ސްކޫލު ދައުރުން ފެށިގެން އަހަރެން ދެކެމުން އައި ހުވަފެނަކީ ޕައިލެޓަކަށް ވުމެވެ. އެ އުންމީދުގައި އަހަރެން މާލެ ބަދަލުވެ، ރަނގަޅު ވަޒީފާއަކަށް ދާން ފެށީމެވެ. އަދި ލިބޭ އާމްދަނީން ކޮންމެވެސް ވަރެއް ކިޔެވުމަށް ހަރަދު ކުރުމުގެ ގޮތުން ރައްކާ ކުރަމުން ދިޔައީމެވެ. އެއީ އަހަރެން ބޭނުންވީ، އަހަރެންގެ އަމިއްލަ ފައިސާއިން ކިޔެވުމަށެވެ. އަދި އަހަރެންގެ އުންމީދުތަކުގައި ކުލަ ޖެއްސުމަށެވެ.

މާލޭގެ ހަލަބޮލި މާހައުލުގައި އަހަރެން ދިރިއުޅެމުން އައީ އެއްގޮތަކަށްވެސް އެއީ އަހަރެން މާ ގަޔާވާތީކު ނޫނެވެ. ނަމަވެސް އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ހެދުމަށެވެ. މި ގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، ޕައިލެޓްކަން ކިޔެވޭ ވަރަށް އަހަންނަށް ފައިސާ ރައްކާ ކުރެވިއްޖެއެވެ.

އަހަރެން ނިންމީ ރާއްޖެއިން ބޭރުން ޕައިލެޓް ކަން ކިޔެވުމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ފަހު، ޕައިލެޓްކަން ކިޔަވަން ކެނެޑާއަށް ދިއުމަށް އަހަރެން ތައްޔާރުވާން ފެށީމެވެ. އެއީ އެހެން ޤައުމުތަކަށް ވުރެ އަގުހެޔޮކޮށް ކެނެޑާއިން ޕައިލެޓްކަން ކިޔެވޭތީއެެވެ.

ޕައިލެޓުކަން ކިޔެވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އަހަރެއް ވާން ފެށީމެވެ. އަދި އާއިލާގެ މީހުންނާއި ބައްދަލުކޮށް، ކިޔަވަން ދާން އުޅޭ މަންޒިލާއި މެދު މަޝްވަރާކޮށް ހިޔާލު ހޯދީމެވެ. އެންމެންވެސް އަހަރެންގެ ނިންމުމަށް ވަރަށް އިހްތިރާމް ކުރިއެވެ. އާއިލާގެ ފުރިހަމަ އެއްބާރުލުމާއި އެކު ކެނެޑާއަށް ދިޔުމަށް އަަހަރެން ޓިކެޓު ގަތީމެވެ. އަދި ކެނެޑާއަށް ގޮސް، ޕައިލެޓްކަން ކިޔަވަން ދާން ޖެހޭ ޔުނިވަރސިޓީއިން ޖާގަ ހޯދައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވުމެވެ.

އަހަރެން ފުރަން އޮތީ، ހުކުރު ދުވަހެއްގެ ހަވީރުގެ ވަގުތެއްގައެވެ. ކެނެޑާއަށް ދިޔުމަށް ކެތް މަދުވެފައި ހުއްޓާ ފުރާ ދުވަސް އައިސް ބޯމަތިވެއްޖެއެވެ. ޗެކިންގ ފެށެނީ ހަވީރު 16:00 ގައެވެ. އެހެންކަމުން ކެނެޑާއަށް ދިޔުމަށްޓަކައި އެއަރޕޯޓަށް ދިޔައީއެމެވެ. އަދި ފުރުމަށްޓަކައި ބޯޑަރުން އެތެރެއަށް ވަނީމެވެ. ފުރަން ހަމަޖެހިފައި އޮތީ 19:00 ގައެވެ. ބޯޑަރުން އެތެރެއަށް ވަނުމަށް ފަހު އަހަންނަށް އިރުއިރުކޮޅާ ބެލެނީ އަތުކުރީގައި އޮތް ގަޑިއަށެވެ. އެއީ ފުރާ ގަޑި ޖެހޭތޯއެވެ. މިގޮތުގައި އިރުކޮޅެއް ވުމަށް ފަހު، އެއަރޕޯޓުގެ އޮފިޝަލަކު ފުރަން އައިސް ތިބި މީހުން ލައިނަކަށް އަތުރައި، ފަހަރަކު މީހެއްގެ ޕާސްޕޯޓާއި ޓިކެޓް ޗެކް ކުރުމަށް ފަހު ބޯޓަށް އަރުވަމުން ދިޔައެވެ. ދިގު ކިއުއަކުން ގޮސް އަހަންނަށްވެސް އެންމެ ފަހުން ބޯޓަށް އެރިއްޖެއެވެ. އަހަރެން އިންނަން ޖެހުނީ ބޯޓުގެ އެންމެ ފަހަތުން ހުޅަނގަށްވާ ސީޓުގައެވެ. އެ ސީޓުގައި އިންނައިރު ސީޓާއި ދިމާލުން ހުންނަ ބޯ ބިއްލޫރި ގަނޑުން ވަރަށް ރީއްޗަށް ބޭރު ފެނެއެވެ. ބޯޓުގެ ކުރޫއިން އިރުޝާދުތައް ދިނުމަށް ފަހު ދަތުރަށް ހޭދަވާނެ ވަގުތު ބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން ބޯޓު އެއަރޕޯޓުން ނައްޓާލިއެވެ. ކެނެޑާގެ ޓޮނޯޓޯ ޕިއަރސަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިޔުމަށެވެ. ސަތާރަ ގަޑިއިރުގެ ދިގު ދަތުރެކެވެ.

ފްލައިޓް ނައްޓާލުމާއި އެކު ކަންފަތަށް ހެޑްފޯނު ޖަހައި، ނިދާލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އިސާހިތަކު އަހަންނަށް ފުން ނިންޖަކުން ނިދިއްްޖެއެވެ. އަހަންނަށް ހޭވެރިކަންވީއިރު ކެނެޑާގެ މަލަމަތި ފެންނަން ފަށައިފިއެވެ. އުސް އިމާރާތްތަކެވެ. ހީވަނީ ފިލްމެއްގެ މަންޒަރެއް ހެނެވެ.
ކެނެޑާއަށް އަހަރެން އެޅި ފުރަތަމަ ފިޔަވަަޅާއި އެކުވެސް އަހަންނަށް އަހަރެންގެ އުންމީދުތައް ހާސިލްވާން އުޅޭ ކަމުގެ އިހްސާސްތަކެއް ކުރެވުނެވެ. ބޯޓުން ފައިބައި، ފޮށި ދަބަސް ހިފައިހެން އެއަރޕޯޓުން ނުކުތް އިރު އަހަރެންގެ އިސްތިޤުބާލުގައި މީހަކު އައިސް ހުއްޓެވެ. އެއީ ޖޯނަސް އެވެ. ޖޯނަސް އަކީ ރާއްޖޭގައި ހުރެ އަހަރެން ހަމަޖެއްސި އެޖެންޓެކެވެ. ޖޯނަސްގެ ކާރުގައި އަހަރެން ދިރިއުޅެން ހަމަޖެހިފައިވާ ގެއަށް ދިޔައީއެވެ. ބިޔަ، ފުރިހަމަ ގެއެވެ. ވަށައިގެން ގަސް އޮތް ހިތް ފަސޭހަ މާހައުލެކެވެ. އެ ގޭގައި ދިރިއުޅެނީ ޖޯނަސްގެ އާއިލާ އެކަންޏެވެ. އަހަރެން ކިޔަވަން ދާން ޖެހޭ ޔުނިވަރސިޓީ ހުންނަނީ އެ ގެއާ ފަސް މިނެޓުގެ ރާސްތާއެއްގައެވެ.

ކެނެޑާއަށް އައި ފުރަތަމަ ދުވަހު ޖޯނަސް އާއި އެކު އަހަރެން ނުކުމެލީމެވެ. އެއީ ކުޑަކޮށް، އެކުވެރިވެލައި، ކެނެޑާގެ ތަންތަން ބަލާލުމަށެވެ. މުޅި ދުވަސް ނިމި ދިޔައީ އެފަދަ ގޮތަކަށެވެ.

