އިންޑޮނޭޝިއާގައި ޖުވާ ކުޅުމުގެ ކުށް ސާބިތުވި ދެ މީހެއްގެ ގައިގައި އާންމުންނަށް ފެންނަ ގޮތަށް ހައްދު ޖަހައިފިއެވެ.

އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން އެ ދެމީހުންގެ ގައިގައި ހައްދު ޖަހާފައިވަނީ އެގައުމުގެ، ސުމަޓްރާގެ އަކޭހް ޕްރޮވިންސުގައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޒިނޭ ކުރުމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ އިތުރުން ބަނގުރާ ބުއިމުގެ ކުށްތައް ސާބިތުވާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައި އޮންނަ އަދަބު ދިނުމުގައި އެގައުމު ސަރުކާރުން ފަސް ނުޖެހެއެވެ.

އެ ދެމީހުން ގައިގައި ހައްދު ޖެހި އިރު މަންޒަރު ބަލަން ގޮސް ގިނަބަޔަކު ތިބި ކަން އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ.

ސުމަޓްރާއަކީ އިސްލާމީ ޝަރީއަތަށް ލޯބި ކުރާ، އިސްލާމީ ޝަރީއަތް ތަންފީޒުކުރާ އެގައުމުގެ ހަމަ އެކަނި ރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޭމު

    ރާއްޖޭގަވެސް ފުރިހަމަ އިސްލާމީ ޝަރީޢަތައް ކަންކަން ކުރަން ޖެހެނީ އެކަމަކުވެސް ނުކުރޭ. އިސްލާމް ދީނުގަ ރީތިކޮށް ހުރިހާ މައްސަލައެއްގެ ޝަރުޢީ ހުކުން އޮންނައިރު އެގޮތް ދޫކޮއްލައި ވަނީ އެއްވެސް ފާއިދާއެއް ނެތް ވަޞަޢީ ޤާނޫނަށް ތަބާވެފަ.
    އަހަރެންގެ ވަރަށް ބޮޑު އުންމީދެއް މިޤައުމުގެ ސަރުކާރު އިސްލާމީ ޝަރީއަތައް ތަބާވުމަށް.

    21
    2