ކިތަންމެ އަގުބޮޑުވިޔަސް މޭކަޕްގެ ސާމަނީ އަންހެން ކުދިން އެޔާ ނުލާ ދިރިއުޅެން އުދަގޫ އެއްޗެކެވެ. އެހެންނަމަވެސް މޭކަޕްއަކީ ބޭނުންކުރަން ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ.

ކިމް އެރިކްސަން އަދި ސަމިއުލް އެޕްސައިން ލިޔުއްވާފައިވާ "ޑޭންޖަރ ދެޓް ހައިޑްސް އިން މޭކަޕް" ކިޔާ ފޮތެއްގައި ބުނެފައިވަނީ މޭކްއަޕް ތައްޔާރު ކުރުމަށް ބޭނުންކުރާ ތަކެއްޗަކީ ޖަނަވާރުންނަށް ކެންސަރު ޖެހުމަށް މަގުފަހިވާ އެއްޗެއްކަން ހާމަވެފައިވާއިރު، މިހާ ނުރައްކާތެރި އެއްޗެއް މޭކަޕް ތައްޔާރު ކުރުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫންކަމަށެވެ.

އަދި މިފޮތުގައި އިތުރަށް ބުނެފައިވަނީ މޭކަޕްގައި ހިމެނޭ ބާވަތްތަކަކީ މީހާ ވަރުބަލިކޮށްލާ މާއްދާތަކެއް ހިމެނޭ އެއްޗެއް ކަމަށާއި މިއީ އެއްވެސް ހާލެއްގައި ބޭނުން ކުރުން ހެޔޮވާވަރުގެ އެއްޗެއް ނޫންކަމަށެވެ. ހަންގަނޑު އޮމާން ކުރަންށާއި ފައުންޑޭޝަންގެ ގޮތުގައި ގެންގުޅޭ ތަކެއްޗަކީ އަންހެން މީހާ ދަރިމައިވުމަށް ހުރަސް އަޅާ މާއްދާތަށް ހުންނަ އެއްޗެހި ކަމަށްވެސް މިފޮތުގައިވަނީ ފާހަގަކޮށްފައެވެ.

މޭކްޕް ކުރުމަކީ ކޮންމެ ދުވަހެއް ތާވަލުގައި ގަވައިދުން ކުރުމަށް އެންމެ ބޮޑު އަކުރުން ފަވާލާފައި އޮންނަ އެއްކަމަށް ދިވެހިންގެ ތެރޭގައި ވެފައި މިވަނީ މިއީ ރީތިކަން އިތުރުކޮށްދޭ ކަމެއް ކަމަށް ޤަބޫލު ކުރެވިފައިވާތީއެވެ. އެހެންނަމަވެސް ޤަބޫލު ކުރަންވީ ޙަޤީގަތަކީ ތިމާގެ ހަޤީޤީ ރީތިކަމަކީ ތިމާާގެ ޤުދުރަތީ ރީތިކަން ކަމަށެވެ. މޭކަޕްކޮށް ތިމާގެ ސޫރަ ބަދަލުކޮށްލުމުގެ ބަދަލުގައި ރަނގަޅު މޭވާގެ ބޭނުންކޮށް ހަންގަނޑު ރަގަނޅަށް ބެލެހެއްޓުމަކީ މާ ބުއްދިވެރި ގޮތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސެކްސީ

    ކަލެޔަަ ކޮންކަމެެއް. ((((:

  2. ހަކީމު

    މިހާރު އެކަކުވެސް ކުރިމަގުގައި ދިމާވެދާނެ ނުރައްކަލަކަށް ނުބަލައެވެ. ބޮޑެތި ޚިޔާނާތްތެރިނ، ބޮޑެތި ވަގުން، ކުރިމަގަށް ނުބަލައި ވަގުތީ އުފާ ލިބިގަންނަހެން ކެއުމާއިބުއިން ޒީނަތްތެރިވުން މިކަންކަމުގައިވެސް ބެލެވެނީ ވަގުތީ އުފަލާ އަރާމާ ހިތްހަމަޖެހުމަށެވެ. ހަގީގަތް ހޯދައިބަލާ ހެޔޮގޮތަށް އުޅެނީ ވަރަށް މަދުބައެކެވެ، ހައިރާންވާނެކަމެއް ނެތެވެ. ދީނީ ޢިލްމުވެރިންގެ ތެރެއިން ވެސް މިބާވަތުގެ މީހުންފެނެއެވެ.