ޖެހިގެން އައި ދުވަހަކީ އަހަރެން ކިޔަވަން ދާން ޖެހޭ ދުވަހެވެ. ހެނދުނު ހެނދުނާ ތެދުވެ ޖޯނަސް އާއި އެކު އަހަރެން ޔުނިވަރސިޓީއަށް ދިޔައީމެވެ. އަދި އަހަރެން ދާން ޖެހޭ ކްލާސްތައް އެތަނުގެ އޮފިޝަލުން ކައިރިން އޮޅުން ފިލުވީމެވެ. އަހަރެން ކިޔަވާ ކްލާހުގައި 100 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދިޔައެވެ. ގިނައީ ކެނެޑާގެ ކުދިންނެވެ. މަދުން ނަމަވެސް އެހެން ގައުމުތަކުގެ ކުދިން ތިއްބެވެ. ހުރިހާ ކުދިންނަކީވެސް ހިތްހެޔޮ އަދި ވަރަށް ރަހުމަތްތެރި ކުދިންނެވެ. ފުރަތަމަ ދުވަހުވެސް އަހަންނަށް އެތަނުން ގިނަ ކުދިންނާއި އެކުވެރިކަން ބަދަހި ކުރެވުނެވެ.

ކެނެޑާގައި ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް ތިން މަސް ފާއިތުވެއްޖެއެވެ. އެއިރު އަހަންނަށް ކެނެޑާ ބަސްވެސް ކުޑަކޮށް އެނގެއެވެ. އަދި ކެނެޑާގެ ޒުވާން އަންހެން ކުއްޖަކާއި، އަހަރެން ލޯބީގެ ގޮތުން ގުޅެވިއްޖެއެވެ. އެއީ ލިލީ އެންތޮނީއެވެ. ލިލީއަކީ، އަހަންނާއި އެއް ކޯހެއް ހަދަމުން ދާ ކުއްޖެކެވެ. ލިލީއާއި އަހަރެންގެ ގުޅުން އަހަރެންގެ އާއިލާއަކަށް ނޭނގޭނެއެވެ. އެއީ ފަހަރުގައި ރާއްޖޭ ކުއްޖަކަށް ނުވާތީ އެމީހުން ޤަބޫލު ނުވެދާނެތީއެވެ.

ދުވަހަކަށް ފަހު ދުވަހެއް އަހަރެމެންގެ ގުޅުން ދިޔައީ ބަދަހި ވަމުންނެވެ. އެންމެ ފަހުން އަހަރެމެން ނިންމީ ކައިވެނީގެ ގޮތުން ގުޅުމަށެވެ. އެހެންކަމުން އާއިލާއަށް ސިއްރުން އަހަރެން ލިލީއާއި ކައިވެނި ކުރީމެވެ. ލިލީއަކީ ވިޔަފާރިވެރިއެއްގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅެވެ. ކައިވެންޏަށް ފަހު ލިލީގެ ބައްޕަ އަހަރެން ގާތުން އެދުނީ އެނބުރި ރާއްޖެ ނުގޮސް ކެނެޑާގައި ވަޒަންވެރިވުމަށެވެ. ނަމަވެސް އެ ބުނުމަށް އަހަރެން ފުރަތަމަ އިންކާރު ކުރީމެވެ. އެހެނަސް ލިލީ ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން އަހަރެން ކެނެޑާގައި ވަޒަންވެރިވުމަށް ނިންމީމެވެ. އަދި ޕައިލެޓް ކޯސް ނިމުމުންވެސް އެނބުރި ރާއްޖެ ނައިސް ކެނެޑާގައި ދިރިއުޅެން ފެށީމެވެ. ލޯބިވާ އަނބިމީހާއާއި އެކުގައެވެ. ނަމަވެސް އުފަން ފަސްގަނޑާއި އެތައް ހާސް މޭލެއް ދުރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. ފާތުން

    މާލޭގެ ވަޒީފާ އަކުން ލިބޭ މުސާރައިން ޕައިލެޓްކަން ކިޔަވަން ބޭނުންވާ ވަރަށް ފައިސާ އެއްވާ އިރު މީހާ ހުންނާނީ މުސްކުޅިވެފަ 🙂

    431
    10
    • ޔައު

      މުސާރަ ލިބޭ ތަނެއްގަ އުޅެމުން އެހެން މަސައްކަތެއް ނުކުރާ ކަމެއް ނޭނގެ އެއްނު. ބޭނުމީ ހިތްވަރު. މަސައްކަތް އޮންނާނެ. ލާރި ލިބޭނެ.

      134
      14
  2. ސަމްވަން

    ނިމުން ވަރަަައް ކަޑަ

    253
    7
  3. ބަކުރު

    ތީއަލައް ވާކަމެއްނޫން

    132
    4
  4. ނީދީ

    ކޮބާތަ އަގީދާ އޮތީ ސަލާމަތުންތަ؟ އެހެންވެއްޖެއްޔާ އަލްހަމްދުލިއްލާހި. އެހެންނޫނީ ތިތާ ހުރޭ/

    320
    15
    • ނޫން

      ނުޖެހޭ ކަލެ އެއް އޭނަގެ އގީދާ ކޮބާތޯ ބަލާކަށް. ތާކުން މީހަކު ފެންނައިރަށް، މީހެއްގެ ވާހަކަ އަޑުއިވޭއިރަށް، އެނަގެ ހުރި އިމާންތެރިކަމާ އެއްޗިސް ނުޖެހެ ބަލާކަށް. އެއީ ﷲ ވަތަޢާލާއަށް ލިބިވެގެންވާ ހައްގެއް. ކައެމެނާ ބެހޭކަމެއް ނޫން.

      41
      157
    • ދީމް

      އަގީދާ ރަނގަޅުވާނީ ކިހިނެއްބާ. ފުރަތަމަ އޭނަ މުސްލިމެއްގެ ގޮތުގަ ހުރެ ކައިވެނި ކުރިގޮތް ސައްޙަވާނެ ގޮތެއް އަހަންނަކަށް ނުވިސްނުނު. މޮޅަށް ދެނެވޮޑިގެންވާނީ ﷲ ސުބުހާނަހޫ ވަތައަލާ.

      103
      11
      • Anonymous

        މުސްލިމް ފިރިހެނަކަށް ޔަހޫދީ އަންހެނަކާ ކައިވެނި ކުރެވޭނެ. އެކަމަކު މުސްލިމް އަންހެނަކަށް ކައިވެނި ކުރެވޭނީ ހަމައެކަނި މުސްލިމް ފިރިހެނަކާ. އޭގަ އޮތް ނަމުން ވެސ އެނގޭ އެ އަންހެން ކުއްޖާ އަކީ ކްރިސްޓިއަނެއްކަން.

        59
        4
        • ދީމް

          ތިކަން އިނގޭ ވ ރަނގަޅަށް. ސުވާލަކީ މުސްލިމެ އް ގޮތުގަހުރެ ކްރިސްޓި އަން ޗާރޗެ އްގަ ކުރާ ކަ އިވެނި ސަ އްޙަވާނެބާ އޭ؟؟؟!!! އެމީހުންގެ ކަލާންގެ ކުރިމަތީގަ ކުރާ.....!!!!

          44
          1
  5. ިޮފަލިނަރަ

    ތިއީ ހަ ..ގީގަތެއް ..ބާ.....ހހ

    117
    7
  6. ބޮލި މުލައް

    އޯކޭ ޤައުމު ދޫކޮށްލީ ފައިސާގެ ދަހިވެތިކަމުގަ ދީނަށް ހެދިގޮތްވެސް ލިޔެލިނަމަ.

    263
    15
    • ބޮބިފަޅި

      އެއީ ކަލެއާ ބެހޭ ކަމެއް؟

      17
      84
  7. ށަވިޔަނި

    ކެނެޑާ ބަހޭ؟

    164
    4
    • ާެއ

      އިނގިރޭސި އަދި ފުރެންޗް.

