މިއީ ދާދި ފަހުން ރާއްޖޭގެ ރަށެއްގައި ހިނގާފައިވާ ހަގީގީ ހާދިސާއެކެވެ. މި ވާހަކަ ގެނެސްދީފައި މިވަނީ އެއްވެސް އުނިއިތުރު ކަމެއް ނެތި ނަމަވެސް، މަސްލަހަތަށްޓަކައި މިކަން ހިނގައިދިޔަ ތަނާއި ހިއްސާވާ ފަރާތްތަކުގެ އަސްލު ނަންތައް ބަޔާން ކޮށްދީފައެއް ނުވާނެއެވެ.

އަހަންނަކީ އުމުރުން 25 އަހަރުގެ ފިރިހެނަކީމެވެ. ހޭބޯނާރައި މަސައްކަތް ކުރަމުން ދިޔައީ 5 އަހަރުވެގެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބައިވެރިޔާ، އާއިޝް އާއި ކައިވެނި ކުރުމަށެވެ. މާލޭ އޮފީހެއްގައި މަސައްކަތް ކުރުމަށް ފަހު ލިބޭ މުސާރަ ކުޑަވުމުން އަހަރެން ނިންމީ މާލޭގައި ހިފައިގެން އުޅުނު އެއް ކޮޓަރީގެ އެޕާޓްމެންޓު ވަގުތީ ގޮތުން ދޫކޮށްލައި އެ ފައިސާ ސަލާމަތް ކުރުމަށްޓަކައި ރިސޯޓަކަށް ދާށެވެ.

ކޮޓަރިވެސް ދޫކޮށްލާފައި ރިސޯޓަށް ދާން ނިންމީ އާއިޝްދެކެ އަހަންނަށް ވެވުނު ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭނާ ބޭނުންވި ގޮތަށް ބޮޑު ޕާޓީ އެއް ބާއްވައި ކައިވެނި ކުރަން އަހަރެންވެސް ބޭނުންވިއެވެ. ދެފާރަތުގެ އާއިލާވެސް ގަބޫލުވުމާއި އެކު އޭގެ 6މަސް ފަހުން އަހަރެމެން ދެމީހުން ވަރަށް ކުލަގަދަ ހަފްލާ އަކާއި އެކު ކައިވެނި ކޮށްފީމެވެ.

ކައިވެންޏަށް ފަހު ހަނީމޫން ދަތުރަށް އިންޑޮނޭޝިއާގައި ހުއްޓާ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ ގުޅާލުމަށް ފަހު ވަނީ މާލެ އައިސް އޭނަގެ އެޕާޓްމަންޓުގައި ހުރެވޭނެކަމަށް ބުނެފައެވެ. ބޭބެ ނަގައިގެން އުޅުނީ 2 ކޮޓަރީގެ އެޕާޓްމެންޓެކެވެ. އެތަނުން އެއް ކޮޓަރި ކުއްޔަށް ދީފައި ހުއްޓައި ހުސްވުމުން އަހަރެމެން ދެމަފިރިން އެތަނުގައި ކުޑަ އަގެއްގައި ތިބެވޭނޭ ކަމަށް ބުންޏެވެ.

އަސްލު އުޅެން ބޭނުންވީ އަނބިމީހާ އާއިއެކު ވަކިން ތަނެއްގައެވެ. ނަމަވެސް އަމިއްލަ ބޭބެގެ ފަރާތުން ރަނގަޅު ހުށަހެޅުމެއް ލިބުމުން އެދިމާލަށް އަހަންނަށް ދެވުނީއެވެ. މާގިނަ ދުވަސްތަކެއް ނުވަނީސް އަހަރެންގެ ޗުއްޓީ ހަމަވެއްޖެއެވެ. ރިސޯޓުން ރަނގަޅު މުސާރަ އެއް ލިބެމުން އަންނާތީ އާއި އަވަހަށް ކުރިއަރައިގެން ދިއުމުގެ ފުރުސަތު އޮތުމުން ގަސްތު ކުރީ ރިސޯޓުގައި ވަޒީފާ އަދާކުރުން ކުރިއަށް ގެންދާށެވެ.

އަލަތު އަނބިމީހާ ދޫކޮށްލާފައި ދާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އަހަރެންގެ ބޭބެ އާއިޝް އަށް އަޅާލާނެ ކަމުގެ ޔަގީންކަން އޮތުމުން އަހަރެން ދިޔައީއެވެ. ހަފްތާ އަކު 3 ދުވަހު މާލެ ދިއުމުގެ ފުރުސަތު އަހަންނަށް ލިބެއެވެ. އެއީ އަހަރެން ކެތްމަދުވެފައި އިންތިޒާރު ކޮށްގެން ހުންނަ ދުވަސްތަކެވެ. އާއިޝް އާއި އެކު ވަގުތު ހޭދަކުރުމުގެ ގޮތުންނެވެ.

