އިންނަން އެހުމުން ލޯބިވެރިޔާ ނޫނެކޭ ބުނި، މައްސަލާގައި، ލޯބިވެރިޔާ ގަޔަށް އެސިޑް ޖެހި އިންޑިއާ އަންހެނަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 19 އަހަރުގެ މި ޒުވާނާ، އޭނާގެ ލޯބިވެރިޔާ ކައިރިން އިންނަން އެހުމުން، އޭނާގެ ލޯބިވެރިޔާ އެކަަމާއި ދެކޮޅު ހެދިއެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ އެ ފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުންނެވެ.

އެ ފިރިހެން ކުއްޖާގެ މަންމަ ބުނީ، އޭނާގެ ދަރިފުޅާއި މި އަންހެން ކުއްޖާ ކުރިން އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ދަރިފުޅު އެ އަންހެން ކުއްޖާ ވާހަކަދެއްކުން ހުއްޓާލިކަމަށް އޭނާގެ މަންމަ ބުންޏެވެ.

އޭނާގެ މަންމަ ބުނިގޮތުގައި، އެ އަންހެން ކުއްޖާ ކޮންމެ ދުވަހަކު އޭނާގެ ދަރިފުޅަށް ގުޅާ، އޭނާއާ ކައިވެނި ކުރުމަށް ޕްރެޝަރ ކުރަމުން ދެއެވެ. އަދި ދަރިފުޅަށް ޖެއްސުން ކުރަމުން ދެއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ ދަރިފުޅަށް އެ އަންހެން ކުއްޖާއަށް ގުޅި ކަމަށާއި، ނަމަވެސް ދަރިފުޅު އެ ދުވަހު ފޯނު ނުނަގާ ކަމަށް އެ އަންހެން މީހާ ބުންޏެވެ.

އަދި އެ ދުވަހު، އޭނާގެ ދަރިފުޅު ފިހާރައެއްގެ ކައިރީގައި ހުއްޓާ އެ އަންހެން ކުއްޖާ އައިސް ދަރިފުޅު ގަޔަށް އެސިޑް ޖެހީ ކަމަށްވެސް އެ އަންހެން މީހާ ބުންޏެވެ.

އެ އަންހެން ކުއްޖާ ބުނިގޮތުގައި، އެ ފިރިހެން ކުއްޖާ އުޅެނީ، އޭނާއާ ކައިވެނި ނުކޮށްފިނަމަ އޭނާގެ ބަރަހަނާ ފޮޓޯތައް ލީކް ކުރަން ކަމަށެވެ. އެެއީ ދޮގެއް ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ހާދިސާގައި އެ ފިރިހެން ކުއްޖާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހުނެވެ. އޭނާއަށް އަދިވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީން

    ކީއްވެ މޫނުބުރުގާ ކުއްޖެއްލީ...

    14
    1