      59
      6
  8. ޔާލް އަހަރެން

    އެބައުޅޭ ދޮގުތަކެއް އެބުނާހެން ޕައިލެޓްކަން ކިޔަވާ ވަރަށް ފައިސާ ރަގަނޅު ޖޮބެއްގަތާ ތިޔައުޅުނީ

    148
    1
  9. ޝޮޓްގަން

    ކަލޭ ތިޔައީ ކޮންކަހަލަ މީހެއް؟ އަމިއްލަ ވަޒަންކޮބާ؟ މައިންބަފައިންކޮބާ؟ އެމީހުންގެ މޫނުމަތީގައި ތިޖެހި ކޮޅުފައިންނެއްނު؟ ތިމާގެ ގޮތެއްނެތްކަން މިއިން އެނގުނީ.. ލަދުކޮބާ؟

    262
    12
  10. ނަސީރާސައީދު

    "އަހަރެން އިންނަން ޖެހުނީ ބޯޓުގެ އެންމެ ފަހަތުން ހުޅަނގަށްވާ ސީޓުގައެވެ" މީކޮންތާކުއިންނަ ސީޓެއްތޯބަލާލާފައި މެއިލްކޮށްލަދީބަލަ! ފަހަތުން ހުޅަނގު ސީޓު.

    207
    2
    • އާދަނު

      ކޮބާ އީމެއިލް އެޑްރެސް؟

      63
      3
  11. ކައި

    ކެނަޑާގައި އިނގެރޭސި ނޫން އިތުރު ބަހެއް އިނދޭތަ؟ ހަމަ ނޭގީތީ އަހާލީ

    177
    8
    • މޯދީ

      އެބުނަނީ އިނގިރޭސި ދަސްކުރިވާހަކަ! މިކަހަލަ ދެއުޅިއެއްނުވާ ވާހަކަ ކިޔާލައިގެން ދިވެހިން ގުބޯހެދިފަ ގައުމު އަހަރުމެން އިންޑިޔާ ބޭނުންގޮތަކަށް ހަދަމުން މިހިރަ ދަނީ!

      107
      6
    • ނަކަމަށް

      ފުރެންޗު ބަސް.

      54
      3
    • ސީނާ

      "ތިން މަސް ފާއިތުވެއްޖެއެވެ. އެއިރު އަހަންނަށް ކެނެޑާ ބަސްވެސް ކުޑަކޮށް އެނގެއެވެ."
      އެބުނާހެން... އިނގެރޭސި ނޫން އިތުރު ބަހެއް އިނދޭތަ؟ މާނަޔާލީ އިނގެރޭސި ބަސްނޭގޭދޯ

      4
      1
  12. ހަމް

    މިހާރު އެހެންވީމާ ނަމުގައި މުސްލިމް އަމަލުގައި ކްރިސްޓިއަންދޯ؟

    74
    8
  13. ބޯބުރާންތި

    މައިނީ ފަގީރެއްގެ ދަރިޔަކާ..??

    85
    1
  14. މިއަދު

    ތިލިއުމުގެ މަޤްސަދެއް ނުއެގުނު

    117
    1
  15. ފިނރުޓޭ

    ކެނާޑާގައި ކިޔުބެކް ފިޔަވާ އެހެން ހުރިހާ ތަނެއްގައިވެސް ވާހަަކަ ދައްކާނީ އިނގިރޭސި ބަހުން! ކިޔުބެކަކީ ފަރަންސޭސި ބަހުން ވާހަކަ ދައްކާ ސްޓޭޓެއް! މޮންޓްރިޔޯލް ކެޕިޓަލަކީ، އެތަނުގަވެސް ވާހަކަ ދައްކާނީ އާއްމު ކޮށް ފަރަންސޭސި ބަހުން! ދެން ކޮބާތަ ކެނެޑާ ބަހަކީ! މީ ފުލޯކް ވާހަކަ އެއްހެން ވަރަށް ހީވޭ!

    99
    2
  16. މީމަށޭ

    ފުލޯކު ވާހަކައެއް. ބުނެފަ އޮތީ ކެނެޑާ ބަހޭ. ކެނެޑާގަ ވާހަދައްކަނީ އިގިރޭސި ބަސް ނޫނީ ފަރަންސޭސިބަސް. އަންހެން ކުއްޖާގެ ނަމަށް ބަލާއިރު އެއީ އިގިރޭސި ނަސްލުގެ ކުއްޖެއް

    75
    3
  17. ކެނެޑާ

    ކެނެޑާ ބަހަކީ އަޅެފަހެ ކޮބައިތަ؟ އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުން ވިއްޔާ އިނގިރޭސި ބަހުން ވާހަކަދައްކާ ގައުމެއް އެއީ!