ކައިވެނީގެ ފަހުން މިގޮތަށް ދިރިއުޅެމުން އަންނަތާ އަހަރެއް ފަހަރުން އަނބިމީހާގެ ކިބައިން ބަދަލުތަކެއް ފެންނަމުންދާކަން ފާހަގަކުރެވުނެވެ. ގުޅައިގެން ވާހަކަ ދެއްކުމަށް މާބޮޑު ޝައުގުވެރިކަމެއް ނުހުރުމާއި ފޯނު ނުނެގުން ފަދަ ކަންކަން އާއްމު ވަމުން ދިޔައެވެ.

މިވާހަކަ އަހަރެން އެންމެ ފުރަތަމަވެސް ހިއްސާ ކުރީ އަހަރެންގެ ބޭބެ އާއެވެ. އާއިޝްގެ އުޅުމަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަ ކިޔައިދިނުމުން ބޭބެ ބުނީ އެއީ ދުރުގައި އުޅޭތީ ވާގޮތް ކަމަށާއި ފަހުން ރަނގަޅުވާނޭ ކަމަށެވެ. ބޭބެ އަކީ އަހަންނަށް ވުރެން ބޮޑަށް ތަޖުރިބާކާރު މީހަކަށް ވުމުން ބޭބެގެ ނަސޭހަތް ގަބޫލުކޮށް އެއީ މާބޮޑު މައްސަލަ އެއް ކަމުގައި ނުހަދައި ހުރީމެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަހަރެންގެ އެކުވެރިންގެ ފަރާތުން އާއިޝް އާއި ބޭބެ ރޭގަނޑު ގަޑީގައި ސައިކަލު ދުއްވަން ދާތަން ވަރަށް ގިނައިން ފެންނަމުންދާ ކަމަށް ބުނެ ފޯން ކޯލްތައް ލިބެން ފެށިއެވެ. މިކަމާއި ބެހޭ ގޮތުން ބޭބެ އާއި ސުވާލު ކުރުމުން ބުނީ އެއީ އާއިޝް އަށް ވާގޮތެއް ބަލައި އޭނާގެ ސިކުނޑި ހަމަޖައްސާލަން ބުރެއް ޖަހައިލަން ދަނީ ކަމަށެވެ. އެކަމަކީ އަހަރެން އެހައި ހިތްހަމަޖެހުނު ކަމަކަށް ނުވި ނަމަވެސް އެއީ ބޭބެ ރަނގަޅު ނިޔަތެއްގައި ކޮށްދޭ ކަމެއް ކަމަށް ހިތައި އެކަންވެސް މައްސަލަ އަކަށް ނުހަދައި ހުރީމެވެ.

އެއް ދުވަހު ރިސޯޓުގައި އަވަދިނެތި އުޅުމަށް ފަހު ފިނިކޮށްލަން އަތިރިމައްޗައް ނިކުމެލި ގަޑީ ރިސޯޓުގެ ޖެނެރަލް މެނޭޖަރާއި ދިމާވިއެވެ. އޭނާ އެވަގުތު ހުރީ މާލެ ދާން ލޯންޗައް އަރަން ތައްޔާރުވެގެންނެވެ. ކުޑަކޮށް ވާހަކަ ދައްކައިލުމަށް ފަހު އޭނާ އާއި އެކު މާލެ ދިއުމުގެ ފުރުސަތު އަހަންނަށް ދިނުމުން އުފަލުން ހުރެ ދިޔައީއެވެ.

އެއީ އަހަންނަށް އާއްމުކޮށް އޮފް ދުވަސް ލިބޭ ދުވަހެއް ނޫނެވެ. އެހެންކަމުން ނިންމީ އާއިޝް އަށްވެސް "ސަޕްރައިސް" އެއް ދިނުމުގެ ގޮތުން ނުބުނެ ދާށެވެ. ކަން ކުރީވެސް އެގޮތަށެވެ. ގޭގެ ދޮރު ހުޅުވައިލައި އާއިޝް ފެނިލުމަށް ކޮޓަރި އަށް ދިޔަ ނަމަވެސް އޭނާ ފެންނާކަށް ނެތެވެ. ނަމަވެސް އާއިޝްގެ ހުރިހާ ފައިވާންތަކެއްވެސް ބޭރުގައި ހުއްޓެވެ. ކޮޓަރީގެ އެއްވެސް ދިމާލެއްގައި އާއިޝްގެ ހިލަމެއް ނެތްއިރު ފާހާނާގައިވެސް އޭނާ އެއް ނެތެވެ. އާއިޝް ކޮބައިތޯ ބަލައިލަން ބޭބެ ގާތު ސުވާލު ކޮށްލަން އެ ކޮޓަރި ދޮރުގައި ހިފަން އަތް އިސްކުރި ވަގުތު އަހަންނަށް ސިހުމެއް ލިބުނެވެ.

