ކަރަން ޖޯހަރުގެ ފިލްމު، ދަޅަކްއިން ބޮލީވުޑަށް ތައާރަފުވި ޖާންވީ ކަޕޫރާއި ހަމަ އެ ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ އިޝާން ކައްޓާރުއާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ވެސް ފެތުރެމުންދާތާ ދުވަސް ތަކެއް ވެއްޖެ އެވެ.

އެދެމީހުންވަނީ އިއްޔެ ދެމީހުން އެކުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފަ އެވެ. އަދި ޖާންވީ މަގުމަތީގައި ދިރިއުޅޭ ކުއްޖަކަށް ބިސްކޯދުތަކެއްދީފައިވެއެވެ. އެ ބިސްކޯދު ދިން މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް މިވަނީ އާންމުވެފަ އެވެ.

ޖާންވީ އަކީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އޭނަ ކާރަށް އެރުމަށްފަހު އެކުއްޖާއަށް ބިސްކޯދު ތަކެއްދޭ މަންޒަރު ފޮޓޯތަކުން ފެނެ އެވެ. އެއާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޖާންވީއަށް ތައުރީފު ކުރަމުން އެބަގެންދެއެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ އެކަމުގެ ސަބަބުން އެނގިގެންދަނީ އޭނާގެ މައިންބަފައިން އޭނާއަށް ދީފައިވާ ތަރުބިއްޔަތުގެ ރަނގަޅުކަން ކަމާ އަދި އޭނާ އެތަރުބިއްޔަތުގެ ބޭނުން ހިފާކަމެވެ.

މީގެ ކުރިން ވެސް ޖާންވީ މީހުންނަށް އެހީވެފައިވެ އެވެ. ދާދި ފަހުން ވެސް ޖާންވީ ކާރަށް އަރަންދަނިކޮށް މީހަކު އެހީއަށް އެދުނެވެ. އެގޮތުން އެފަހަރު ވެސް އޭނާ ވަނީ ކާރަށް އެރުމަށް ފަހު އޭނާގެ ވޮލެޓް ހޯދުމަށް މަސައްކަތްކޮށް ނުފެނުމުން ޑްރައިވަރުގެ އަތުން ފައިސާ ނެގުމަށް ފަހު އެހީއަށް އެދުނު މީހާއަށް ފައިސާ ދީފަ އެވެ. އެފަހަރުވެސް ގިނަބަޔަކު އޭނަ އަށް ތައުރީފު ކޮށްފައިވެ އެވެ.

ޖާންވީގެ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ އެ އަމަލުތަކުން އޭނާގެ މަންމަ، ޝްރީދޭވީ މަރުވެފައިވީ ނަމަވެސް އުފާކުރާނެ ކަމަށް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ޖާންވީ މިހާރު މަސައްކަތް ކުރަމުން އަންނަނީ ކާގިލް ގާލް ގައެވެ. އެ ފިލްމަކީ ކާގިލް ހަނގުރާމަ ހިނގާދިޔަ ދުވަސްވަރު އިންޑިއާގެ އެއާފޯސްގައި މަސައްކަތް ކުރި ހަމައެކަނި އަންހެން މީހާ، ގުންޖަން ސަކްސޭނާގެ ހަޔާތަށް ނެރޭ ފިލްމެކެވެ. ނަމަވެސް މި ފިލްމުގައި ޖާންވީ ގެ ރޯލު ތަފާތުވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިދަ ދަނޑި

    ވަރަށް ބޮޑު ކަމެއް އެ ކޮށްދެވުނީ ނޫހުގަ ޖަހާ އިޝްތިހާރު ވާވަރުގެ.. ނު ކެވުނު ބިސްކޯދު ކޮޅު އުކާލީއެއް ނޫންތަ؟؟؟

    4
    3
  2. ސާރާ

    އެތަނުގަ ކެމަރާއެއް ނެތްނަމަ ބަލާވެސް ނުލާނެ

    3
    1
  3. ފަނަ

    މަހީކުރީ މަގުމަތި ވެފއިވާ ކުއްޖަކަށް އެހީވިޔޭ ބުނީމަ ދިރިއުޅޭނެ ތަނެއްހަމަޖައްސައި ދިނީކަމަށް އެހެންނާ ފަހެ ސަލާމްޖަހާ ކުއްޖަކަށް ބިސްކޯ ދު ކޮޅެއް ދިނުމަކީ މާބޮޑު ކަމެއްތަ މިޚަބަރު ލިޔަނީ އޭނާގެ ސަޕޯޓަރުން

    4
    1