ހޮލީވުޑްގެ އެނިމޭޓެޑް ފިލްމު "ފްރޯޒަން 2" ގެ ހިންދީ ވާޝަންގެ އެންމެ މުހިއްމު ދެ ކެރެކްޓާއަކަށް އަޑުއަޅައިދިނުމުގެ ފުރުސަތު ޕްރިޔަންކާ ޗޯޕްޅާ އަށާއި ޕަރިނީތީ އަށް ލިބިއްޖެ އެވެ.

ފިލްމު ޕްރޮޑިއުސްކުރާ ޑީޒްނީ އިންޑިއާ އިން ވަނީ އެ ފިލްމުގެ އެންމެ މުހިއްމު ކެރެކްޓާކަމަށްވާ އެލްސާގެ އަޑު ޕްރިޔަންކާ ލައްވާ ޑަބް ކުރުވަން ނިންމާފަ އެވެ. އަދި އެނާގެ އަޑު އަޅާނީ ޕަރިނީތީ އެވެ.

ޕްރިޔަންކާ ބުނި ގޮތުގައި އެލްސާގެ ރޯލަށް އަޑުއަޅައިދޭން ނިންމީ އެލްސާ އަކީ އެ ފިލްމުގައި އެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ ކެރެކްޓާއަށް ވާތީ އެކަންޏެއް ނޫނެވެ. މިއީ މިހާތަނަށް ނުކުތް އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަށް ވާތީ އެ ފިލްމުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވެލަން ބޭނުންވީ ކަމަށް ޕްރިޔަންކާ ބުންޏެވެ.

"އެނާގެ ރޯލަށް އަޑުއަޅައިދެނީ ޕަރިނީތީކަން އެނގުމުން އަހަރެންގެ އުފާވެރިކަން އިތުރުވި. އަހަރެމެން ދެބެން އެކުގައި އަދި އެއްވެސް ފިލްމެއްގައި މަސައްކަތެއް ނުކުރަން. އެހެންވެ މި ފިލްމުގައި އެކުގައި މަސައްކަތް ކުރާނެ ފުރުސަތު ލިބުނީމަ މިއީ އަބަދަށް ހަނދާނުގައި ރައްކާކުރާނެ ތަޖުރިބާއެއް،" ޕްރިޔަންކާ ބުންޏެވެ.

ޕަރިނީތީ ބުނި ގޮތުގައި ޑިޒްނީ ޕްރިންސަސް އަކަށް ބަތަލާ ވާކަށް ނުޖެހެ އެވެ. "ފްރޯޒަން"ގެ ފުރަތަމަ ބައި އޭނާޔަށް ވަރަށް މަގްބޫލުކަމުގައި ބުނަމުން ޕަރިނީތީ ބުނީ ދެ ވަނަ ބައިގައި އެނާގެ ރޯލަށް އަޑުއަޅަން ލިބިދާނެ ކަމަށް ޚިޔާލު ވެސް ކޮށްފައި ނެތް ކަމަށެވެ. ޚާއްސަކޮށް ޕްރިޔަންކާ އާ ދެބެން އެކުގައި މި ފިލްމަށް އަޑުއަޅައިދޭން ޖެހުމުން ލިބުނު އުފާވެރިކަން ބަޔާން ކުރަން ވެސް ދަތިކަމަށް ޕަރިނީތީ ބުންޏެވެ.