ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސްޓާ ވޯސް ސީރީސް ފިލްމުގެ ދެން ނެރޭ ބައިގެ ޓްރެއިލަރ ޑިޒްނީ ޕިކްޗާސް އިން އާންމުކޮށްފިއެވެ.

ދެމިނެޓާއި 38 ސިކުންތު ދިގު މިނުގެ މި ޓްރެއިލާ ޔޫޓިއުމުގައި އާންމުކޮށްފައިވަނީ މީގެ 11 ގަޑި އިރު ކުރިންނެވެ. 11 ގަޑި އިރުތެރޭ މިހާތަނަށް ޓްރެއިލަރ ބެލި މީހުންގެ އަދަދު ވަނީ 4.9 މިލިއަނަށް އަރާފައެވެ.

ސްޓާ ވޯސް ސީރީސްގެ އެންމެ ފަހުން ނެރުނު ފިލްމުގައި ރާއްޖޭގައި ކުޅެފައިވާ މަންޒަރުތަކެއްވެސް ހިމެނެއެވެ. ޓްރެއިލާ އާންމުކުރި، އެ ސީރީސްގެ "ދަ ރައިޒް އޮފް ސްކައި ވޯކަރ" ސިނަމާތަކުގައި އަޅުވަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުއެވެ.