އަހަރުމެން ގިނަ މީހުންނަކީ އުފަންދުވަހު ކޮންމެވެސް ކަހަލަ ހަދިޔާއެއް ބޭނުންވާ ބައެކެވެ. އެގޮތުން ގިނަ މީހުން ގާތު އުފަންދުވަހު ހަދިޔާ އަކަށް ބޭނުން ވަނީ ކޯއްޗެއްތޯ އަހާލުމުން ބުނަމުން އަންނަނީ "ބޭނުމީ އައިފޯނެއް" މި ޖަވާބެއެވެ. މި ޖަވާބަކީ އަހަރުންމެންގެ ތެރޭގައި ގިނަ މިހުންގެ ދުލުން މިހާރު ބޭރުވަމުން އަންނަ ބަހެކެވެ.

ގިނަ ފަރާތްތަކުން އައިފޯނެއް އުފަންދުވަހަށް ބޭނުންވެޔޭ ބުނުމުން ބައެއް ފަރާތްތަކުން ސެމްސަންގް ފޯނެއް ދޭންވީ ހޭ އަހާލުމުން ޖަވާބުގައި އޮންނަނީ ހަމަ އައިފޯނެވެ. ދިވެހިންގެ ތެރޭގައި މިހާރު އެންމެ ހިނގާ ފޯނަކީ އައިފޯނެވެ. މިހާރު އުފަންދުވަސް ކައިރިވެފައިވާ މީހެއް ކައިރިން ބޭނުމީ ކޯއްޗެއްހޭ އަހައިފިއްޔާ ޖަވާބަކަށް ބުނާނީ އައިފޯނު 11 ޕްރޯ ނުވަތަ މެކްސް އެވެ. ބައެއް ފަރާތްތަކުން ދަރަނިވެރި ވެގެންވެސް އެ ފޯނު ތިމައްނަގެ ޖީބަށް ލެވޭތޯ މަސައްކަތް ކުރައެވެ. ބައެއް ފަރާތްތަކުން މިދެންނެވި ގޮތަށް ހަދައިގެން ފޯނު ޖީބަށް ލައިގެން އުޅެއެވެ.

މީގެ ކުރިން އަހަރުމެންގެ ތެރޭގައި އުފަންދުވަހަށް އެންމެ ބޭނުން ވަނީ ކޯއްޗެއްހޭ އަހައިފިއްޔާ ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ ސެންޓް ފުޅިއެއް ޓީޝާޓެއް އެހެން ނޫނީ އަތުކުރި ގަޑިއެވެ. އަދި ބައެއް ފަހަރު އަގު ބޮޑު ރެސްޓޯރެންޓް އަކުން ކާންދީފި ކަމުގައި ވިއަސް އެކަން އޮންނަނީ ނިމިފައެވެ. މީގެ ކުރިން އަންހެން ކުއްޖަކަށް ކައުންޓްލައިން ކަހަލަ މަޝްހޫރު ފިހާރައަކުން އުފަންދުވަހުގެ ގިފްޓެއް (ޗޮކްލެޓާއި ޓެޑީބެއާ) މި ޕެކޭޖް ގަނެފައި ހަވާލުކޮށްފިނަމަ އެ ކުއްޖަކު ހުންނަނީ އުފަލުން ފޮޅިފައެވެ. މިހާރު ވެސް ހަމަ އެ ޕެކޭޖްތައް ވިއްކަމުން އާދެއެވެ. އެހެން ނަމަވެސް މިހާރު ގިނަ ފަރާތްތަކުން އެ ޕެކޭޖްގެ މަތިން ހަނދާނެއް ނުހުރެއެވެ.

ގިނަ ފަރާތްތަކުން އުފަން ދުވަހަށް އައިފޯނެއް ބޭނުން ވެގެން އުޅޭއިރު ގިނައިން ފެނިފައި ތިބީ ހަމަ އެކަނި އައިފޯނުގެ ޑިޒައިނާއި ކެމެރާ އާއި ކުޅެން އެނގިގެން އެފޯނު ބޭނުންވާ މީހުން، މާނައަކީ އެފަރާތުން އިއިފޯނު ބޭނުންވަނީ ހަމަ އެކަނި ސެލްފީއެއް ނަގާލަންށެވެ. އިތުރު އެއްވެސް ކަމެއް އެއިން ކުރާކަށް ނޭނގެއެވެ. ގިނަ ފަރާތްތަކުން ބޭނުންވަނީ އައިފޯނެއް ޖީބުން ނަގާލުމުން ތިމާ މީހާއަކީ މުއްސަނދި މީހެއްކަން އެހެން މީހުންނަށް ދައްކާލުމެވެ.

އުފަން ދުވަހަށް އައިފޯނު ނޫން އެހެން އެއްޗެހި ބޭނުންވާ ފަރާތްތަކުންވެސް އުޅެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ބޭނުން ވަނީ ދަތުރެއް އަޅާލުމަށެވެ. މާނައަކީ ދުނިޔޭގެ ރީތި ގައުމަކަށް ރައްޓެހިވެގެން އުޅޭ މީހާ ގޮވައިގެން ދާށެވެ. އެގޮތަށް ބައެއް ފަރާތްތަކުން އެ ދަތުރުތައް ކުރުމުން ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ އުފާވެއެވެ. އަނެއް ބައި ފަރާތްތަކުން ބޭނުން ވަނީ ހަމަ އެކަނި އުފަންދުވަސް އާއިލާ އާއި އެކީ ނުވަތަ ރައްޓެހިންނާއި އެކީ ހޭދަ ކޮށްލުމަށެވެ. އެ ހޭދަކޮށްލާ ވަގުތު ކޮޅުގައި ބައެއް ފަހަރު ހަދިޔާވެސް ލިބިއެވެ. ސަޕްރައިޒްވެސް ލިބެއެވެ. އުފަންދުވަހު ސަޕްރައިޒް ލިބުމަކީ ގިނަ މީހުން އެންމެ ބޭނުންވާ އެއް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އޯލް އައި ވޯންޓް އިޒް

  ލަވް

 2. ޔާރާ

  ބޭނުންވާނީ ރީތިި ފިނިފެންމަލެއް!

  5
  1
 3. އޮޒިލް

  އާސެނަލް ޓީމުގެ ފުރަތަމަ އެގާރަ އިން ޖާގައެއް

  4
  1
  • ާަަަައެމެރީ

   ކަލޭ ކީކޭ ކިޔާކަށް

 4. ހަމަ މަ.

  ޕިއްޒާ