ހައުސިން މިނިސްޓަރ އައިމިނަތު އާތިފާ ރަސްމީ ދަތުރުފުޅެއްގައި ލޯންޗެއްގައި ދަތުރު ކުރައްވަމުން ނަމާދު ކުރެއްވި މަންޒަރު ފެންނަ ފޮޓޯއެއް ހައުސިން މިނިސްޓްރީގެ ފޮޓޯގްރާފަރަކު އާއްމު ކުރެއްވުމުން އެފޮޓޯއަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

މިނިސްޓަރ އާތިފާ ނަމާދު ކުރައްވަން އިން މަންޒަރު ފެންނަ ފޮޓޯ ފޭސްބުކްގައި އާއްމުކުރީ ހައުސިން މިނިސްޓްރީގެ ފޮޓޯގްރާފަރު އަބްދުﷲ އަބީދު އެވެ. ފޮޓޯ އާއްމު ކުރަމުން އަބީދު ބުނެފައި ވަނީ މިނިސްޓަރ ނަމާދު ކުރެއްވީ ދ.ކުޑަހުވަދޫ އިން ފުރައިގެން ތ.ވިލުފުއްޓަށް ކަމަށެވެ.

"ލޯންޗްގެ ފަހަތު ސީޓް މަތީގައި، ﷲ ހަޒުރަތައް ކުއްތަންވެ، ނަމާދު ގައި އެހުރީ ހައުސިން މިނިސްޓަރ އައިމިނަތު އާތިފާ އެވެ." އަބީދު ލިޔެފައިވެއެވެ.

މިނިސްޓަރ އާތިފާގެ ފޮޓޯ އަބީދު އާއްމު ކުރުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެފޮޓޯ ޝެއާ ކުރަމުންނެވެ.

https://www.facebook.com/photo.php?fbid=10219554513950781&set=a.3766814886244&type=3&theater

ނަމާދު އެޅުމަށް އިސްލާމްދީނުގައި އެއްވެސް އުޒުރެއް ނޯވެއެވެ. ނިފައި އޮންނަ މީހާ ހޭލެވުމުން ނުވަތަ ހަނދާން ނެތި ނަމާދު ނުކުރެވޭ މީހުން ހަނދާން ވުމުން ނަމާދު ކުރަން ޖެހެއެވެ. ދަތުރުވެރިންނަށް ނަމާދު ކުރުމުގައި ލުއި ގޮތްތަކެއް ދީނުގައި އޮތް ނަމަވެސް ދަތުރު މަތީގައި ނަމާދު ކުރާމަންޒަރު ވަރަށް މަދުން ނޫނީ ރާއްޖެ އިން ނުފެނެއެވެ.

މިނިސްޓަރ އާތިފާގެ ލޯންޗް ދަތުރުމަތީގައި ނަމާދު ކުރެއްވުމުން އެފޮޓޯ ޝެއާ ކުރި ގިނަ މީހުން ވެސް ވަނީ އެކަން ފާހަގަކޮށް މިނިސްޓަރުގެ ކިބައިން މިސާލު ނެގުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކަންނެލި އޮޑި

    ތިޔަކަމުގެ ތެރެއިން ދެއްކުންތެރިކަން އެބަ ފެނޭ.

    45
    69
    • ޖާޒީރާ ބޯއީ

      ފަހަރުގައި މިނިސްޓަރަށް ނޭގި ނެގި ފޮޓޮއަކަށް ވުން އެކަށީގެންވޭ.

      60
  2. އަހްމަދްފުޅު

    އަބީދުކަހަލަ ކަނޑުމަތީގައި އުޅޭ މީހުންނުދަންނަ މީހަކަށް ތިޔައީ އާކަމަކަށްވެދާނެ. މަސްވެރިން ނާއި ، މާލެދަތުރު ކުރާ އުޅަނދުފަހަރުގައިވެސް ވަރަށްގިނަމީހުން ނަމާދުކުރޭ. ރިޔާލުދޯނީގައި މަސްވެރިކަން ކުރި އިރުވެސް ދޯނިފަހަރުގައި ނަމާދުކުރޭ. ތިޔައީ ހަމަ ދެއްކުމަށް ކޮށްފައިވާކަމެއް.

    15
    8
  3. ޓާޓާ

    ތިޔަ އިޝޫޓިންއް ދައްކާ ލުމެއް

    16
    37
  4. މަމީ މުސްލިމެއް

    "ތިޔަކަމުގެ ތެރެއިން ދެއްކުންތެރިކަން އެބަ ފެނެ"ޔޭ؟
    އެއީ އަނެއްކާ ތިބާގެ ކޮން ލޮލަކަށް؟
    ހެޔޮނުވާނެ ތިކަހަލަ އެއްޗެހި ބުނާކަށް. ތިމާއަށް ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވެވޭތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާ އެކަން އެގޮތަށް ނުވާނަމަ މިފަދަ ބޭފުޅުންގެ ކިބައިން މިޘާލު ނަގައިގެން އެކަން ރަނގަޅުކޮށްލައްވާ. އެކަމނާގެ އަޅުކަމުގައި ދެއްކުންތެރިކަމެއްވިޔަސް ނުވިޔަސް، އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ.

