އެތައް އަހަރުތަކެއްވަންދެން ގިނަ ބަޔަކު ގަބޫލުކުރިގޮތުގައި ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ބިނާކަމުގައިވާ ޗައިނާގެ ބޮޑު ފާރަކީ ޖައްވުގައި ނުވަތަ ހަނދުގައި ހުންނަ އެސްޓްރޮނޯޓަކަށް ފެންނާނެ ބިނާއެކެވެ.

ނަމަވެސް މިއީ މުޅިން ހަގީގަތެއް ނޫނެވެ. 4500 މޭލަށް ދިގުދެމިގެންދާ ޗައިނާގެ ބޮޑު ފާރަކީ ޖައްވުގައި ނުވަތަ ހަނދުގައި ހުންނަ އެސްޓްރޮނޯޓަކަށް ހަމަލޮލަށް ފެންނާނޭ ބިނާއެއްނޫނެވެ. އޭގެ ސަބަބަކީ ޗައިނާގެ ބޮޑު ފާރު ބިނާކުރެވިފައިވަނީ ޖައްވުން ބަލާ މީހަކަށް ފާހަގަވާނޭފަދަ އެއްޗިއްސަކުންނެއް ނޫންކަމުންނެވެ.

އެގޮތުން އެސްޓްރޮނޯޓުން އަދި ކަމާއިބެހޭ ތަޖުރިބާކާރުންވެސް ވަނީ ޖައްވުން ޗައިނާގެ ބޮޑު ފާރު ނުފެންނާނޭކަމަށް ޔަގީންކޮށްދީފައެވެ. ޗައިނާގެ ބޮޑު ފާރު ފެނުމުގެ ކިރިޔާވެސް ފުރުސަތެއް އޮންނަނީ ދުނިޔޭގެ އޯބިޓުގެ ދަށް ފަށަލައެއްގައި ވަކި ގޮތަކަށް އަލި ހުރެގެންނެވެ. ކޮންމެ ގޮތަކަށްވިޔަސް އެ ފެންނަ ވަގުތަކީ އެ މަންޒަރު ފެންނަ މީހެއްގެ ހިތުން ފޮހެވޭނޭ ހަދާނެއް ނޫނެވެ. ޗައިނާގެ ބޮޑު ފާރުގެ އިތުރުން ހަނަފަސް ސަހަރާތައް ތެރޭގައި ހުންނަ މަގުތަކަކީވެސް އޯބިޓުގެ ތެރެއިން ފެންނަން ހުންނަ ތަންތަނެވެ.

އެހެންނަމަވެސް ދުނިޔޭގައި އެތައް އަހަރުތަކެއްވަންދެން ޗައިނާގެ ބޮޑު ފާރު ޖައްވުން ފެންނަކަމަށް މީހުން ގަބޫލުކުރިއެވެ. އިންސާނުންގެ އެންމެ ވަރުގަދަ މަސައްކަތް ޖައްވުގެ ތެރެއިންވެސް ފެންނަން ހުންނަ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރާއިރު އެކަންކަން ބަދަލުވާން ފެށީ ހަނދަށް އެންމެ ފުރަތަމަ ޒިޔާރަތްކުރި އިންސާނާ ނީލް އާމްސްޓްރޯންގް އެ މިޝަން ނިންމާލުމަށްފަހު އައިސް އެ ސުވާލުކުރެވުމުން އޭގެ ޖަވާބުގައި ނޫނެކޭ ބުނުމުންނެވެ

ކިޔުންތެރިންގެ ހިޔާލު