މާލެ ސިޓީ އިން ގުރައެއް ގެއްލިގެން އޭގެ ވެރިފަރާތުން ގުރާ ހޯދައި ދިނުމަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.
އެ ގުރާގެ ވެރިފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ، އެ ގުރާއަށް ކިޔަނީ "ޝޭމް" ކަމަށާއި ގުރާ ގެއްލިފައިވަނީ މިއަދު ހެނދުނު 9:00 ގައި މާފަންނު ސްޓޭޑިއަމް ކައިރިން ކަމަށެވެ. އެފަރާތުން ބުނެފައިވަނީ ގުރާ ވަކި ކުރުމަށް ފަސޭހަ ވާނެ ކަމަށާއި އޭގެ އެއް ފައިގައި ޗެއިންގެ ބޮޅު އިންނާނެ ކަމަށާއި އަނެއް ފައިގައި އަނގޮޓީއެއް އަޅުވާފައިވާނެ ކަމަށެވެ.
"ޝޭމް" އަކީ އެންމެންނާއި ވެސް ގުޅޭ އެއްވެސް ގޮތަކަށް ދަތެއް ނާޅާނެ ގުރައެއް ކަމަށް އޭނާ ބުންޏެވެ. އަދި އެ މަކާއޫ އަކީ ކޮންމެ ދުވަހަކުވެސް މާފަންނު ވެލިދަނޑަށް އުދުއްސަން ގެންދާ "ގްރީން ވިންގް މަކާއޫ" އެއް ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ އެގުރާ ގެންގުޅޭތާ އަހަރެއް ވެފައިވާނެ ކަމަށާއި އޭނާ "ޝޭމް" ދެކެނީީ އާއިލާ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށެވެ.
"ޝޭމް" އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ "7779444" މި ނަންބަރަށް ގުޅުއްވުމަށް ވެރި ފަރާތުން ވަނީ އެދިފައެވެ.
މަ މިއުޅެނީ ޝަހިންދާ ކިޔާ ގުރައެއް ގެއްލިގެނޭ އޭތިވިީ ޖަރުމަނަށް ކުދިބަތް ކަަާން ގޮއްސަޔޯ
ކަމަނާ އަކީ ވަރަށް މޮޅު މީހެއް
އިރާދަ ކުރެވިޔާ ފެންނާނެ