓޮރެސް ވަނީ އެ ފައިދިގު މަކުނު އޭނާގެ ކަންފަތުގައި ދަތްނޭޅި ކަމަށް ޝުކުރުކޮށްފައެވެ.