    63
  18. ނާފިއު

    އޭނަ ބުނި ވަރައް އާދޭސް ކުރި ވާހަކަ

    37
    1
  19. ރުޝާ

    މި ހީވަނީ އިންޑިޔާ ޑްރާމާއެއްގެ ބައެއްހެން..އަޅާ ކޮންމެ ފިޔަވަޅެއްވެސް ޑީޓެއިލްކޮށް އެބަހުރި..އެކަމް ސުރުހީއާ ގުޅޭ އެންމެ މުހިއްމު ބައި އައި ހިސާބުން އެނިމުނީ...ދީނާ އާއިލާއަށް ވީ ގޮތެއްވެސް އަންގާލިނަމަ..ވެއިޓިންގް ފޯ ނެކްސްޓް އެޕިސޯޑް

    105
    • ޔައު

      މަވެެސް ކަލޯ ތިކަމާ ހީހީ

      56
  20. ބޯކިބާ

    17 ގަޑިއިރުގެ ދަތުރަކަށް ބޯޓުނައްޓާލުމާއިއެކު ނިދައިފި. ހޭލެވުނުއިރު ބޯޓުހުރީ ކެނެޑާމަތީގަ.... އަހަރެމެން ދަރަވަންދޫއަށްދާއިރު ބޯޓުނައްޓާލީމަ ނިދިގަނޑެއްއަޅާފަ ހޭލެވޭއިރު އަދިކިރިއާ ހިންމަފުށިމަތީ ބޯޓު ހުންނަނީ.

    161
    2
  21. ބްރިޓިޝް ކޮލަމްބިއާ

    ކެނެޑާ އަކީ އާދަޔާ ޚިލާފަށް ވަރަށް ފިނި ގައުމެއް. އަނެއްކޮޅުން ލިބޭ އާމްދަނީއިން ނުލާހިކު ބޮޑުބައެއް ޓެކްސްގެ ގޮތުގައި ނަގާ. ސޭވް ކުރާކަށް އެއްޗެއް ނޯވޭ. އެންމެންނަކީ މިލިޔަނުން ލިބޭ މީހުންނެއް ނޫން. އިނގިރޭސި ބަަހާއި އެކު ފްރެންޗް ބަހަކީ އެތަނުގެ ރަސްމީ ލިޔެކިޔުންތަކުގައި ހަމައެކަނި ބޭނުން ކުރެވޭ ދެ ބަސް. ޔޫރަޕްގެ ދޮން މީހުންނަށާއި ފްރާންސް މީހުންނަކީ އެތަނުގެ ފުރަތަމަ ދަރަޖައިގެ ރައްޔިތުން. މިވާހަކަތައްވެސް ހިމަނާލިނަމަ.

    71
    1
  22. ރިޔާޒު

    ފުލޯކު ވާހަކައެއް .ކެނެޑާއައް.ސީދާދެވޭ.ފުލައިޓެއް.ނޯވޭ...އަދި.ބޭރު.ގައު މަކައް.ގޮސް.އަނެއްދުވަހު.ކުލާސް.ނުފެށޭނެ..ކުރަންޖެހޭ..ގިނަ.ފޯމަލިޓީސް.ހުރޭ..

    87
    3
  23. ކޮތަރު

    ޝޮޓްގަން. އަޅުގަނޑަށް ތިޔަކަމުގެ ދެންނެވޭނީ ރާއްޖެތެރޭގެ ނިކަމެތިން އެމީހުންގެ ދަރިން އެތަކެއް ގުރުބާނީއެއް ވެގެން ކިޔަވަން މާލެ ފޮނުވީމަވެސް ގިނަކުދިން ހަދަނީ މިފަދަ ގޮތެކޭ.

