އަންހެނަކު އެވްރެޖް ކޮށް އަހަރަކު 30 އާއި 64 ފަހަރު ރޮއެ ހިތާމަ ކުރާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖަރުމަނު ސޮސައިޓީ އޮފް އޮތޮމޮލޮޖީއިން ކުރިއަށް ގެންދިޔަ މި ދިރާސާގައި ވާގޮތުން އަހަރަކު އެވްރެޖް ކޮށް ފިހެނުންނަށް ވުރެން އަންހެނުން ރޮއެ ހިތާމަ ކުރައެވެ. އެގޮތުން އަންހެނަކު އެވްރެޖް ކޮށް އަހަރަކު 30 އާއި 64 ފަހަރު ރޮއެ ހިތާމަ ކުރާއިރު ފިރިހެނަކު އަހަރަކު 17 ފަހަރު ރޮއެވެ.

އަދި މި ދިރާސާއިން ހާންމަވާ ގޮތުގައި ފިރިހެނުން މަދުވެގެން 2 މިނެއްޓު ނުވަތަ ހަތަރު މިނެޓް ރިއުމުގައި ހޭދަ ކުރާއިރު އަންހެނަކު މަދުވެގެން 6 މިނެޓް ރޮއެވެ.

މި ދިރާސާއިން ހާންމަވާ ގޮތުގައި އަންހެނުން އެންމެ ގިނައިން ރުއިމަށް ދިމާވާ އެންމެ ބޮޑު ސަބަބަކަށް ދިމާވެފައި އޮނަނީ ދިރި އުޅުމުގައި ދިމާވާ ކަންކަން ހައްލު ނުވުމާއި މާޒީ ގައި ހިގާފައި ހުރި ކަމެއް ހަދާން ވުމުންނެވެ.

ހަމަ މިއާއެކު ފިރިހެނުން ހިތާމަ ކުރަނީ ދިމާވާ ކޮންމެވެސް ސަބަބެއްގެ ސަބަބުން ހަޔާތުގެ ބައިވެރިޔާ ރުޅިވުމުންނެވެ.

އަޅުގަނޑުމެން ދެރަވާ ކަމެއް މެދުވެރިވެގެން ރޯންފަށާ ކޮންމެ ފަހަރަކު ކޮންމެވެސް މީހަކު ރުއިން ހުއްޓާލަން އަބަދުވެސް ނަސޭހަތްދެއެވެ. އަދި އެހާ ގިނައިން ރޯން ނުވާނޭކަމުގައި ބުނެ ރުއިން ހުއްޓާލެވޭތޯ ކޮންމެވެސް ސިފައެއްގައި މަސައްކަތްކުރެއެވެ. ނަމަވެސް ސައިކޮލޮޖިސްޓުން ދެކޭގޮތުގައި ހިތްދަތިވާ ކޮންމެ ފަހަރަކު ރުއިމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތަކުރުފާނު

    ހިތާމައާއި ކުރިމަތިލާންވީމަ ހަމަ ރޯންވީ... މަށަށް ހެޔޮ ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް

  2. ހުސޭނުބޭ

    ތިއިން އެއްވެސް އަންހެނަކަށް ސަލާމްލެއްވި ދާއޫދުގެފާނު ފަހަތަށް ޖައްސާލައެއްނުލެވޭނެއެވެ. އެކަލޭގެފާނު ﷲ ހަދުމަ ކުރައްވާ ގިނަގިނައިން ކީރިތިކުރެއްވިއެވެ.

  3. ޫއުމަރު މުހައްމަދު

    ގަދަ ކޮޔާ މެން