ބޭބެގެ ކޮޓަރި ތެރެއިން އެ އިވެނީ އެ އަޑެއް އެހުމަށް އަހަރެން މޮޔަވެފައި ހުންނަ ލޯބިވާ އާއިޝްގެ އަޑެވެ. ބޭބެ އާއި އާއިޝް ހޭ އަޑު އިވެއެވެ. ހިތް ނުތަނަވަސްވެފައި ހުރެ ދޮރު ހުޅުވާލިއިރު އަސްތާއެވެ. ފެނުނު މަންޒަރުން ހީވީ އަހަރެންގެ ހިތް ހުއްޓުނު ހެންނެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ އާއި އަނބިމީހާ އޮތީ އެއް އެނދެއްގެ މަތީގައި އެއް ބެޑްޝީޓެއް ދަށުގައި ހީ ސަމަސާ ކުރަންށެވެ. ދެމީހުންގެ ހެދުންތައް ބިންމަތީ އުކާލާފައި ހުއްޓެވެ.

އަހަންނަށް ރޮވިފައި ހުރި ހާލު ކޮޓަރީގެ ދޮރު ވަރަށް ބާރަށް ޖެހުމަށްފަހު އެ ގެއިން ނިކުމެގެން ދިޔައީއެމެވެ. މިވާހަކަ އަހަރެން އާއިލާގެ އެއްވެސް މީހަކާއި ހިއްސާ އެއް ނުކުރަމެވެ. އެމީހުންނަށް އެނގޭނެ ގޮތަކަށް އެގެން ދޫކޮށްލައިގެން މި ހުންނަނީއެވެ. މަންމަ އާއި ބައްޕަ ގާތު އަހަރެން ބުނީ އާއިޝް އާއި ދެމީހުންގެ މިޒާޖް މިހާރު މާބޮޑަށް ތަފާތު ވުމުން ވަރިވީ ކަމަށެވެ. އަސްލު ކަންތައް ވީ ގޮތުގެ ވާހަކަ އެމީހުންނަށް ކިޔައިދޭކަށް އަހަންނަށް ލާހިކު ކުޅަދާނަ އެއް ނޫވާނެއެވެ.

ބޭބެ އާއި އާއިޝް އެކުގައި އުޅޭ ކަމެއްވެސް ނުވަތަ ނޫޅޭ ކަމެއްވެސް އަހަންނަށް މިހާރަކު ނޭނގެއެވެ. އެނގޭކަށް ބޭނުމެއްވެސް ނެތެވެ. މިއީ އަހަރެން އަމިއްލަ އަށް ކުރި ކަމެކެވެ. އަމިއްލަ ބޭބެ އެއް ކަމަކު އަހަރެން ނުހަންނަ ވަގުތު ބޭބެ އާއި އެކު ސައިކަލު ދުއްވަން ހުއްދަ ދީ، އެއް ގެއެއްގައި ވަކިން ބެހެއްޓުމީ އަހަރެންގެ ސކުނޑީގައި ތެތްކަން ނެތުމުން ވީ ކަމެކެވެ. ކޮންމެ ގޮތެއްވިޔަސް، މިއީ އަހަރެންގެ ދުޝްމަނަކަށްވެސް ވާން ނޭދޭ ވަރުގެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Varah

    ???

    6
    58
  2. ވިސްނޭދޯ

    ކޮބާ ތަމެންނަށް އެއްޗެއް ވިސްނޭތޭ ވިސްނޭދޯ ވިސްނޭތޭ ވިސްނޭދޯ ވިސްނޭތޭ ވިސްނޭދޯ ވިސްނޭތޭ ވިސްނޭދޯ ވިސްނޭތޭ ވިސްނޭދޯ ވިސްނޭތޭ ވިސްނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

    31
    11
  3. ޕޮގުބާ

    ކަލޭ ހަމަ ފިނޑީ

    8
    12
  4. ނާޒިމް އިބްރާހިމް

    ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.
    سورة النور 19

    34
  5. ބަކުރު

    ރިިސޯޓް ބޯއިޒް ލައިފް... ހެހެހެހ... ހަމަ ރަނގަޅަށް އެމަންޖެހެދީ. ލާރިޔާހެދި އުޅޭ މީހުންނަށް ލިބޭނީ އެކަހަލަ ބޮނޑި ސަޕްރަިޒް ލިބިއްޖޭނު!

    4
    58
  6. ެައަން

    އަހަރެންނާއި އަހަރެންގެ ފިރިމީހާގެ ބޭބެއާއި ފިރިމީހާއާއި އުޅެނީ އެއް އެޕާޓްމަންޓެއްގަ ދުވަހަކު އަހަރުމެން ބުނަން ކޮންމެހެންޖެހޭ އެއްޗެއް ނޫނީއާއި ވާހަކަވެސް ނުދައްކަން. އަހަރެންގެ ފިރިމީހާއަކީ ގިނަވަގުތު މަސައްކަތުގަ އުޅޭ މީހެއް. އެއްތަނެއްގަ އުޅޭތާ 4 އަހަރު. ތިދެމީހުން ހަމަ ހަޔާތް ކުޑައީ.

    20