    38
    3
  24. ޑައިރެކްޓް

    މާލެއިން ޑިރެކްޓްކޮއް ކެނެޑާއަށް ދެވޭކަމެއް ނޭގެ

    72
  25. މ

    ރާއްޖެއިން ޑައިރެކްޓު ފުލައިޓެއް ކެނެޑާއަށް އޮތީ ކޮންޒަމާނެއްގަތޯ؟

    56
  26. ނާނު

    މަހިތުން މާލެއިން ސީދާ ކެނެޑާއަކަށް ނުދާނެ ޓް ރާން ސިޓް ކޮށްތޯއްޗެ ދާނީވެސް އަނެއްކާ 17ގަޑިއިރރރ ރު ހަމަ ނިދީ ، ރާއްޖެއިން ކުރރ ރީގަ 70ގެ ދުވަސްވަރރ ކިޔަވަން ދިޔަ ގިނަމީހުން އެތަން ތަނުން މީހުނާ އިދެގެން އުޅުނީ ފި ރިހެނުން ވެސް އަންހެނުން ވެސް

    28
    1
  27. ޖުހާ

    މިއީ ހަމަ ޖުހާގެ ވާހަކައެއް. 17 ގަޑިއިރުގެ ދަތުރެއްގަ ނިދާފަ ހޭލެވުނުއިރު ކެނެޑާގެ ބިލްޑިންގތައް ފެނެޔޯ. އަހަރުމެން މިއުޅެނީ ކިންގ ސައިޒް ބެޑެއްގަވެސް ނިދާ ގޮތަށް ހޭނުލައި 2 ގަޑި 3 ގަޑިއިރުވެސް ހޭދަނުކުރެވިގެން. ބޯޓަށް އެރި ގޮތަށް ވަރުގަދަ އެއްޗެއް ބުއީތާ ދޯ. ނޫނީ ތީ ނިދާނިދާ ފޮފަރުވާ މިހަކީތާ. ދެން ތި އުޅުނު ވަޒީފާއިން ކުލި ދައްކާފަ އަމިއްލަ ޚަރަދުކޮށްފަ ބާކީކުރި ފައިސާއިން ކެނެޑާއަށް ކިޔަވަން ދެވޭނީ ވަރުގަދަ ވިޔަފާރިއެއް ކުރާބައެއްގެ ވަރުގަދަ ވަޒީފާއެއްގަ އުޅެގެން. މިހުރިހާ ކަމަކަށް ބަލާފަ ދީނާ ގައުމާ މައިންބަފައިންނާ އާއިލާ ދޫކޮށްލި މީހެއްގެ ވާހަކަ މުހިއްމެއްނޫން. މުހިންމީ އެންމެ ތަންކޮޅެއް. "ރާއްޖެ ނައިސް ކެނެޑާގައި ދިރިއުޅެން ފެށީމެވެ." މިހެން އޮތީމަ އެބަ އިނގޭ މިވާހަކަ ލިޔުނު އިރު އެމީހާ ހުރީ އުނބަށް ޖަހައިގެން ގޮތެއްނެތިގެން އެނބުރި ރާއްޖެ އައިސްކާން. އެހެން ނޫންނަނަމަ އޮންނާނީ "ރާއްޖެ ނުގޮސް..." މިހެންނެވެ. ދެން ވަރަށް ސަލާން

    30
  28. ައައްޔަ

    ނިދަ ނިދާފަ ހޭލިއިރު ކެނެޑާގެ މަލަމަތި ފެނެޔޯ.. 100 ޕަސެންޓް ފުލޯކު

    24
  29. ސުޕުން

    ބަނޑު އަޅާވިހޭ މައިމީހާ މީހަކައް ނުވިދޯ ، ސާބަހޭ ދިވެހިދަރިން ނައް ،ބަލަ ސޮރާ މައިނީހާ އސަނުކިއް ފަރަންޖީ އަންހެނެއްދޯ އިސްކުރުވީ ،

