މިޔަރެއްގެ ނުރައްކާތެރި ހަމަލާއެއްގައި އަންހެނެއްގެ ދެ އަތާއި މޭމަތި ކާލައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ޕޮލިނީޝިއާގައެވެ. މިހާދިސާގައި އަނިޔާވީ ފްރާންސަށް ނިސްބަތްވާ އަންހެނަކަށެވެ. ޕޮލިނީޝިއާއަށް އޭނާ ގޮސް އުޅުނީ ޗުއްޓީ ހޭދަކޮށްލުމަށެވެ.

އުމުރުން 35 އަހަރުގެ އެ އަންހެން މީހާއަށް މިޔަރު ހަމަލާދިނީ ބޮޑުމަސް ބަލަން މޫދަން އެރި އުޅެނިކޮށެވެ. އެހާދިސާގައި އޭނާގެ ދެ އަތް އެއްކޮށް ބުރިވެފައިވާއިރު އެ އަންހެން މީހާގެ މޭމަތިވެސް އެއްކޮށް މިޔަރު ކާލާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އޭނާ އަށް ހަމަލާދިނީ ވައިޓް ޓިޕް މިޔަރެކެވެ.

މިހާދިސާ ހިނގާފައިވަނީ ޕޮލިނީޝިއާގެ މޫރިއާ ނަމަކަށް ކިޔާ ޖަޒީރާ ރަށެއްގެ ފުއްޓަރު ފަރާތަށް އެރި އުޅެނިކޮށެވެ. އަދި މިހާދިސާ ހިނގައިދިޔައީ އެ އަންހެން މީހާގެ އާއިލާއާއި އޭނާގެ ހަ އަހަރުގެ ދަރިފުޅު ކުރިމަތީގައި ކަމަށްވެސް ވެއެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި އެ ހާދިސާގައި އަންހެން މީހާ ރަށަށް އެރުވުނު ހޭ ނުނެތެއެވެ. އަދި ރައްކާތެރި ނޫން ތަނަކަށް އޭނާ ފޮނުވީ ކީއްވެތޯ ސުވާލު ކުރި ކަމަށްވެސް ވެއެވެ.

އެ އަންހެންމީހާއަށް މިހާރު ޓަހީޓީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސްކަމެއް ނޫން ކަމެއް ސާފެއް ނުވެއެވެ.