    51
  5. ޒާ

    އެއީ ދެއްކުން ތެރިކަމޭ ފޮޓޯ ޝޫޓިންނޭ ކިޔާ ފާޑުކިޔާ ބޭފުޅުންނަށް ދަންނަވަން. ކާކަށްތޯ އެނގެނީ އެބޭފުޅާގެ ހިތުތެރޭގައި އޮތް އެއްޗަކާއި ﷲ ސުބްހާނަހޫ ވަތަޢާލާއަށް އެބޭފުޅާގެ ހިތުގައި އޮތް ލޯބި. ނަމާދަކުރުމުން އެކަމަށް ހަޖޫއެއް ނުޖެހޭނެ.

    44
    1
  6. ދދދދދދ

    މިސަރުކާރުގެ ވަޒީރެއްގެ މަގާމަށް ކުފޫ ހަމަނުވީ ތިޔަ. އެމްޑީއެން ވަރަށް ރުޅިއަންނާނެ. އަވަހަށް ތިފޮޓޯ ނަގާ.

    20
    9
  7. ދަތްގޯނި

    އަޅުވެރި ކަަމައްވުރެ ދެއްކުންތެރިކަން ބޮޑު ކަމަށް ފާހަގަ ކުރެވޭ

    2
    31
  8. ފަޒިލެ

    ދީނީ ކަން ދައްކާލީ ދޯ

    2
    21
  9. އައްޔު

    ދެއްކުމަކަށް ނަމާދެއް ނުކުރާނެ އެއްވެސް މީހަކު. ނަމަވެސް ދެއްކުމޭ ބުނެވެނީ ތިމާ ވުޟޫކުރާއިރު ގަމީހުގެ އަތުރުރި އޮޅާނުލާ އަތުގެ އުޅަބޮށީގައި ފެން ނުޖައްސާ ވުޟޫކުރުމާއި އަންހެނުންނާއި ސަލާމްކުރަމުން ގޮސް ވުޟޫނުކޮށް މިސްކިތަށް އެރުމަށެވެ، އަދި އޭގެ ފަހުގައި އެފޮޓޯތަށް މީސްމީޑިއާއަށް ދޫކޮށްލުމެވެ. މާތް ﷲ މިނިސްޓަރ އާތިފާއަށް ހެޔޮރަހުމަތް މިންވަރުކުރައްވައި ނަމާދުކުރުންމަތީ ދެމިހުރުމުގެ ހެޔޮތައުފީގް މިންވަރުކުރައްވައި ބާއްޖަވެރިކަން މިންވަރު ކުރައްވާންދޭވެ އާމީން

    29
  10. އައިންތު

    އާތިފާއްތައަކީ އަމިއްޅަ ދިރިއުުޅުމުގައިވެސް އަބަދުވެސް ވަރަށް ނަމާދު ކުރާ ފަރާތެއް

    10
  11. ކަމަނަ

    ކުދަހުވަދޫ އިނ ް ތ. ޢަތޮޅަށް ސްޕީޑް ލޯންޗެއްގައި ދުވާލު ކުރާ ދަތުރަކަށް ވާއިރު ނަމާދު ކޮށްލަން އެއްގަމުގައި ނަމާދުކޮށްލަން ވަގުތު ވަާނެކަމަށް ބެލެވޭ . ޑަތުރުވެރިން ނަށް ނަމާދުކުރުމުގައި ދެއްވާފައިވާލުއި ތަކަށް ބަލާއިރު ކަދަކަނޑުގައި ލޯންޗެއްގައި ނަމާދު ކުރެއްވުމުގައި ދެއްކުންތެރިކަން ހިމެނިފައި ވުން އެކަށީގެންވޭ .

    3
    4
  12. އެދުރު

    ފުރުސަތު އޮތްނަމަ ރަނގަޅީ ބިމުގައި ނަމާދުކުރުން
    ގިބްލައާ ދިމާވާ ކަމަކަށް ނުބެލެވޭ

    4
    1
  13. އެންދެރި

    ނަމާދު ކޮންމެ ފެންވަރެއްގެ މީހަކު ކުރިއަސް ބަލައިގަންނަން ޖެހެ އެވެ. ނަމާދު ނުކުރެވޭ މީހަކު ނެގަޓިވް ކޮމެންޓް ޖަހާ ފާނެ އެވެ.

  14. ކޮރަލް

    ދެއްކުން ތެރިކަން ދައްކަނީ ސެލްފީ އިންނެވެ. ނަމާދު ކުރިމީހާ ނޫން އެހެން މީހަކު ނެގޮ ފޮޓޯ އެކެވެ.

  15. އަހުމަދު

    ނަމާދު ނުކުރުމަށް ހިތްވަރުދީ ހަޖޫޖަހައި ފުރައްސާރަކުރާ ފަރާތްތަކާއި އެމްޑީއެން މީހުނާއި ހުރިތަފާތެއްކޮބާ؟؟ ބައެއް ކޮމެންޓްކުރާއިރު ހަަމަހޭގަބާ؟ އާތިފާއަށް ސެލިއުޓްކުރަން.