އިނގިރޭސި އަމީރު، ވިލިއަމްގެ އަނބިކަނބަލުން، ކޭޓް ގެ އެންމެ ފުރަތަމަ އިންސްޓާގްރާމް ޕޯސްޓް ގިނަބައެއްގެ ސަމާލިކަން ހޯދައިފި އެވެ.

ގިނަބައެއްގެ ސަމާލުކަން ހުއްޓުނު ކޭޓް ގެ މި ޕޯސްޓަކީ ގިނަބަޔަކު ހައިރާން ކުރުވަނިވި ޕޯސްޓެކެވެ. މިއީ ކޭޓް ގެ އެންމެ ފުރަތަމަ އަމިއްލަ އިންސްޓާގްރާމް އެކައުންޓް އިން ޝެއާކުރި އެންމެ ފުރަތަމަ ޕޯސްޓެވެ. މި ޕޯސްޓާ އެކު އަސަރުން ފުރިގެންވާ މެސެޖެެއްވެސް ހިއްސާ ކޮއްފައިވެ އެވެ. އެއީ ފިރިކަލުން ޕްރިންސް ވިލިއަމްއާއެކު އެކަމަނާ ޕާކިސްތާނަށް ކުރި ޒިޔާރަތުގައި އެގައުމުގެ ޔަތީމުޚާނާއަކަށް ކުރި ޒިޔާރަތެއްގައި ނަގާފައިވާ ފޮޓޯތަކެކެވެ.

"އާއިލާ އެއްްގެ އުފާވެރިކަން ދައްކުވައިދެނީ މާހައުލަކުން ނޫން، އާއިލާގެ އުފާވެރިކަން ދައްކުވައިދެނީ އަޅާލުމާއި އޯގާތެރިކަމާ އަދި އުޅޭ މާހައުލުގައިވާ މިނިވަންކަމާ އެކު ދިރި އުޅެވިގެން،" ކޭޓް ގެ ފުރަތަމަ ޕޯސްޓް ގައި ބުނެފައިވެ އެވެ.

އެ ޕޯސްޓާއެކު ހިއްސާކޮށްފައިވާ ފޮޓޯތަކުން ދައްކަނީ އެ ޔަތީމު ޚާނާގެ ކުދިންނާއެކު އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުން ވަގުތު ހޭދަކޮށް، މަޖާކުރާ މަންޒަރެވެ.

އެއާއިލާ އެ ސަރަހައްދުގައި އެރޭ އެއްކޮށް މަޑުކުރުމަށް ނިންމާފަ ވީނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެނބުރި ދާންޖެހުނީ އެވެ. އެހްން ނަމަވެސް ޖެހިގެން އައި ދުވަހު އެތަނަށް ދިޔަ އެވެ. ސަބަބަކީ އެތަނުގައިވާ ހަމަ ހިމޭންކަން ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭތީ ކަމަށާއި އެތަނަށް އުފެދިފައި އޮތް ލޯތްބެއްގެ ސަބަބުން ކަމަށްް ކޭޓް ބުނެފައިވެ އެވެ.