ކޮފީ ވެފައި އޮންނަނީ ކޮންމެ ދުވަހަކު ކޮންމެހެންވިޔަސް ބޯން ޖެހޭ އެއްޗެއްގެ ގޮތުގައެވެ. ކޮންމެ ދުވަހަކު ހެނދުނު ބޯލާ ކޮފީ ތަށު ނުބޮވިއްޖެ ނަމަ "މޯރނިންގ" ވެސް ނުވާނެއެވެ. ނަމަވެސް ކޮފީ އެޑިކްޓުންނަށް މިފަހަރު ދޭން އޮތް ޚަބަރަކީ ހިތި ޚަބަރެކެވެ.
ދޫނިސޫފާސޫއްޕާ ބެހޭ ގޮތުން ޔުނިވަސިޓީ އޮފް މޮންޓާނާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އާންމުކޮސް ފިހާރަތަކުން ވިއްކަން ހުންނަ ކޮފީ ދަޅާއި ފުޅީގައި ހުންނަ ކޮފީ އަކީ ކުރަފީގެ އަސަރުކޮށްފައިވާ އެއްޗެކެވެ. ސަބަބަކީ ކޮފީ ކުދިކޮށް މުގުރަން ބޭނުން ކުރަނީ މެޝިން ކަމަށްވާތީ، ފެކްޓްރީތަކުގައި ކުރަފި އުޅޭ ނަމަ އެގޮތަށް "ގްރައިންޑް" ކޮށްލާއިރު ބަންދު ކުރެވޭ ކޮފީގައި ކުރަފީ ހިމެނޭނެތީއެވެ.
އެ ޔުނިވަސިޓީގެ ބައިލޮޖީ ޕްރޮފެސަރ ޑރ. ޑަގްލަސް އެމްލެން ވިދާޅުވެފައިވަނީ ކޮންމެ ކޮފީ ފުޅިއެއްގެ 10 ޕަސެންޓު ހިއްސާ ކުރަނި ސޫފި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮފީއާއެކު ކުރަފި ކެވޭ މީހުންނަށް ބައެއް ފަހަރު ސިއްހީ އެކި ހާލަތްތައް މެދުވެރިވެއެވެ. އެގޮތުން އެލާޖިކް ރިއެކްޝަނަކީ އެންމެ އާންމު ހާލަތު ކަމަށް ވިދާޅުވެފައިވެއެވެ.
ކޮފީ އެކަންޏެއްނޫން ކޮންމެ އެއްޗެއްވެސް އުފައްދާއިރު ދޭންވާ ސަމާލުކަން ނުދެވިއްޖެއްޔާ ތިބުނާ މައްސަލަ ދިމާ ވާނެ. ކޮފީ އެކަންޏެއްނޫން މެޝިން ބޭނުންކކޮށްގެން އުފައްދަނީކީ.
ހެވޭ ބޯނަމޭ
އަހަރެމެން ކޮފީ ބޯ މީހުންނާ ޖައްސާލައިގެން ޕްރޮފެސަރެއްކަމަކު އުޅޭނެކަމެއްނެތް! ކަލޭ ތީ ޑަސްބިން ހާވައިގެން ކާ މީހެއް! ކަލެޔަށް ނުފެންނަނީތަ ކާތަކެތި ތައްޔާރުކުރާ ފެކްޓަރީތަކުގައި ގެންގުޅޭ ސާފުތާހިރުކަމުގެ ހަރުކަށި އުސޫލުތައް!
ރާއްޖޭގައި ހަދާ ހެދިކާގައި ވެސ ކުރަފި ހުއްޓާ ފެންނަނީ މަދުންތަ؟ ނުވި ތާކަށް މަޖުލިސް މެމްބަރުންގެ އަގު ބިޑު ކެއުމުގައި ކޮންޑަމް. ކިހިނަކުން ވަންނަ ތަކެއްޗެއް؟