ބައެއް ފަރާތްތަކުން ފުރަންދާއިރު އާއިލީ ފަރާތްތަކުން ނުވަތަ ރައްޓެހިން ކައިރީ ނުބުނެ ފުރާކަން، އެހެން ނޫނީ ފުރަން ބޭނުންވާ ކަމީ އެންމެންނަށްވެސްއެނގޭ ހަގީގަތަކެވެ.

ގިނަ ފަރާތްތަކުން، އަޅުގަނޑުވެސް ހިމެނޭހެން ބޭނުންވަނީ އެއްވެސް ބަޔަކަށް ނޭނގި ފުރައިގެންދާ ތަންތަނަށް ދާންށެވެ. ސަބަބަކީ އެކި ފަރާތްތަކުންކައިރީ ފުރަން އުޅޭ ވާހަކަ ދެކެވިއްޖެނަމަ ދާތަނެއްގައި ފިހާރައެއް ހުޅުވޭވަރަށް އެއްޗެހި ހަވާލުކޮށްފާނެއެވެ.

އެހެން ނޫންނަމަ ލުއި އެއްޗެކޭ ކިޔާފައި ބޮޑު ފޮއްޓެއް ހަވާލުކޮއްލާނެއެވެ. މިކަންވެސް ކުރަމުން އަންނަ ގޮތަކީ ގުޅާފައި ބުނަނީ ކުޑަ ފޮއްޓެކޭ، އެއާޕޯޓުންހަވާލުކޮށްދޭނަމޭ. މިހެން އެފަރާތްތަކުން ބުނުމުން ދެން ގެންދަން އެއްބަސް ވެގެން އެއާޕޯޓަށްދާއިރު މިއުޅެނީ ހަމަ އެއްކަލަ ބޮޑު ފޮއްޓެވެ. ދެން ފްލައިޓް ޖައްސައިގެން އެފޮށި ނައިސްގެން އެތައް އިރެއް ތިބެންޖެހުމުން ބައެއް ފަރާތްތަކުން ރުޅީގަދަވެއެވެ. އެއީ ގިނަ ފަރާތްތަކުން ބޭނުންވަނީ ހަމަ އެކަނިއަތުންގެންދާ ދަބަސް ހިފައިގެން ފުރައިގެންދާށެވެ.

ފުރަންދާ ގިނަ ފަރާތްތަކުން މީހުންކައިރީ ފުރާވާހަކަ ނުބުނެ ދާން ނިންމައިގެން ތިބެނީ ބަރުވެދާނެތީއެވެ. އެގޮތުން އާއްމު ގޮތެއްގައި 20 ކިލޯ ކޮންމެ މީހަކަށް ލިބޭއިރު، އެއަށް ވުރެން ބަރުވެއްޖެނަމަ އިތުރަށް ފައިސާ ދައްކަން ޖެހޭނެއެވެ. އަދި ބައެއް ފަރާތްތަކުން އެބަޔަކު ހަވާލު ކުރަނީ ކޮން އެއްޗެއްކަން ނޭނގޭތީވެސް އެތަކެއްޗާއިހަވާލުވާން ދެކޮޅު ހަދައެވެ. މިގޮތަށް މީހުން ކައިރީ ނުބުނެ ފުރަން ދަނީ ކޮންބައެއް ހެއްޔެވެ؟ ތިއީ އަނެއްކާ އެކަހަލަ މީހެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަމު ކުއްޖާ

    މަ ???

    6
    1
  2. ގަމު ކުއްޖާ

    އެވަރުންވެސް އެއާޕޯރޓް ތެރޭން ފެނިގެން އެއްޗެހި ހަވާލުކުރޭ މީހުން. ހުސް އަތާ ދެވެނީ ހާލަކުން ފަހަރަކު

    22