އުމުރުން 18 އަހަރު ނުފުރޭ ގިނަ އަދަދެއްގެ އަންހެން ކުދިންތަކެއް ރޭޕްކޮށް ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ނަސާރާ ދީނުގެ ފާދިރީއަކު ހައްޔަރުކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އަޔަލޭންޑަށް ނިސްބަތްވާ އެ ފާދިރީ ހައްޔަރުކޮށްފައިވަނީ ޕޯޗުގަލް އިންނެވެ. އުމުރުން 74 އަހަރުގެ ލިމެރިކް-ބޯން އޮގްރޭޑީ ހައްޔަރުކުރި އިރު އޭނާ ވަނީ އަހަރުތަކެއް ވަންދެން، ޖިންނީންގެ އަނިޔާވެރިކަން ޖެހޭ ކުޑަކުދިންނަށް އެހީތެރިވެދިނުމުގެ ނަމުގައި އެކުދުންނާމެދު ޖިންސީ އަމަލު ހިންގާފައެވެ. އެގޮތުން އޭނާ ރޭޕްކުރިން ކުދިންގެ ލިސްޓުގައި މަދުވެގެން 25 ކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭނާ މިހާރު ހުރީ ޕޯޗުޖީޒް ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި މައްސަލަ ފެންމަތިވެފައިވާއިރު 2012 ވަނަ އަހަރުގެ ކޮޅުގައި ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ މައްސަލައެއް ސާބިތުވެ ތިން އަހަރަށް ޖަލަން ލިއެވެ. އެފަހުން އެ ހުކުމް ތަންފީޒުކޮށް ނިމި ހަތަރު އަހަރުވެފައިވާއިރު ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިއުން ވަނީ އޭނާއާ އަމާޒުވެފައެވެ.