އަނބިމީހާ ނިދިީގައި އޮވެގެން ލަވަކިޔާތީ ފިރިމީހާއަށް ބޮޑޫ އުނދަގުލަކަށް ވެގެން ވަރިކޮށްފިއެވެ.

މިކަން ހިނގާފައިވަނީ އިންޑޮނޭޝިޔާގައެވެ. އިންޑޮނޭޝިޔާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މިކަން ހިނގާފާއިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ކަަމަށެވެ.

"ކައިވެނި ކުރިފަހުން އެނގުނީ އަނބިމީހާ ނިދާފައި އޮވެގެން ލަވަ ކިޔާކަން. އެކަން އެނގުމުން ފުރަތަމަ އެކަމާއި މަލާމާތް ކުރީ. ފަހުން އެކަން ވީ ބޮޑު އުނދަގުލަކަށް. އެންމެ ފަހުން ނުނިދިގެން، ކެތް ނުވެގެން މި ވަރިކުރީ". އިންޑޯނޭޝިޔާގެ ބައެއް ނޫސްތަކާއި ހަވާލާދީ އެ ފިރިހެންމީހާ ބުނެފައިވެއެވެ.

ވަރިކުރި ފިރިހެންމީހާ ބުނީ ކައިވެންޏަށް މިހާރު އަހަރެއް ވެފައި ވާކަމަށެވެ. އަދި މިކަން ހައްލުކުރުމަށް މިހާތަނަށް އެތައް ބައިވަރު ކަމެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޑޮކްޓަރުންގެ ފަރާތުންވެސް އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯދާފައިވާ ކަމަށާއި، އެހެން ނަމަވެސް އެކަން އަދި މިހާތަނަށް ހައްލުވެފައި ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ފިރިހެން މީހާ ބުނީ ވަރިކުރީ ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހު، އެއްވެސް ރުޅިވެރިކަމެއް ނެތި ކަމަށެވެ. އަދި ދެ ފަރާތުގެ އާއިލާއިންވެސް އެކަމާއި ރުހިގެން ކަމަށެވެ.

މީގެ ދެ ހަފްތާ ކުރިން އިންޑިޔާގައިވެސް މިފަދަ "ކޫސަނި" ކަމަކާއި ގުޅިގެން އަނބިމީހާ ވަރިކޮށްފައި ވެއެވެ. އެ ދެމަފިރިން ވަރިވެފައިވަނީ، އަނބިމީހާއަށް ވަށްކޮށް ރޮށިދަމަން ނޭނގޭތީއެވެ.