އިނގިރޭސިވިލާތުގައި އުމުރުން 81 އަހަރުގެ މުސްކުޅިއަކު އެކަނިވެރިވެގެން ކަމަށްބުނެ އެ ގައުމުގެ ގޭންގަކާއި ގުޅި ކުށްތަކަށް އަރައިގަންނަން ފެށުމުން ހައްޔަރުކޮށްފިއެވެ.

އިއަން ހެމެންސް ނަމަކަށް ކިޔާ އެމީހާގެ އާއިލާ އެއްވެސް މީހަކުވެސް ދުނިޔޭގައި ނެތްއިރު އޭނާ ގޭންގާއި ގުޅުމަށް ފަހު ވަނީ އެ ގޭންގުގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައެވެ. މިގޮތުން އެ ގޭންގުގެ ބަޔަކު މީހެއް ގަޔަށް ވަޅި ޖެހުމަށް ފަހު ފިލުމަށް އިއަން ވަނީ އެހީތެރިވެދީފައެވެ.

އެމީހުން ދިން ވަޅީގެ ހަމަލާގައި މީހަކު މަރު ނުވި ނަމަވެސް، ދައުލަތުގެ ވަކީލުން ބުނެފައި ވަނީ އެ ހަމަލާގައި މީހަކު މަރުވުގެ ފުރުސަތުވެސް އޮތް ކަމަށެވެ. އެހެންކަމުން މި އަމަލުގައި އިއަސްވެސް ބައިވެރިވެފައި ވާތީ އޭނާގެ މައްޗައް ވަނީ ދައުވާ ކޮށްފައެވެ.

މި ކުށުގައި އިއަންގެ ބައިވެރިވުމަށް މިހާރު 9 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، ދެން މިކަމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު 9 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާއިރު އިތުރު މީހެއްގެ މައްސަލަ ދަނީ ކުރިއަށެވެ.

މީގެ ކުރިން ބާގާ ހަދާ ވޭނަކުން ކާބޯތަކެތި ވިއްކައި އުޅުނު އިއަންސްގެ ބައިވެރިވުމާއި އެކު ހަމަލާ ދީފައި ވަނީ އެ ގޭންގާއި މައްސަލަތަކެއް ޖެހިފައި އޮންނަ އެހެން ގޭންގެއްގެ މީހަކަށެވެ. އެ މީހާ ގަޔަށް 6 ފަހަރު ވަޅި ޖަހާފައި ވާއިރު އޭނާގެ ފުއްޕާމޭ ވަނީ ފަޅައިގެން ގޮސްފައެވެ.

އިއަންސް އަށް ހުކުމް އިއްވަމުން ގާޒީ ބުނެފައި ވަނީ އޭނާ މަސައްކަތް ކުރަމުން އައީ ގޭންގެއްގައި ކަން އިއަންސް އަށް އެނގޭ ކަމަށާއި އަދި އެ ރޭ އެމީހުން އިއަންސްގެ ކާރަށް އެރިއިރު ގައިގައި ލޭ ހުރުމުން އައީ މީހަކަށް ހަމަލާ ދީފައިކަންވެސް އެނގޭނޭ ކަމަށެވެ. އަދި އެ ގޭންގުން އޭނާ ބޭނުން ކުރަން ނިންމީ މުސްކުޅިއެއް ބޭނުން ކުރުމުން ފުލުހުންގެ ސަމާލުކަން މާބޮޑަށް ނުލިބޭނެތީ ކަމަށްވެސް ބުނެފައިވެއެވެ.

އިއަންސް އަށް އައީ އުމުރުން ދުވަސްވުމުގެ ސަބަބުން ލިބޭ އިނާޔަތްތައްވެސް ލިބެމުންކަން ފާހަގަަކޮށްލެވެއެވެ.