ނިދީގައި ގުގުރި ދެމުމަކީ ދެ ޖިންސުގެ މީހުންވެސް ކުރާ ކަމެކެވެ. އާންމުކޮށް ނިދީގައި ގުގުރިދަމަނީ ފިރިހެނުންނެވެ. ދެމަފިރިން އެކުގައި އުޅޭއިރު، އެކަކު ގުގުރި ދެމުމުން އަނެކަކަށް ވަރަށް އުނދަގޫ ވެއެވެ. އެހަނަސް މިހާރު މިއޮތީ ގުގުރި ދެމުމުގެ މައްސަލައަށް ހައްލެއް ލިބިފައެވެ.

މިހާރު މިވަނީ ގުގުރި ދެމުން ހުއްޓުވާ އީޖާދެއް ތަޢާރަފުކޮށްފައެވެ. މިއީ ގުގުރިދަމާ މީހުނަށް ލިބިގެންދާނެ ވަރަށް އުފާވެރި ހަބަރެއްކަން ޔަގީނެވެ. މި އީޖާދުގެ ސަބަބުން، ގުގުރި ދަމާ މީހުންނަށް ފަސޭހައިން ނިދާވެސް ލެވޭނެއެވެ. އަދި ކައިރީގައި ނިދާފައި އޮންނަ ބައިވެރިޔާއަށްވެސް އެކަމުން ފަސޭހަވާނެއެވެ.

"ސައިލެންޓް ސްނޯރ" ނަމަކަށް ކިޔާ މި އީިޖާދަކީ ސިލިކޯން އިން ހަދާފައިވާ އެއްޗެކެވެ. މި އާލާތް ބޭނުންކުރާ ގޮތަކީ، ކޮންމެ ރެޔަކު ދިދުމުގެ ކުރިން ނޭފަތަށް އޭތި ލައްވާނީއެވެ. އޭގެ ސަބަބުން، ނޭފަތުގެ ނޮސްޓްރިލް ފުޅާވެއެވެ. ނަތީޖާއެއްގެ ގޮތުން ގުގުރި ދެމުން ހުއްޓެއެވެ.

ގުގުރި ދެމުން ހުއްޓުވުމުގެ އިތުރުން މި އާލާތް ބޭނުންކުރާ ނަމަ، މީހާއަށް ނިދީގައި އޮވެ ނޭވާލާންވެސް ފަސޭހަވެއެވެ. އަދި މިހާރު މި އާލާތްވަނީ ޓޭސްޓުކޮށް، އާންމު މިފަދަ އާލްތަތްކުގެ މިންގަނޑަށް ފެތޭތޯވެސް ބަލާފައެވެ.

ދެމަފިރިން އެކުގައި އުޅޭއިރު، އެކަކު މާ ބާރަށް ގުގުރި ދެމުމުގެ ސަބަބުން އެކި ކަހަލަ މައްސަލަތަކާއި ވަނި ކުރިމަތިވެފައެވެ. އެގޮތުން މީގެ ކުރިން ބައެއް ފަހަރުތަކުގެ މަތިން ވަނީ ދެމަފިރިންް ވަރިވާން ޖެހޭ ހިސާބަށްވެސް ކަންކަން ކޮށްސައެވެ. ދިރާސާތަކުުން ދައްކާގޮތުގައި ދުނިޔޭގެ އާބާދީގެ ނިސްބަތުން 43.2% މީހުން ނިދީގައި ގުގުރި ދަމައެވެ.