އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ އެ ގައުމުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ފައިސާވެރި ބިލިއަނަރެކެވެ. ނަމަވެސް ޗައިނާ އަށް ނިސްބަތްވާ 24 އަހަރުގެ ފިރިހެނަކު މިވަނީ އެންމެ ރެއެއް ތެރޭގައި ޑޮނަލްޑް ޓްރަމްޕް އަށް ވުރެންވެސް މުއްސަނދިވެ، ކުރިއަށް ޖެހިލާފައެވެ.

ޗައިނާގައި ބޭސް ހަދާ ކުންފުންޏެއް ހިންގަމުން އަންނަ ދެމަފިރިން ވަނީ އެމީހުންގެ ކުންފުނީގެ 5 ޕަސަންޓް ހިއްސާ ދަރިފުޅު، އެރިކް ޓްސޭ އަށް އެންމެ ރެއެއްގެ ތެރޭގައި ދީފައެވެ. 3.8 ބިލިއަން ޑޮލަރުގެ ހިއްސާ އޭނާ އަށް ލިބިފައި ވާއިރު މިހާރު އޭނާ އަކީ އޭޝިޔާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އެރިކް އުފަންވެފައި ވަނީ އެމެރިކާގެ ވޮޝިންގްޓަން އަށް ނަމަވެސް، ތައުލީމް ހާސިލް ކޮށްފައި ވަނީ ބެއިޖިން އާއި ހޮންކޮންގުގައެވެ. އޭނާ އަށް މި ލުބުނު ފައިސާ އާއި އެކު ބޮޑު މައްސޫލިއްޔަތެއްވެސް ވަނީ ހަވާލު ކުރެވިފައެވެ. އެއީ އެ ކުންފުނީގެ އެގްޒެކިއުޓިވް ބޯޑް ޑައިރެކްޓަރުގެ މަގާމެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ މިލްކިއްޔާތުގައިވެސް އޮތީ އެންމެ 3.1 ބިލިއަން ޑޮލަރެވެ. އެއްވެސް މަސައްކަތަކާއި ނުލައި އެރިކް ބިލިއަނަރަކަށް ވެފައި ވާއިރު، މިހާރަކަށް އައިސް އޭޝިޔާ އާއި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާ ޒުވާނުންކަން ފާހަގަކޮށްލެވެއެވެ. އެއީ އެމީހުންގެ މައިންބަފައިން އެމީހުންނަށް ދޫކޮށްލާ ފައިސާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު