އިނގިރޭސިވިލާތުގައި މަޔަކު އޭނާގެ އަމިއްލަ ދަރިފުޅު ގެއިން ނެރެލުމަށްޓަކައި ރަހުމު ކުޑަގޮތަކަށް ކޯޓު އަމުރެއް ހޯދައިފިއެވެ.

މި އަމުރު ނެރެފައި ވަނީ ގްރޭޑު 11ގައި ކިޔަވަމުން އަންނަ އުމުރުން އެންމެ 18 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާ ދިރިއުޅެމުން އައީ އޭނާގެ މަންމަ އާއި ދޮން ބައްޕަ އާއި އެކުގައި ކަމަށް ވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިކަން ކޮށްފައި ވަނީ ދޮންބައްޕަގެ ނުފޫޒުންނެވެ.

އެ ކުއްޖާ ގެ ހުސްކުރަން 3 މަސް ދުވަހުގެ ނޯޓިސް އެއް ދީފައި ވާއިރު ނިދަމުން އައި ކޮޓަރި އަށް ވަނުން ވަނީ މަނާކޮށްފައެވެ. އެ ކޮޓަރީގެ ފާހާނާ އަށްވެސް ނުވަދެވޭ އިރު ފާހަނާ ބޭނުން ކުރެވޭނީ ދުވާލަކު ދެފަހަރުއެވެ. އެވެސް ބޭނުން ނުކޮށް ހުރި ބާ ފާހާނާ ގަނޑެކެވެ.

މީގެ އިތުރުންވެސް، ސްކޫލުން އައިސް ހުސް ވަގުތުގައި ވަޒީފާ އަކަށް ދާން މަޖުބޫރު ކޮށްފައި ވާއިރު، އަމިއްލަ ނަފްސަށާއި އެ އާއިލާގެ އެހެން މީހަކަށްވެސް އަނިޔާ އެއް ނުދިނުމަށް ވަނީ ޝަރުތުކޮށްފައެވެ. މިހެން ޝަރުތު ކޮށްފައި ވަނީ ގޭތެރޭގެ ކަންކަން ހުރި ގޮތުން މީގެ ކުރިން އެ ކުއްޖާ އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފައި ވާތީއެވެ. ކޯޓުން އަމުރު ނެރެދީފައި ވަނީ އެ ކުއްޖާގެ މަންމަ އޭނާ ގެއިން ނެރެލަނީ ޒިންމާދާރު މީހަކަށް ހަދައި، އަމިއްލަ ފައި މައްޗައް ތެދުކުރުވަން ކަމަށް ބުނުމުންނެވެ.

ނަމަވެސް، އެ އަމުރަށް ފަހު އޭނާގެ މަންމަ ވަނީ މިފަދަ ރަހުމުކުޑަ ގޮތަކަށް އެގްރިމެންޓެއް ހަދައި އެ ކުއްޖާ ލައްވައި ގަދަކަމުން ސޮއި ކުރުވާފައެވެ. އަދި ހެއްކެއްގެ ގޮތުގައި ޖަހާފައި ވަނީ 18 އަހަރުވެސް ނުފުރޭ އޭނާގެ އަންހެން ދަރިފުޅެވެ.

މިކަން ކުރި މައިންބަފައިން ހަދާފައިވާ އެގްރިމެންޓު ފެނިފައި އެތައް ބައެއްގެ ލޭ ކެކިފައި ވާއިރު، އެ ކުއްޖާގެ އަވަށްޓެރިޔަކު މިހާރު ވަނީ އޭނާގެ ގެއަށް އެ ކުއްޖާ ބަދަލުކޮށްފައެވެ. އަދި އެގޭ މީހުން އަމިއްލަ ދަރިއެއް ފަދައިން އެ ކުއްޖާ ބަލައި ހުރިހާ ހަރަދެއްވެސް ކޮށްދެމުން އަންނަ ކަމަށް މީޑއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

މިއީ ހަމަހޭގައި ހުރެ އެއްވެސް މަޔަކު ކުރާނޭ ކަމެއް ކަމަކަށް ނުބެލެވޭއިރު މިއީ ކޮންމެ މައެއްގެ ހިތަށްވެސް އަސަރު ކުރުވާނެ ފަދަ ހިތާމަވެރި ކަމެކެވެ. ރާއްޖޭގައިވެސް އިނދެގެން އުޅޭ މީހާގެ ނުފޫޒުގައި ޖެހި މިފަދަ ކަންކަން އަންނަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާނީ

    މާތްﷲ އެ ކުއްޖާ އަށް ހެޔޮގޮތް މިންވަރު ކުރަށްވާށި އާމީން. އެހާ ނިކަމެތިހާލެއް ޖައްސާކަށް ނުވާނެ.

    33
    1
  2. ސާސާ

    ދަރިފުޅާ ދެރަނުވޭ އިރާދަކުރެއްވިޔާ މާރަގަޅުގޮއް އަދިވާނެ ދެރަނުވޭއަހަރެމެން އިންސާނުއް އެކަކު އަނެކަކަށް ދެރައެއްނުދެވޭނެ ދެރަވެސް މޮޅުވެސް ލިބޭނީހަމަ އެންމެފަރާތަކުން އަވަހައް ﷲއަށް ކިޔަމަންވޭ