އެންމެ ގިނައިން ވޫލް އުފެއްދި ކަންބަޅި ބަކަރީގެ ގޮތުގައި ފާހަގަކުރެވައި އޮތް ބަކަރި މަރުވެއްޖެ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި އެ ބަކަރި މަރުވީ އުމުރުން ދުވަސްވުމުގެ ސަބަބުންނެވެ. އެ ބަކަރި ބަލަހައްޓަމުން އައި ފާމުން ބުނި ގޮތުގައި އޭތި މަރުވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނު އެއަށް ކާން ދޭން ވެގެން ބެލި އިރުއެވެ. ސައުތް ވޭލްސްގައި ގެންގުޅުނު އެ ބަކަރި މަރުވި އިރު މުސްކުޅި ވުމުގެ ސަބަބުން ކޮޅަށް ތެދެވެ އުޅުމުގައި ދަތިތަކެއް އެ ބަކަރިއާ ކުރިމަތި ވި ކަމަށް ޚަބަރުތައް ބުނެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި އެ ބަކަރިން ވޫލް ނައްޓާއިރު ކޮންމެ ފަހަރަކު 42 ކިލޯގެ ވޫލް ހުރެއެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ.
އެ ބަކަރި މަރުވިއިރު އެއާ ގާތް ގުޅުމެއް އުފެދިފައިވާތީ އޭތި ގެންގުޅުނު ފާމުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
އަހަރެން ރާއްޖޭގައި އެންމެ ގިނަ ފިތުނަ އުފެއްދި ބަކަރި އަދި މަރެއްނުވޭ!
ތީ ކަންބަޅި..
ޕިސް ތިހާދަވހު ގެންކުޅުނު ބަކަރީގެ އުމުރު ޖަހާ ނުލެވުންދޯ ހަބަރުގަ؟ 10 އަހަރުގަ އެވްރެޖްކޮށް ކަންބަޅި ބަކަރިއެއްގެ ްުމުރަކީ 12 އަހަރު
ބަކަރިއެއްތަ އެއީ ނޫނީ ކަންބަޅިއެއްތަ؟؟!