ބުޅާ ގެންގުޅުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ހިތްވާ ކަމެކެވެ. ނަމަވެސް ބުޅަލެއް އެޑޮޕްޓުކޮށްގެން ގެންގުޅޭ އިރު އެއާ މެދު ފަރުވާ ބަހައްޓަން ޖެހޭ މިންވަރަށް ނުބެހެއްޓި ގިނަ ފަހަރު ވެވެނީ އިހުމާލެވެ. އެއީ ޖަނަވާރަކަށް ވިޔަސް ދިރޭ މަޚްލޫގެއްކަން ގިނަ ފަހަރު އޮންނަނީ ހަނދާން ނެތިފައެވެ.

އޮސްޓްރޭލިއާގެ ސިޑްނީއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ސެލީނާ ޝާއިދް ހައްޔަރުކުރީ އޭނާ އޮޅުކޮށްގެން ގެންގުޅުނު ބުޅަލަށް ހަމަލާދީ މަރާލި މައްސަލާގައެވެ. އެމައްސަލަ އެގައުމުގެ ފުލުހުންނަށް ރިޕޯޓު ކުރީ އޭނާގެ އަވަށްޓެރިންނެވެ.

ޅަނަރުތައް ބުނާ ގޮތުގައި ސެލީނާ ވަނީ އޭނާގެ ބުޅަލަށް ވަޅިން ހަމަލާދީ މަރާލަފައެވެ. އެގޮތުން ބުޅަލުގެ ހަށިގަނޑުން 20 ތަނަކަށް ހަމަލާދީފައިވާއިރު އެ ބުޅަލަށް އިތުރު އަނިޔާތަކެއްވެސް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވެއެވެ. އެ ހަމަލާތައް ދިނުމަށްފަހު އޭނާ ވަނީ އޭނާ ދިރިއުޅުނު އިމާރާތުގެ ދެވަނަ ފްލޯގެ ބެލްކަނީއިން ބޭރު މަގުމައްޗަށް ބުޅާ އެއްލާލާފައެވެ.

"ޖިންޖަރ" ނަމަކަށް ކިޔާ އެ ބުޅާ މަރާލި އިރު އޭގެ އުމުރަކީ 11 އަހަރެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ޖަނަވާރަކަށް އިހާނަތިކޮށް ހިތައި ހަމަލާދީ މަރާލި ކުށުގެ ދައުވާއެވެ. މީގެ އިތުރުންވެސް އެހެން މީހުންނާމެދު އޭނާ މާރާމާރީ ހިންގައި ހަމަލާދީފައިވާ ކަމުގެ 30 މައްސަލައެއް ކޯޓުގައި އޭރު އޮތެވެ.

ބުޅާ މަރާލި މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވާއިރު މިހާރު އޭނާގެ މައްޗަށް ވަނީ ހުކުމްވެސް އިއްވާފައެވެ. އޭނާގެ މައްޗަށް ހުކުމް ކުރީ 12 މަސްދުވަހަށް ޖަލަށް ލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަތާ

    ކުރިންދުވަހު ވިލިގިލީގެ ބުޅާ ކްލިނިކަށް އައި ޓޫރިސްޓު އަންހެނެއް މިތާކައިރި ރަށަކުން ބުޅަލަކަށް ވަޅިން ހަމަދީފަ އޮއްވަ ގޮވައިގެން. އެރަށު މީހުންކައިރީ އެހީމަ ބުނިކަމަށްވަނީ ކުނިވަށިގަނޑަށްލާށޭ. އެބުޅާ މިހާރު ސާޖަރީ ހަދާ އިރާދުކުރެއްވީތީ ރަނގަޅު. އެކަމު އަދިވެސް ބިރުން އުޅެނީ. މިހިރީ ދިވެހިންގެ ރިވެތި އަޙްލާގު ލާމަސީލުކަން. އަދިވެސް ދިވެހިން ބޭރު މީހުނާ އިނީމަ މިކަޔަނީ ކޮބާހޭ ދީން، ކޮބާހޭ މަންމަ ބައްޕަ، ދިވެހި ފަސްގަނޑު؟ އަޅާލުމެއްނެތް ޖަނަވާރުން ގައުމުގަ ގިނަވަމުންދާއިރު އިންސާނިއްޔަތުކަން ނެތްއިރު އެންމެ ކުޑަމިނުން އަމިއްލައަށް ޖަނަވާރު ކުލިނިކު ހިންގަން ބޭނުންވާ މީހުންނަށް ހުއްދަނުދެވޭ. މިހާރު މިވަގުތު މިގައުމުގެ ނެތް މިކަމުގެ ޑޮކްޓަރެއްވެސް. އޭނަވެސް ފުރައިފި. ދެންއަންނަ މީހާ އަންނާނެ ދުވަހެއް ނޭނގެ. ވިސްނާ ފިކުރުކޮއްލާ. ސަރުކާރުން އެންމެ ލޯލާރިއެއްވެސް ޚަރަދުކުރާކަށް ނުޖެހޭ. އެކަމު ހުއްދަގަނޑެއް ނުދެވޭ. އުޅެވޭ ވަރެއް ނޫން މިތާ ހިތްދަތިވާވަރުން. ޝުކުރިއްޔާ

    4
    3