އަހަރެން ރާއްޖެއައީ އަހަރެންގެ ޤައުމުގައި މަސައްކަތް މަދުވެފައި ލިބޭ އާމްދަނީ ކުޑަވުމުންނެވެ. އަދި އަހަރެންގެ ޤައުމަށް ވުރެ ރާއްޖޭގައި ދޭ މުސާރަ ބޮޑު ކަމަށް އަހަރެންގެ ބައެއް އެކުވެރިން ބުނީމައެވެ. ރާއްޖެއަކީ ހިތްފަސޭހަ ހިތްހެޔޮ ބައެއް އުޅޭ ޤައުމެއް ކަމަށް ތުންތުން މަތިން އަހަންނަށް އަޑުއިވިފައިވުމާއިވެސް އެކުގައެވެ.

އަހަރެން ރާއްޖެއަކީ، އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުންޏެއްގެ ބެލުމުގެ ދަށުން އެމީހުންގެ މުވައްޒަފެއްގެ ގޮތުންނެވެ. އެ ކުންފުނީގައި އަހަރެންގެ ޤައުމުގެ ސަތޭކައަށް ވުރެ ގިނަ މީހުން މަސައްކަތް ކުރެއެވެ. އަހަރެމެންގެ މައިގަނޑު މަސަައްކަތަކަށް ވެފައި އޮންނަނީ ކުންފުނިން ހަވާލުކުރާ އިމާރާތްތައް ނިންމުމެވެ. އެކި މީހުން އޮންނަނީ އެކު ގްރޫޕަށް ބަހައިފައެވެ. އެކި މީހުން ކުރަން ޖެހެނީ އެކި މަސައްކަތެކެވެ.

އަހަރެން މައިގަނޑު ގޮތެއްގައި ކުރަން ޖެހޭ މަސައްކަތަކީ މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމުގެ މަސައްކަތެވެ. އެއީ އަހަންނާއި އަހަރެންގެ ޓީމުން ކުރަން ޖެހޭ މަސައްކަތެކެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިރު، މަސައްކަތަށް ނުކުންނަ ގޮތަށް މުޅި ދުވަހު އަހަރެމެން އުޅެން ޖެހެނީ އެކަމުގައެވެ. ގިނަ ދުވަސް ދުވަހު މަސައްކަތް ނިމޭނީ ރޭގަނޑު 23:00 ފަހުންނެވެ. ހަމަ އެކަނި ނިދާލަން ވަގުތު ކޮޅެއް ލިބޭ ކަމަށެވެ.

ރާއްޖެ އައި އިރު، ހަފްތާއަކު އެއް ދުވަސް ޗުއްޓީގެ ގޮތުގައި ދޭނެ ކަމަށް އަހަރެން ގެނައި ފަރާތުން ބުންޏެވެ. އަދި އަށް ގަޑިއިރަށް ވުރެ ގިނައިން މަސައްކަތް ކުރަން ނުޖެހޭނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް އަހަންނަށް ހަފްތާގެ އެންމެ ދުވަހެއްވެސް އަރާމުކޮށްލާކަށް ނުލިބެއެވެ. އަށް ގަޑިއިރު ކީއްކުރަން ހެއްޔެވެ؟ އަށާރަ ގަޑިއިރުވެސް، ބައެއް ދުވަސް ދުވަހު ލޮލުފިޔަ ނުޖަހާވެސް އަހަރެމެން ލައްވާ މަސައްކަތް އެބަ ކުރުވައެވެ. މުސާރަައަކަށް އެއްވެސް އިތުރުވުމެއް ނާދެއެވެ. ދެނީ ކިރިޔާ އުޅެލެވޭވަރުގެ މުސާރައެކެވެ.

އަހަރެމެން ނިދަން ޖެހެނީ ވަރަށް ހާލު ދެރަ ތަނެއްގައެވެ. އެއް ކޮޓަރިއެއްގައި 12 މީހުންނެވެ. ގިނަ މީހުން ނިދަން ޖެހެނީ ތަޅުންގަނޑު މަތީގައި ކުނަލެއް އަޅައިގެންނެވެ. ހަޤީޤަތަށް ބުނާ ނަމަ އަހަރެމެން އުޅެން ޖެހުނީ ކުކުޅު ހާލަށްވުރެވެސް ދަށު ދަރަޖައެއްގައެވެ.

