އެއާ ފްރާން މަތިންދާ ބޯޓަކުން ފެނުނު ފޯނެއްގެ ސަބަބުން އެ ބޯޓު އެހެން އެއާޕޯޓަށް ޑައިވާޓް ކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ޕެރިސް އަށް ދަތުރު ކުރަމުން ދިޔަ މި ބޯޓުގެ އެތެރޭގަައި ކާކުގެ އެއްޗެއްކަން ނޭނގޭ ފޯނެއް އޮތުމުން އެކަން ކްރޫންގެ ސަމާލުކަމަށް އައެވެ. އަދި އެ ބޯޓުގެ މަންޒިލް ބަދަލުކޮށް އަޔަލޭންޑުގެ ޝަނޮން އެއާޕޯޓަށް ވަނީ ޖައްސާފައެވެ. އެއާ ފްރާންސްގެ އޭއެފް 136 ބޯޓު ޑައިވާޓް ކުރިއިރު, އެ ބޯޓުގެ ކެޕްޓަން ބުނީ, ބޯޓު ޑައިވާޓް ކުރަން ޖެހުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.

އެ ބޯޓު ޝަނޮން އެއާޕޯޓަށް ޖައްސާ ފުލުހުންނާއި، އެއާޕޯޓް ސެކިއުރިޓީން ހިންގި ތަހުގީގުން އެނގުނުގޮތުގައި އެ ފޯނަކީ، އެ ބޯޓުން ކުރިން ދަތުރު ކުރި ފަސެންޖަރެއްގެ ފޯނެވެ.

އެ ބޯޓު ސާފް ކުރާން އެރި މީހާ އަށްވެސް އެ ފޯނެއް ނުފެނެއެވެ. އެންމެ ފަހުން އެ ފޯނުގެ މައްސަލަ ތަހުގީގު ކޮށް، އެ ބޯޓުން ދަތުރުކުރި ފަސިންޖަރުން އެނބުރި މަންޒިލަށް ދާން ދަތުރު ފެށުނި ތިން ގަޑިއިރު، އެ ބޯޓު ތެރޭގައި އެއްވެސް ކަމެއް ނެތި ބޭތިއްބުމަށް ފަހު އެވެ.

ފުލުހުން ވަނީ އެ ފޯނާއި ގުޅޭ މައްސަލަ ބެލުމަށް ފަހު އެއާ ފްރާންސްގެ ސްޓާފަކާއި އެ ފޯނު ހަވާލުކޮށްފައެވެ. އަދި ފަހުން އެ ފޯނު އެއާޕޯޓް ސެކިއުރިޓީއާ ވަނީ ހަވާލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ކަމެއްނެތި ތިންގަޑިއިރު އެއަރޕޯރޓްގައި މަޑުކުރަން ޖެހުމަށްވުރެ ގޮތްނޭނގޭ ފޯނުން ބޯޓަށާއި ފަސިންޖަރުންނަށް ކުރިމަތިވެދާނެ ނުރައްކާ މާބޮޑު.