ދެ އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުން ޖަލުގައި ހޭދަ ކުރި ދުވަސްތަކުގައި ލޯބިވާ ގާތް މީހުން ދިން ހިތްވަރަށް ސަލްމާން ޚާން ޝުކުރު އަދާކުރައްވައިފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ، ސަލްމާން ކުރި ޓްވީޓެއްގައި ބުނީ ޖަލުގައި އޮތް އިރު ލޯބިވާ ގާތް މީހުންގެ ފަރާތުން ފެނުނު ލޯތްބާއިދިން ހިއްވަރަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އެކަމާ އުފަލުން ފެންކަޅިވެ ރޮވޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.


ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައިގައި ސަލްމާން ދެއަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރިއިރު ކޯޓުގައި އޭނާގެ ދައްތަ ވެސް ހުއްޓެވެ. ޙުކުމް ކުރަން ބޭއްވި ޝަރީޢަތުގެ މަޖިލީހަށް ސަލްމާންގެ ދައްތަ ފިޔަވައި އާއިލާގެ އިތުރު މެންބަރަކު ވަނުމުގެ ހުއްދަ ކޯޓަކުން ނުދެއެވެ.

ދެއަހަރު ދުވަހަށް ޖަލަށް ލުމުގެ އިތުރުން ސަލްމާން ބައި ލައްކަ ރުޕީސް އިން ޖޫރިމަނާ ކުރަން ވެސް ވަނީ ޙުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    2 އަހަރު؟

  2. Azy

    ކަލޯ 2 އަހަރަކަށް ނޫން ޙުކުމްކުރީ. 5 އަހަރަށް. ޖޫރިމަނާ ކުރީވެސް 10000 ރުޕީސްއިން.

  3. މާޔާ

    ބަތަލާ ހެހެހެ

  4. ާއަދުރޭ

    ޔާމީނު މިކަހަލަ ދޮގު ޚަބަރުތައް ނުލިޔެ ބަލަ 2 އހަރަކަށް ނޫނޭ 5އަހަރަށް ހުކުމް ކުރީ ސަލްމާނުގެ ދައްތައެއްވެސް ނޫން ކޮއްކޮ އޭ އަލްވިރާ އަދިއަރުޕިތާ އަކީވެސް އެ ފެމިލީގަ އެންމެ ދޮށީ ސަލްމާނު ކުޑަކޮށް ނިވްސް ޗެނެލް ތައްވެސް ބަލާލާ ނަމަދޯ މިކަހަލަ ދޮގު ޚަބަރުތައް ލިޔަަކަށް ނުޖެހުނީސް ދޮއްތަ

  5. ތަކުރުފާނު

    ސާބަސް