ބޮޑީ ބިލްޑިން އަކީ ފިރިހެނުންގެ މެދުގައި ވަރަށް މަޝްހޫރުކަމެކެވެ. މީހާގެ ހޮޓުކަމާއި ސްމާޓުކަންވެސް ފެނިގެންދަނީ ބޮޑީ ބިލްޑުކޮށްގެން ހަށިގަނޑު ރީއްޗަށް ހެދިފައި ތިބޭ ފިރިހެނުންގެއެވެ. ނަމަވެސް ހަށިގަނޑު ރީތިކުރުމަށް ބައެއްފަހަރު ބޭހާއި އިންޖެކްޝަންވެސް ބޭނުންކުރެއެވެ.

އެގޮތުން މިއީވެސް އެގޮތަށް އޭނާގެ "ބައިސެޕްސް" ރީތި ކުރި ފިރިހެނެކެވެ. އުމުރުން 23 އަހަރުގެ މި ފިރިހެނާއަކީ ރަޝިއާއަށް ނިސްބަތްވާ މީހެކެވެ. އޭނާ ބޮޑީ ބިލްޑުވެސް ކުރެއެވެ. ނަމަވެސް އޭނާގެ "ބައިސެޕްސް" ރީތި ކުރުމަށް އޭނާ ބޭނުން ކުރީ "ސިންތޯލް" އިންޖެކްޝަނެވެ. އޭގެ ސަބަބުން އޭނާގެ ބައިސެޕްސް ބޮޑުވެ ރީތިވިއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ބައިސެޕްސް ބޮޑުވުމުން އޭނާ ވައްތަރީ މަޝްހޫރު ކާޓޫން ކެރެކްޓަރ ޕޮޕާއި އާއެވެ.

އޭނާގެ ބައިސެޕްސް ބޮޑުވެފައި ހުރީ ޕޮޕާއި ކާޓޫނުގައި ޕޮޕާއިގެ ބައިސެޕްސް ހުންނަ ގޮތަށެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

އޭނާގެ ބާރު ދައްކާލުމަށް އޭނާ ވަނީ ބޮކްސިން މެޗެއްގައި ބައިވެރިވެފައެވެ. ނަމަވެސް އޭނާއާ ދެކޮޅަށް އެރި މީހާ ވަނީ ފަސޭހަކަމާއެކު އޭނާ ބަލިކޮށްފައެވެ.