ޖަސްޓީން ބީބާ އާއި ސެލީނާ ގޮމޭޒްގެ ބްރޭކްއަޕަށްފަހު އެންމެ ބޮޑަށް ހިތާމައިގެ ތެރޭގައި އުޅުނީ ސެލީނާއެެވެ. އެ ހިތާމަތަކާއި ދުރަށް ދާން ސެލީނާ ވަރަށް މަސައްކަތް ކުރިއިރު، އޭނާއަށް އެކަމުގައި އެންމެ އެހީތެރިވެދިނީ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓެވެ.

އެޕަލްގެ ބީޓް 1 ރޭޑިޔޯއަށް ދިން އިންޓަވިޔުގައި އެ ވާހަކަތައް ކިޔައިދިނީ ސެލީނާއާއި ޓޭލާ ސްވިފްޓް އެކީގައެވެ. ސެލީނާ ބުނީ އަބަދުވެސް ޓޭލާ އޭނާގެ ކައިރީގައި ހުރި ކަމަށެވެ. އެގޮތުން ވާހަކަ ދައްކަން ބޭނުންވި އިރަކު ވާހަކަ ދައްކަން ކައިރީގައި ޓޭލާ ހުރިކަމަށާއި، އެކަން އެގޮތަށްވީ، ޓޭލާއަށް ސެލީނާ ކުރި ހިތާމަ ފެނުނީމާ ކަމަށް ހީކުރާ ކަމަށް، ސެލީނާ ބުންޏެވެ.

ސެނީލާ ބުނީ ބްރޭކްއަޕް ވުމަށްފަހު، އޭނާ އަބަދު ހުންނަނީ ވަރުބަލިވެފައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ހުރިހާ ކަމަކުން "ބްރޭކް" އެއްވެސް ނެގިކަމަށެވެ. އޭނަ އިތުރަށް ބުނީ، އެއް އަހަރު ދުވަހުގެ ހިތާމަކުރުމަށްފަހު، މިހާރު އޭނާއަކީ އުފަލާއެކު ދިރިއުޅެމުން އަންނަ މީހެއް ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު އެއްވެސް ކަމަކާއި ހިތާމަނުކުރާ ކަމަށް އޭނާ ބުންޏެވެ.

ސެލީނާ އިތުރަށް ބުނީ، މިދިޔަ އެއް އަހަރެއްހާ ދުވަސްތެރޭގައި، ޓޭލާ އެކި ގޮތްގޮތުން ސެލީނާއަށް ވަރަށް ބޮޑެތި އެހީތަކެއް ވެދިން ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށް އޭނާ ބުންޏެވެ.

މި އިންޓަވިޔުގައި ސެލީނާ ބުނީ، ޖަސްޓިން ބީބާ އާއި ބްރޭކްއަޕް ވުމަށްފަހު ހެދި "ލޫސް ޔޫ ޓު ލަވް މީ" ލަވައަކީ މިހާތަނަށް ހެދުނު އެންމެ ހިތްހަމަޖެހޭ ލަވަ ކަމަށެވެ. އަދި މި ލަވަޔާއި މެދު އަމިއްލައަށްވެސް ފަހުރުވެެރިވާކަމަށް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު