ޓީވީ ބަތަލާ ރަޝަމީ ދެސާއީއަކީ އެންމެ ކުރީއްސުރެވެސް ގާތް އެކުވެރިއެއް ކަމަށާއި އޭނާއާއެކު ލޯބީގެ ގުޅުމަކަށް ދާން ނުވިސްނާ ކަމަށް އެކްޓަރު އަރްހާން ޚާނު ބުނެފި އެވެ.

ރަޝަމީ އާއި އަރުހާނާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ދާދި ފަހުން ވަނީ އިންޑިއާގެ ނޫސްތަކުގައި ހަބަރުތައް ފަތުރާފައެވެ. އެގޮތުން ދެމީހުން އެކުގައި ވަރަށް ގިނަ ވަގުތު ހޭދަކުރާ ކަމަށާއި ރަޝަމީގެ އެޕާޓްމެންޓު ކައިރިން އަރްހާން ފެންނަ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ. ނަމަވެސް މިވާހަކަތަށް ވަނީ ދޮގޮކޮށްފައެވެ.

އެއަޑުތަކާ ގުޅިގެން އަރްހާން ބުނީ އަޑު ފެތުރެނީ ކީއްވެ ކަމެއް ނޭނގޭ ކަމަށާއި އެމީހުންގެ މެދުގައި އެފަދަ ގުޅުމެއް ނެތް ކަމަށެވެ. އަދި އަޑު ފަތުރާ ބަޔަކުވެސް ހަގީގަތް ބެލުން މުހިންމު ކަމުގައި ބުންޏެވެ.

އެގޮތުން އަރްހާން ބުނީ އެމީހުން އެންމެ ފުރަތަމަ ދިމާވީ ކައިވެނީގެ ހަފްލާއެއްގެ ތެރެއިން ކަމަށެވެ. އެއީ ޕްރިންސް ނަރޫލާ އާއި ޔުވިކާ ޗޯދްރީގެ ކައިވެނީގެ ހަފުލާ އެވެ. އަދި އޭނާއަކީ އެ ކައިވެނީގެ ގަހަނާ ޑިޒައިނަރުކަން ފާހަގަކޮށް ބުނީ ރަޝަމީ ވެސް އެދުވަހު ބޭނުންކޮށްފައިވަނީ އޭނާގެ ޑިޒައިނެއް ކަމަށެވެ.

އޭގެ ފަހުން އެމީހުން ދިމާވި ނަމަވެސް އެއީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އެކަނި ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއާއެކު ބާއްވަން ބޭނުންވަނީ ވެސް ރަހުމަތްތެރިކަމުގެ ގުޅުން އެކަނި ކަމަށް ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ލޯބީގެ ގުޅުމެއް ބާއްވަން ނުވިސްނާ ކަމަށް އެދެމީހުންވެސް ވަނީ ބުނެފައެވެ.

ރަޝަމީ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. އޭނާ ކައިވެނީގެ ގޮތުން ގުޅުނީ ޓީވީ އެކްޓަރު ނަންދީޝް ސަންދޫއާ 2012 ވަނަ އަހަރުއެވެ. އެދެމީހުންގެ ކައިވެނި ރޫޅިފައިވަނީ 2016 ވަނަ އަހަރުއެވެ. އެފަހުން އޭނާ ހުރީ ސިންގަލްކޮށް ކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށިށީ

    ދެން މަށް ކޮން ކަމެއް..

    8
    1
    • ޗިޗީ

      ކޮން ކަމަ ކައް ނުވިއެއްނުން. މި ހަބަރުވެސް ތި ކީ ވިއްޔަ..

      2
      1
  2. ކީކޭ ބުނާނީ

    ކޮންކަމެއް ކަމެއްވާ ނޭނގޭ ކަމާ ކަންފަށާފަ ވަދެ މި ހަބަރު ކީ އިރުގަ.. ?

    3
    2