އެމެރިކާގެ އެންމެ ޒުވާން އެއް ބިލިއަނަރު އަދި އެންމެ މަޝްޙޫރު އެއް މޮޑެލް، ކައިލީ ޖެނާ އޭނާގެ ދަރިފުޅު ސްޓޯމީއަށް ކިޔާދިން ލަވަޔާއެކު، ޓިކްޓޮކުގައި 1 ބިލިއަން ވިއުސް އާއެކު ރިކޯޑެއް ހަދައިފިއެވެ.

މި މަހުގެ 16 ވަނަ ދުވަހު 'ރައިޒް އެންޑް ޝައިން' ހޭޝްޓެގަކަށް ބޭނުންކޮށް، ކައިލީ އޭނާގެ ދަރިފުޅަށް ކިޔާދީފައިވާ ލޯބީގެ ހަނދާނީ ލަވަ ވަނީ ޓިކްޓޮކުގައި ވަރަށް ބޮޑު ސަމާލުކަމެއް ހޯދާފައެވެ.

ޓިކްޓޮކުގައި 22 އަހަރުގެ ކައިލީ ޙިއްސާކުރި އެ ލަވައިގެ ވީޑިއޯގައި ދައްކައިދެނީ އޭނާ ކޮސްމެޓިކް އޮފީހުން ނުކުމެގެން ވަކި ކޮޓަރިއެއްގައި، ކުޑަ އެނދެއްގައި ބާއްވާފައި އޮތް ދަރިފުޅު، ސްޓޯމީ ނަގަންދާ މަންޒަރެވެ. އެ ލަވައިގައި، ސްޓޯމީ ކައިރީގައި މަޑު، ހިތްގައިމު އަޑަކުން "ރައިސް އެންޑް ޝައިން" އޭ ކައިލީ ކިޔައެވެ.

ކައިލީގެ އެ ވީޑިއޯ ފުރަތަމަ ދުވަހު އެކަނިވެސް ޓިކްޓޮކުގައި މީހުން ވަނީ 4 މިލިއަން ފަހަރު ބަލާފައެވެ. ދެވަނަ ދުވަހު 70 މިލިއަން ފަހަރު ބެލިއިރު، އާދީއްތަ ދުވަހާ ހަމަޔަށް ވަނީ 1 ބިލިއަން ފަހަރު ބަލާފައެވެ. ކައިލީ އަކީ އިންސްޓްގާމަށް ބެލިއަސް، ފޭސްބުކް އަށް ބެލިއަސް، އަދި މިހާރު ޔަޤީންކުރެވޭ ގޮތުން ޓިކް-ޓޮކްއަށް ބެލިނަމަވެސް، ދުނިޔޭގައި އެންމެ މަޤުބޫލުކަން ބޮޑު، އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެއް ތަރިއެވެ.

ކައިލީ އާއި ޓްރެވިސް ސްކޮޓުގެ ބްރޭކްއަޕަށް ފަހު، އެމީހުންގެ ގުޅުން ކުރިއަށްވުރެ މިހާރު ރަނގަޅުވެފައިވާ ކަމަށްވެސް އެމެރިކާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން މިހާރު ވަނީ ރިޕޯޓުކޮށްފައެވެ. މީސްމީޑިއާގެ އެންމެ ނުފޫޒުގަދަ އެއް އަންހެން ތަރި އޭނާގެ ކުރީގެ ލޯބިވެރިޔާ، އަދި ސްޓޯމީގެ ބައްޕަ، ޓްރެވިސް ސްކޮޓް، އާއިލާއާއެކު އެއްކޮށް 'ހެލޮވީން' ފާހަގަކުރަން އުޅޭ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައި

    ނޫނޭ ތީ ހީވެގެން އުޅޭ އެއްޗެއް.. ދިވެހި ކައި މާ މައްޝޫރު ވާނެ.. ??

    4
    4
  2. ކަކަކަ

    ކައިޒީން ކިޔާދިނީ އަގުމާތްވި ކާނާ...9ޓުރިލިއަން ވިޢު