މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ވަހީދު (ބޮޑުބެ) "އެންގޭޖް" ވެއްޖެއެވެ.

ބޮޑުބެ ވަނީ، ފޭސްބުކު މެދުވެރިކޮށް މިކަން އާންމުކޮށްފައެވެ. މި ޕޯސްޓުގައިވާ ގޮތުގައި، ބޮޑުބެ އެންގޭޖް ވެފައިވަނީ ފާތިމަތު ނުހާ އާއެވެ. މި ދެމީހުންގެ ގުޅުމަށް މި ޕޯސްޓު މެދުވެރިކޮށް ގިނަބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ. ބޮޑުބެ ފޭސްބުކުގައި އެންގޭޖުވިކަމުގެ ޕޯސްޓް ޖަހާފައިވަނީ ރޭ 21:19 ގައެވެ.

މީގެ ކުރިންވެސް އެ ދެމީހުން އެކުގައި ނަގާފައި ހުރި ފޮޓޯ، ފޭސްބުކުގައި ވަނީ ޝެއަރ ކޮށްފައެވެ. އަދި އެ ފޮޓޯތަކަށްވެސް ވަނީ އެތައް ސަތޭކަ ލައިކެއް ލިބިފައެވެ.

ބޮޑުބެ އާންމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ މޯލްޑިވިއަން އައިޑަލް ސީޒަން 2 އިންނެވެ. މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގައި، ބޮޑުބެ ވަނީ 4 ވަނަ ހޯދާފައެވެ. ދިވެހިންގެ ތެރެެއިން ގިނަބައެއްގެ ހިތްތައް ބޮޑުބެ އަތުލައިގަތީ މޯލްޑިވިއަން އައިޑަލްގެ ތެރެއިންނެވެ. މޯލްޑިވިއަން އައިޑޮލް އިން ވިދާލި ތަރިންގެ ތެރެއިން އާންމުކޮށް ލަވަ ކިޔުމުގައި އުޅެނީ އޭގެ ތެރެއިން މަދު ބައެކެވެ. އޭގެ އެއް ތަރިއަކީ އިބްރާހިމް ވަހީދު (ބޮޑުބެ)އެވެ.

މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވި ގިނަ މީހުންނަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބި އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގެ މައުލޫމަތު ހޯދަން ގިނަ މީހުން ވަރަށް ޝައުގުވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަސޫ

    ޢަޅޭ މަށައް އެސޮރު ލިބުނުނަމަ....މަ މިހުރީ ހުސްކޮން..

    10
    26
  2. ބަރީޓޯ

    މަށައް ކީއް؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    36
  3. މީހާ

    އެންގޭޖް މީއަހަރުމެން މުސްލިމުން ދަންނަ އެއްޗެއްނޫން

    50
    8
    • ހަައިލާ

      ޙިތުބާ އެއީ އެންގޭޖްމަންޓް .. އިސްލާމްދީނުގައި އޮންނަ އެއްޗެއް

      22
      2
      • mi meeha

        ehn dhw wa\\eai ekacheh dhw

  4. ދިދަ ދަނޑި

    ނެތް ޝައުގެއް...

    45
    3
  5. ޙެހެ

    އަހަރުންނަށް ކީއްތަ

    32
    2