ކުޑަ ކުދިންނަކީ މައުސޫމް ބައެކެވެ. ހެޔޮ ނުބައި ނުވިސްނޭނެއެވެ. އެކަންކަމަށް މައިންގެ ފަރާތުން ކެތްތެތިކަމާއި އެހީތެރިކަން ބޭނުންވެއެވެ. ނަމަވެސް މި އަންހެން މީހާ ހެދީ އެހެނެއް ނޫނެވެ. މަޔަކު ދަރިއަކާ ދޭތެރޭ އެހާ އިހާނެތިކޮށް ނުހިތާނެއެވެ.

މިއީ އުމުރުން 29 އަހަރުގެ ޕެޓްރީޝާ ބޫޗަން ނަމަކަށް ކިޔާ ނިއުޖާޒީގެ އަންހެނަކު އޭނާގެ ދަރިފުޅަށް ދިން އަދަބުގެ ވާހަކައެވެ. ޕެޓްރީޝާ އަކީ ތިން ކުދިންގެ މަންމައެކެވެ. އޭނާ އަދަބު ދީފައިވަނީ އޭނާގެ އެންމެ ހަނގު ދަރިއަށެވެ. އެކުއްޖާގެ އުމުރަކީ ތިން އަހަރެވެ.

ޕެޓްރީޝާ އޭނާގެ ތިން އަހަރުގެ ދަރިފުޅަށް އަދަބު ދިނީ ބިންމައްޗަށް ކުޑަކަމުދިއުމުންނެވެ. އަދަބެއްގެ ގޮތުގައި އޭނާ ކުރި ކަމަކީ އެކުއްޖާ ގަޔަށް ހޫނު ފެން އެޅީއެވެ. އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ދަރިފުޅު ގަޔަށް ހޫނު ފެން އެޅީ ބިންމައްޗަށް ކުޑަކަމުދިއުމުން އެކަމާ ރުޅިއައިސް، އެކުއްޖާ ބަރަހަނާ ކުރުމަށްފަހު ބާތް ޓަބެއްގެ ތެރޭގައި ބަހައްޓައިގެންނެވެ.

އެކުއްޖާއާ މެދު އިހާނެތިކޮށް އަނިޔާ ދިނުމުގެ މައްސަލައެއްގައި މިދިޔަ އަހަރުވެސް އޭނާ ހައްޔަރުކުރިއެވެ. އެފަހަރު ހައްޔަރުކުރީ އެކުއްޖާ ގައިގައި ބެލްޓަކުން ތަޅައިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮނިފުހޭ

    އެވަރުންވެސް ވިހަންވޭތަ

    15
    1