ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކުރާ ފިލްމު "ލީނާ" މިއަހަރު އޭޕްރީލް ފަހުކޮޅު ނުވަތަ މެއި މަހު ކުރީކޮޅު ރިލީޒް ކުރެވޭވަރު ވާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު މުއާބުނެފިއެވެ.

މި ފިލްމުގެ ލީޑު ރޯލުތަކުން ރާއްޖޭގައި މިހާރު ތިބި އެންމެ ކުޅަދާނަ ތަރިން ފެނިގެން ދާނެއެވެ، އެގޮތުން ފިލްމަށް ނަން ދެވިފައިވާ "ލީނާ" ގެ ކެރެކްޓަރ އިން ފެންނާނީ ޒުވާން ބަތަލާ އައްޒަ އެވެ. އައްޒަގެ އިތުރުން ލީޑު ރޯލުން ދެން ފެނިގެންދާނީ ޢަބްދުﷲ މުއާޒް (މުއާ) އެވެ. އިތުރު ތަރިންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ނިމާލް، ނުޒުހަތު ޝުއައިބް (ނުޒޫ)، އަހުމަދު ސައީދު އަދި އަލީ އާޒިމް (ދޮންއައްޔަ) ހިމެނެއެވެ.

"ލީނާ" ގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަހުމަދު ޒަރީރުއެވެ. އއ. އުކުޅަހުގައި މިހާރު ޝޫޓިން ކުރިއަށްދާ "ލީނާ: ގެ ފަސްދޮޅަސް އިންސައްތަ ވަނީ ނިންމާލާލެވިފައެވެ.

ފިލްމު "ލީނާ" އަކީ މީގެ 16 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިނިސްޕަޔާ ވެގެން ހަދާ ފިލްމެކެވެ. ނަމަވެސް މިއީ އަޒްލީނާގެ ހަޔާތާއި ބެހޭ ފިލްމެއް ނޫނެވެ.

މި ފިލްމުގެ ސޫޓީން ފެށިފަހުން އަޒްލީނާގެ އާއިލާއިން ވަނީ އެ ފިމްލު ނުކުޅުމަށް ގޮވާލާ ނުރުހުން ފާޅުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކެރީމަ

  ދެރަވޭ ތި ފިލްމަަށްދާން އަޅެ ޕްލީޒް ނުހަދަފާނަންތަ ތި ފިލްމު

 2. މޮގާ

  އެޕްރީލް ގަ އަޅުވާނެ ގޮތެއް ބުނެބަލަ 5 ގަ ގޮއްރާޅު 21 ގަ މަރިޔަމް މޫސާގެ ފިލްމް

  • ޢައިޝާ

   ހާދަ އެނގެއޭ ދޯ؟!؟?

 3. ާަާއަފްލާ

  ޙުރިހާ ފިލްމީ ތަރިން ކަިރިން އަހާލަން ބޭނުނވަނީ ކުއްލި ނުރައްކަލުގެ ހާލަތުން ތިކުދިންނަށް ކިހާވަރަކަށް އަސަރު ކުރޭ ތޯއޭ