އިއްޔެ އަކީ ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ މޯލްޑިވިއަން އައިޑަލް ކާމިޔާބު ކުރި ލަވަކިޔުންތެރިޔާ އަދި މިހާރުގެ ފުޓްބޯޅަ ކުޅުންތެރިޔާ ލައިޝާ ޖުނައިދު (ލައި) އުފަންދުވަހެވެ.

އިއްޔެ ލައި އަށް 22 އަހަރު ފުރިފައި ވާއިރު އޭނާގެ މައިންބަފައިން ވަނީ އާލީ ބާތްޑޭ ސަޕްރައިސް އެއްގެ ގޮތުގައި އޭނާ އަށް ދެ ކޭކު ދީފައެވެ. މެންޗެސްޓާ ޔުނައިޓެޑު ކޭކަކާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ކޭކު ލައީ އަށް ދީފައި ވާއިރު ލައި ބުނެފައި ވަނީ އެއީ އޭނާގެ ފޭވަރިޓް ކަމަށާއި މަންމަ އާއި ބައްޕަ އަށް ވަރަށް ބޮޑަށް ޝުުކުރު އަދާ ކުރާ ކަމަށެވެ.

ލައި މެންޗެސްޓާ ޔުނައިޓެޑް ކޭކާއި އެކު

ދިވެހިރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި މިހާރު އިސް ދައުރެއް އަދާ ކުރަމުން އަންނަ ލައި އަކީ ވަރަށް ހުނަރުވެރި ޒުވާނެކެވެ. އުމުރުން ހަނގު އުމުރެއްގައި އެތައް ކާމިޔާބީ ތަކެއް ހާސިލް ކޮށްފައިވާ ލައި އަކީ ގިނަ ބަޔަކު ނަމޫނާ އެއްގެ ގޮތުގައި ބަލަމުން އަންނަ ފަރާތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

1997ވަނަ އަހަރު އޮކްޓޫބަރު މަހުގެ 26ވަނަ ދުވަަހު އުފަންވެފައިވާ ލައި އެންމެ ފުރަތަމަ އާއްމުންގެ ސަމާލުކަން ހޯދާފައި ވަނީ މޯލްޑިވިއަން އައިޑޮލްގެ ތެރެއިންނެވެ. އޭނާގެ ރީތީ އަޑުންނާއި ކޮންފިޑެންސްގެ ސަބަބުން ގިނަ ބަޔަކު ލައި އަށް ލޯބި ޖެހުނު އިރު އައިޑޮލްގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރުމަށް ފަހުގައިވެސް ލައި ވަނީ ރީތި އެތައް ލަވަތަކެއް އާއްމުންނާއި ހަމައަށް ގެނެސްދީފައެވެ.

ލައި ކްރިސްތިއާނޯ ރޮނާލްޑޯ ކޭކާއި އެކު

ލައި މި ފޮޓޯތައް ހިއްސާ ކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ސުމިތު

  ކޭކައްވުރެ ލައި ލޯބި ލައި އަހަރެން ބޭނުންް!!

  17
  61
 2. ބޯގަން

  އިންސާފުން އެއްކިބާ ވުމުގެ ސަބަބުން އެސޮރުވެސް ލަދެއްގައި ބެދުނީ. ޖަޖުންގެ ފެންވަރާއި މެދު ސުވާލުވެސްވއުފެދުނީ.
  ޢެމަންޖެ ލަވައިގެ ދުނިޔެއިން ގެއްލުނީ.

  50
  4
 3. އަޅޭ

  މާތް ﷲ ނަހީކޮށްފައިވާ މިޔުޒިކު ކުޅުމާއި މުސްލިމު އަންހެން ކުދިން ފުޓްބޯޅަ މޮޑެލްއަކަށްވެގެން އުޅުމީ ކޮން ކަހަލަ ނަމޫނާއެއް. ތިޔަށްވުރެ ރަނގަޅުކަމެއް ކޮށްބަލަ!. ބުރުގާ އަޅާ، މިޔުޒިކާ ދުރަށްދޭ!. ތިޔަފަދަ ކަންކަމުން ދުވަހަކުވެސް ހިތްހަމަ ނުޖެހޭނެ.

  201
  9
 4. ހުޙައްމައިދީ އައްޑޫ

  ތިމާ ތިމާ ވަރެއް ނެތިގެން އުޅުނަސް ތިޔައީ ހަމަ ސުމެއްގެ މީހެއް.

  112
  10
  • ހަމް

   ހަމަ ނަރަކައިގެ ދަރުގަނޑެއް.

   72
   10
 5. Mansh

  އޭނަ ބުނި ޑޮކްޓރަކަށޭ ވަނީ...ސްޓިލް ވެއިޓިންގް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ފޯދަ ނިއުސް

  105
  1
 6. ރޮކް1

  ކޮބާ ޑޮކްޓަރުކަން ކިޔަވަން ދިން ލާތިތައް؟

  75
  1
 7. ރާއްޖެ

  ޑޮކްޓަރޭ ކިޔައިގެން ބޮޑު ލަވަ މުބާރާތެއް ކާމިޔާބު ކޮއްފި. މި ދިވެހިން މޮޔަ ހެއްދިދާނެ ކޮންމެ މީހަކަށް. ގައުމު ހިންގަން އެނގޭނެޔޭ ބުނީމާ އަސާސީ ތައުލީމު ފެންވަރު މީހަކު ވެރިކަމަށް ވެސް ހޮވައިފި.

  49
  7
  • ކީއްކުރާނީ ދޯ؟

   ރަގަޅު ވާހަކައެއް.

   21
   1
 8. އައިޑޮލް

  ލަވަ މުބާރާތުގަ ޑޮކްޓަރޭ ކިޔައިގެން ކަރާ ފަޅާފަ އޭގެން މޮޅުވެގެން ލަވަ ކިޔަނީކީވެސް ނޫން. ޑޮކްޓަރު ކަންވެސް ކިޔަވަނީކީ ނޫން. ހަމަ ބޮޓެއް.

  38
  2
 9. ބޭރު

  މިފަދަ މީހުން ވެސް ބޭން ކުރޭ! ފަރަންޖީ ގޮތްގަނޑު ޕުރޮމޮޓުކުރާމީހުނާ އަހަރެމެން ދެކޮޅު! #ބޭންއެމްޑީއެން #ބޭންލާދީނީ