ބައްޔެއް ވެއްޖެނަމަ ފަރުވާ ކުރަން ޖެހެނީ އަމިއްލަ ހަރަދުގައެވެ. ދިވެއްސަކަށް ނުވާތީ އެކަމަށް ބޮޑު ހޭދައެއް އަތުން ދެއެވެ. ނަމަވެސް މިކަންކަމަކީ ކުންފުނީގެ ފަރާތުން ކޮށްދޭން ޖެހޭ ކަންކަމެވެ. މި ފަދަ އެތައް ކަމެއް އެބަހުއްޓެވެ. ނަމަވެސް އަހަރެން ފަދައިން މިފަދަ ވާހަކަތައް ހިއްސާ ކުރަން ކެރޭނީ މަދު މީހަކަށެވެ. މިއީ އަނިޔާއެވެ. އޮޅުވާލުމެކެވެ. ލާއިންސާނިއްޔަތު ކަމެކެވެ. ފޮނި ހުވަފެންތަކާއި އެކު އަހަރެން ދުށް ރާއްޖެ މިއަދު އަހަންނަށް މިވީ ކަޅު އަނދިރިގަނޑަކަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޙަސީމާ

    އަސްލުވެސް ބައެއް ފަރާތްތަކުން އެ މީހުންނާ މެދު ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް. އެއަނިޔާ ވެރިންނަކީ އިންސާނުން ބާވައޭ ހިތައްއަރާ

    203
    2
    • އިބިލީސް

      ދުނިޔެ މީ މުއްސަނދިންގެ ތައްޕާހަކަށް ވެ ނިމިއްޖެ. މިވެސް ހަމަ އިންސާނުން. ގެޔާއީ ގެދޮރު ވިއްކާ އަނބިދަރިންނަށް ކާންދޭން މަސައްކަތް ކުރަން މޮޅު ހުވަފެންތައް ދައްކައިގެން ގެނެސް އެމީހުން ގެންގުޅޭ ހާލު ފެނިފަ ހިތެއް އޮތަ މީހެއްވިއްޔާ ހިތްފަޅައިގެން ދާހާ ވަރުވާނެ. ޖަނަވާރުންނަށް ވުރެ އެމީހުންގެ ހާލު ބޮޑު. އެކަމަކު ސަރުކާރުތަކުގެ މަތި ފަޑީގައި މިކުންފުނިތަކުގެ އިސް ވެރިން ތިބޭތީ މި އިންސާނުންނަށް މިކަމަށް ހައްލެއް ނުލިބޭ

      94
      5
  2. ތިމަންނަ

    ހުރި ހިތާމައެއްގެ ބޮޑުކަމާއެ.. މިފަދަ ކިތައްމެ ބަޔަކު މިރާއްޖޭގައި އެބައުޅެއެވެ. ރައިސް އިބޫ އޭ. މިފަދަ ކަންތައް ތައް ހޯދާބަލާ އިންސާފު ހޯދައިދޭށޭ

    94
    6
  3. ހާލިދާޒިޔާ

    ޝޭހު ހަސީނާއާ ހާލިދާ އެކުދިންނަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި އަމިއްލަ އެދުމަާހެދި މުޅިގައުމު ފަގީރުކޮށްލިީ ދެން ހުވަފެން ދެކެން އެވެރިން އަންނަނީ ރާއްޖެ .އަހަރެން ރާއްޖޭގެ ވެރިންނަށް ގޮވާލަން ދިވެހި ޒުވާނުންނަށް ވަޒީފާ ދޭށެޭ ދިވެހިންވެސް ހުވަފެންދެކެއޭ

    57
    4
    • މުދައްރިސް

      ބަންގާޅިން އަންނަނީ ދިވެހިން ކުރަން ބޭނުން ނުވާ މަސައްކަތް ކުރަން.. އެއީ ލޭބަރ މަސައްކަތް... ދިވެހިން ކުރަން ބޭނުންވާ މަސައްކަތްތަކަށް ގެންނަނީ އިންޑިއާ ލަންކާ ނުވަތަ އެހެން ޤައުމުތަކުން މީހުން.. އެހެންކަމުން ބަންގާޅިން ގިނަވަނީ ދިވެހިންގެ ފޮނިކަމާ ކަންނެތް ކަމުން..

      87
      7
  4. ޢާސީ

    ތީ މާބޮޑު ކަމަކައް ނުހާދާ ރަށައް ދިއައީމާ ނިމުނީނުން އަހަރުމެންނައްވެސް ބޮޑުމުސާރަލިބޭގޮތް އިނގެ އެވެ. އެކަމަކު ތިޔަހެންވާނެތީ އަހަރުމެން މިތިބެނީ އުފަންރަށުގައި..ކަލޭމެން ނަކީ އަހުލާގުދެރަ މުޑުދާރު މަސައްކަތް ނޭނގި ތަންތަނައް ދާ ބައެކެވެ .މަސައްކަތް ދަސްކޮށްދިނީމާ ބޭބެގައިގަ ދަތްއަޅާ ދައްތަހޯދޭތޯ އުޅޭނީ މީދޮގެއްތޯ.

    29
    59
    • އޯއެމްޖީ

      ވާނުވާ ނޭންގި ވާހަކަނުދައްކާ

      9
      3
  5. ސަޓޯ

    ތިމީހަކު ކައިރީ ބުނޭ ބޮސް ފޮޓޯ ނަގއިގެން ގޮސް ރަށު އެންމެނަށް ދައްކާ މިހިރީޔޭ ހަގީގަތަކީ ކިޔާ ހޭލުންތެރިކުރާށޭ ރަށު މީހުން

    62
    2
  6. ައޯ އެމް

    އެއީ ހަމަ ތެދެއް..އެކަމަކު ހަމަ އިންސާނުން އެއީވެސް.

    33
    2
  7. ސޮއްބެ މާލެ

    މަށަކީ ބޮންދުން ގޮވައިގެން މަސައަކަތް ކުރާމީހެއް... ވަރަށް މޮޅުވާނެޔޭ މަސައްކަތް އެނގޭނެޔޭ ކިޔާ ގެންނަބަންގާޅިންނަކަށް ނޭނގޭ އުދަލީގަ ހިފާލާކަށް.. ދެން އަހަރެމެންވީ އެމީހުން އޭސީ ކޮޓަރީގަ ނިންދަވާ 12000ރ މުަސާރަދޭން... އަހަރެމެންގެ ލޮލުގަ އަނދުންއަޅުވާ އެޖެންޓުންނަށް ހޭއަރުވާލަންވީ !!!

    44
    23
  8. އަބޯ

    ދިވެހިބައެއް މީހުން ގެ ހިތުގަ ކުޑަވެސް ރަހުމެއްނުހުރޭ ކިރިޔާކަމެއްވައިރަށް ތިހުރީ ވަކިކޮށްފައޭ ދާށޭ ބުނެލާއިރު އެމީހުންގެ ގައުމު ނޫންކަމެއްނުދަނޭ

    17
    3
  9. ޓިނު

    ފުރަތަމަ އޮޅުވާލަނީ އެމީހުން ފޮނުވާލަން އެމީހުންގެ ގައުމުގެ އެޖެންޓް

    14
  10. ޙައިރާން

    ލޭބަރ އޮތޯރިޓީއަށް ދިޔާމަވެސް ކުންފުނިން ބިދޭސިންނާމެދު ކަންތައް ކުރާ ގޮތް ބަލާ ދޭނެ. މިފަދަ ކޭސްއެއް އަހަރެން ކުރިން މަސައްްކަތްކުރި އޮފީހުގައި ހިގި. ބިދޭސީއަކު މައްސަލަ ޖެއްސީ މުސާރަ ނުދޭ ކިޔާފަ. އޭރު 2 މަސް ވެއްޖެ ބިދޭސީންގެ މުސާރަ ނުދޭތާ. ދިވެހިންގެ މުސާރަ ބަރާބަރަށް ދޭ. އެކަން ބިދޭސީންނަށް ވެސް އެގޭ. އެއްމެ ފަހުން ބިދޭސީ މީހާއަށް މުސާރަ ދިންކަމުގެ ހެކި، ޑޮކިއުމަންޓްއިން ދައްކަން ބުނުމުން ކުންފުނިން އެކަން ސާބިތު ނުކޮށް ދެވުނީމަ ޖެހުނީ އެ ބިދޭސީއަށް ނުދީހުރި މުސާރަ ދީފައިވާ ސްލިޕް ކޮޅު ލޭބަރ އޮތޯރިޓީއަށް ހުށައަޅަން. ނަސީބަކުން އަހަރެން އުޅުން ކުންފުނިއަކީ ދޮގު މައުލޫމާތު ސަރުކާރަށްދީ ، ބިދޭސީން މާ ސައިޒު ކުރާ ބައެއް ނޫންވީމަ، އެ ސޮރު ސަލާމަތްވީ. ގިނަ ކުންފުނި ތަކުން ބޭރު މީހާއަށް ހޭއަރުވާލާނެ މިކަހަލަ ކަމެއް ކޮށްފީޔާ.

    14
  11. ހުސޭނު

    ބަލަގަ މީމައުފަން ގައުމު. މިއަށްވުރެ ހާލުގަ އުޅޭ ދިވެހިން މަދެއްނޫން

  12. ކޮންމެ އިހުމާލަކީ އަނިޔާއެއް

    ކާފަރަކަސް މުސްލިމަކަސް އެމީހަކު ލައްވާ ކުރާ މަސައްކަތުގެ އުޖޫރ ދޭންޖެހޭ.

    2
    1
  13. ކަނބުލޮ

    ފުރަތަމަ ދިވެހިންނަށްވުރެ މާރަނގަޅަށް ބިދޭސީ އެންމެ ދަށް މީހާޔަށް ލިބޭ ކޮން ވާހަކަޔެއް ދައްކާކަށް!

    2
    1