    25
    4
  30. އަހްމަދު

    ނިދާފައަ ހޭލެވުނީ އިރު ސަތާރަ ގަޑި އިރުގެ ދިގު ދަތުރެއް ނިމިއްޖެ ދޯ

    20
    2
  31. ޖޮންގޯ

    މީއަސްލު ބޯޓު ދަތުރުކުރަން ދާ މީހުން ކަނޑާ ކަހަލަ ފޮންޏެއް ކަނޑާލައިފާ! ކެނެޑާ އަށް ތިސޮރުތި ދިޔައީ ޕްރައިވެޓް ޖެޓެއްގައި! އެންމެ އަވަހަށް ވެސް ރާއްޖެ، ލަންކާ، އިންޑިޔާއިންވެސް 24ގަޑިއިރަށް ވުރެއް އަވަހަކަށް ކެނެޑާގެ އެއްވެސް ސިޓީއަަކަށް ނުދެވޭނެ!

    20
    1
  32. ޥިސަހު

    ޢައިމް އިން ކެނެދަ

  33. ނުކިޔަވާ 2019---

    ޖޯން ބުނީ ބުހުތާނު ދޮގޭ

  34. ނަހު

    މީ ދެން ހިޔާލީ ވާހަކައެއް. މާލެއިން ނައްޓާލީމާ ހެޑްފޯނު އަޅައިގެން ނިދީ ހޭލެވުނު އިރު ކެނެޑާ މަލަމަތި ފެންނަނީ. އަސްލު ތި ދެވުނީ ލަންކާއަށް. ލޮލް. މާލެއިން ކެނެޑާއަށް ޑިރެކްޓް ފްލައިޓް އޮންނަކަމެއް ނޭނގޭ. 17 ގަޑިއިރު ބޯޓެއްގެ ފަހަތު ސީޓުގަ ނިދާފަ. ޙަހަހަހަ. ބޮޑު ޖޯކެއް

  35. ޖަގޭ

    1ގަޑި18މިނިޓް ނަަގާނީ

  36. ފޫހި

    ޢެއްވެސް ކަމެއްނެތް ފޫހި ވާހަަކައެއް. މާމޮޅު ކަމެއްކުރެވުނީކީ ނޫން. ރާޢްޖޭގެ މީހުންނާ އެހިސާބު މީހުން ވރަށް އންނަ ހިތްވާނެ

  37. ދެންދޯ

    -ހީވަނީ ކުރެވުނު ކަންތައްތަކާ ދެރަވެ މާފަށް އެދެން ލިޔެފަ އޮތް އެއްޗެއްހެން، އެހެންނޫނީ އާއިލާގެ މީހުންނަށް ހާލު އަންގަދޭން،އެހެން ނޫނީ މިކޮޅަށް ބަލާލުމެއް ނެތޭ ބުނަން ބޭނުންވަނީ ތޯއްޗެއް

  38. ދަންނަ ނުދަންނަ

    ހުރިހާ ކޮމެންޓު ކިޔާފިން ހުރިހާކޮމެންތަކުގަ ކޮއްފަ ހުރި ސުވާލުތަކެއް ޖަވާބު ދެވޭތޯ ބަލާނަން.
    އޭނާ 17 ގަޑިއިރުގެ ދަތުރަކަށް އަރާފަ ނިދީ ދެން ހޭލެވުނު އިރު ކަމަކުދާކަށް ނެތެވެ ބޮޑެތި އިމާރާތް ތައް ފެންނާން އެބަހުއްޓެވެ މީނަ ހިތުން މި ފެންނަނީ ކެނެޑާ އެކަމަކު އޮޅިގެން މި ފޭބުނީ އިންޑިއާގެ ތަމަޅަ އަވަށަކަށް.
    މީނަ ހިތުން ތަމަޅަ ބަހަކީ ކެނެޑާ ބަސް އެހެންވެ ކެނެޑާ ބަސް ދަސްވިވާހަކަ އެބުނީ.

  39. އިންސާނާ

    100 % ދޮގު. ހޮޅިވާހަކަ.

  40. ދޮންމަންޖެ

    ސަތާރަގަޑީރު ނިދާފަ އޮތީއެެއްޗެއްބޮއިގެންތަ ސާފުކޮއްލާދިނުންއެދެން
    ވާހަކަ ވަރައް ރީތި އެކަމަކު ހިޔާލީދޮގުވާހަކައެއްކަމައް %98 ގަބޫލުކުރެވެނީ