ވިހެއުމަކީ އަންހެނަކު ތަޖުރިބާ ކުރާނެ އެންމެ ވޭން ދެނެވި ކަމެވެ. ސައިންސްވެރިން ބުނާ ގޮތުގައި ހަށިގަނޑުގެ ހުރިހާ ކައްޓެއް އެއްފަހަރާ ބިންދައިގެން ދިއުމުގެ ވޭނާއި ވިހެއުމުގެ ވޭން ގާތްގަނޑަކަށް އެއްވަރެވެ. ނަމަވެސް ވިހެއުމުގެ ވޭން އެއަށްވުރެވެސް ބޮޑު ކަމަށް ވެއެވެ.

ސިޒޭރިއަން ހެއްދުމަކީވެސް އެހާ ވޭން ހުރި ކަމެކެވެ. ވިހެއުމަށްޓަކައި ދާ އަންހެނުންގެ ތެރެއިން ސިޒޭރިއަން ހައްދަން ޖެހޭ އަންހެނުންގެ ނިސްބަތް ބޮޑުކަމަށް ސިއްހީ މާހިރުން ހާމަކުރެއެވެ. މިއީވެސް ސިޒޭރިއަން ހެއްދި އަންހެނެއްގެ ވާހަކައެވެ.

އުމުރުން 27 އަހަރުގެ ޖޯޑީ މާސްޑެން ވަނީ އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ. އިނގިރޭސި ވިލާތުގެ ޔޯކްޝަޔާ އަށް ނިސްބަތްވާ އެ އަންހެން މީހާ ވިހަން ވެގެން ދިއުމުން ޖެހުނީ އެމެޖެންސީގައި ސިޒޭރިއަން ހައްދާށެވެ. އިތުރު އެއްވެސް ގޮތެއް ނެތެވެ. ވަގުތުން ވިއްސާ ކޮޓަރިއަށް ވައްދައި ހޭނައްތާ އިންޖެކްޝަން ޖެހިއެވެ. މައިބަދައަށް ޖަހާ އެ އިންޖެކްޝަނުން މީހާގެ ހަށިގަނޑުން ވާގި ދޫވެ، ތަދު ކެނޑި ހޭނެތެއެވެ.

މިއީ އޭނާ ވިހެއި ފުރަތަމަ ފަހަރު ކަމުން އޭރުވެސް ހުރީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. ހޭނެތުމަށްފަހު ވީނުވީއެއް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް ސިޒޭރިއަންގެ ތެރެއިން ހޭނައްތަން ޖެހި އިންޖެކްޝަންގެ ބާރު ކެނޑިގެން އޭނާ ހޭލެވުނެވެ. އެވަގުތު ކުރެވުނު އިހުސާސްތައް އޭނާ ހިއްސާ ކުރީވެސް ބިރުވެރިކަމާ އެކުއެވެ.

އިނގިރޭސި ވިލާތުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ސިޒޭރިއަންގެ މެދުތެރެއިން ހޭލެވުނު އިރު ވީ ތަދުގެ ސަބަބުން އޭނާއަށް ހަޅޭވެސް ނުލެވުނެވެ. އިހުސާސް ކުރަން ޖެހުނު އިންތިހާ ވޭނުގެ ސަބަބުން އޭނާގެ އަޑުވެސް ބޭރަށް ނުނިކުމެއެވެ. އޭނާ ބުނި ގޮތުގައި އެވަގުތު އިހުސާސް ކުރެވުނީ ބަނޑު ތެރޭގެ ބައި ބައި ޑޮކްޓަރުން ނަގަނީ ކަހަލަ އިހުސާސެކެވެ.

އެ ބިރުވެރިކަމުގެ ތެރެއިންވެސް އޭނާ ވަނީ ވިހާފައެވެ. ސިޒޭރިއަންކޮށްގެން އޭނާގެ ދަރިފުޅު ނެގި އިރު ސިއްޙަތު ރަނގަޅެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެ ވޭން އިހުސާސްކުރަން ދެވަނަ ދަރިއަކު ވިހަން އޭނާ ބޭނުމެއް ނުވެއެވެ. އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާއިރު އަދިވެސް އެކަމާ ގުޅިގެން އޭނާ ބިރުގަންނަ ކަމަށް ޚަބަރުތައް ބުނެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުރޮޅިޓޯޓޯ

    އެހާ ތަދު އިހްސާސްކޮށްގެން ފިރިމީހާ އަށް ދަރިޔަކު ދިނީމަ ފިރިމިީހަާ ޖެހޭނެ ޝުކުރުވެރިވަަާން އެހެންނު. ޝަހިންދާވެސް ވިސްނަަާލަން ވާނެ މަންމަ އަށް ހެޔޮކޮން ހިތުމަށް މާތް ސާހިބަާ އަމުރުކުރެއްވި ކަން 3ފަހަރަށް އަދި ގުރްއާނުގައިވެސް މަންމަ އަށް އޯގާތެރިކޮން ހިތުމަށް އަމުރު ކުރަށްވަަާފައި ވާކަން ކިހާ ސަޅި އިސްލާމްދީން . ކޮންމެ އަންހެނަކު އިސްލަާމް ދީނަށްޓަކައި ރަސުޫލާ އަށްޓަކައި ފަޚްރުވެރިވަަަަާންޖެހޭނެ

    21
  2. އައްދޯ

    ހާދަ ވަރެއް ވާނެޔޭ

    20
    1