ޕްރިންސް ވިލިއަމް ގެ އަނބިކަނބަލުން، ކޭޓް ވިހާ ދުވަސް ކައިރިވުމާ އެކު އެކަމަނާ ވިއްސަން ގެންދާ ހޮސްޕިޓަލް، ލިންޑޯ ވިންގް ހޮސްޕިޓަލުގެސެކިއުރިޓީ ވަރުގަދަ ކުރަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެކަމަނާ ވިއްސަން ގެންދާ ހޮސްޕިޓަލު ކަމުގައިވާ، ލިންޑޯ ވިންގް ހޮސްޕިޓަލުގެ ވަށައިގެން އުޅަނދުފަހަރު ޕާކް ކުރުމުގެ ހުއްދަ ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ. ނަމަވެސް އެކަމަނާ ވިހަން އަދި ތިން ވަރަކަށް ހަފްތާ ވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ޕްރިންސެސް ކޭޓް ވިހަން ކައިރިވެފައިވާއިރު، މިފަހަރު އެކަމަނާ ބަލިވެ އެ އިންނެވީ ޕްރިންސް ވިލިއަމްގެ ދެވަނަ ދަރިއަށެވެ. އެކަމަނާ ފުރަތަމަ ވިހެއީ 2013 ވަނަ އަހަރު އެވެ. އެފަހަރު ލިބިވަޑައިގަތީ ފިރިހެން ދަރި، ޕްރިންސް ޖޯޖް އެވެ. އެއަށްފަހު 2015 ވަނަ އަހަރު ދެވަނަ ދަރިކަނބަލެއް ލިބިވަޑައިގެންނެވިއެވެ. އެއީ ޕްރިންސެސް ޗާލޮޓް އެވެ.

މިފަހަރު އެކަމަނާ ވިހަން ކައިރިވެފައިވާއިރު ވެސް އަދިވެސް ލިބިވަޑައިގަންނަވަނީ ކޮން ޖިންސެއްގެ ދަރިއެއް ކަމެއް އަދި ނޭނގެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދެވަނަތަ ނޫނީ ތިންވަނަތަ....

  2. ކުރިން ވިހެއީ ލާ ޖިންސްތަ

  3. ހަވަނައެއް ނޫންތަ ؟