އިނގިރޭސިވިލާތުގެ އެއާޕޯޓަކުން ފުރަން ގޮސް އުޅުނު ދެމަފިރިންގެ ދަބަހުން އެމީހުން ގެންގުޅޭ ބުޅާ ސެކިއުރިޓީ މީހުން ނެގުމުން ހައިރާން ވެއްޖެއެވެ.

ދަބަސްތެރެއިން އެބުޅާ ނަގާފައިވަނީ ނިކްގެ 40 ވަނަ އުފަންދުވަހަށް އެމީހުން ނިއުޔޯކަށް ފުރަންގޮސް ތިއްބައެވެ. ޗެކިން ކުރަން ގޮސް ދަބަސް ސްކޭން ކުރުމުން އާދަޔާއި ހިލާފު ދިރޭ އެއްޗެއް އޮތުމުން ނިކް އާއި ވޮއިރޭ ކޫލޭ ސެކިއުރިޓީ އޮފިސަރުން ކާރިއަށް ހާޒިރުކޮށް ފޮށީގައި އޮތީ ކޯއްޗެއްތޯ ވެސް ސުވާލުކޮށްފައިވެއެވެ. އެހެން ނަމަވެސް ނިކް ބުނެފައިވަނީ އެއީ ކޮން އެއްޗެއް ނެނގޭ ކަމަށެވެ.

"ސެކިއުރިޓީ އޮފިސަރުން އަޅުގަނޑުމެން ކައިރީ ދަބަހަކީ ކާކުގެ ދަބަހެއް ކަމަށާއި އޭގައި ހުރީ ކޯއްޗެއް ކަން ސުވާލުކޮށްފައިވޭ. އެޅުގަނޑު ވާނީ ބުނެފައި އެއީ އަޅުގަނޑުމެންގެ ދަބަހެއް ކަމަށާއި އެކަމަކު އޭގައި އެބުނާ ދިރޭ އެއްޗަކީ ކޯއްޗެއް ކަމެއް ނޭނގޭ ކަމަށް." ނިކް ބުނެފައިވެއެވެ.

ނިކް ބުނީ އެމީހުން އެ ދަބަސް ގެނައި ހުސްކޮށްކަމާއި ސަބަބަކީ ނިއުޔޯކުން އެއްޗެހި ގަނެގެން އެފޮއްޓަށް އަޅައިގެން އައުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެދަބަސް ހުސްކޮށް ހުރުމުން އެމީހުން ގެންގުޅޭ 3 ބުޅާ ތަކުގެ ތެރެއިން އެކަތި ފޮށީގެ ތެރެއަށް އެރުމުންވެސް އެއްވެސް ގޮތަކަށް އެނގިފައިނުވާ ކަމަށެވެ.

އެއާޕޯޓުން އެބުޅާ ފޮށިން ނެގުމުން ނިކް ވަނީ އޭނާގެ ބައްޕައަށް ގުޅައި ބުޅާ ހަވާލުކޮށްފައެވެ. މިކަމަކީ އަލަށް ދިމާވެފައިވާ ކަމެއް ނޫނެވެ. މީގެ ކުރިންވެސް ދަތުރު ކުރާ ފަރާތްތަކުގެ ދަބަސް ތެރެއަށް ބުޅާ އެރިގެން އެއާޕޯޓުން ވަނީ ހުއްޓުވާފައެވެ. އަދި ބުޅާ ނޫނަސް އެހެން ޖަނަވާރުންތައް އޮޅިގެން ހިފައިގެންވެސް ބައެއް ދަތުރުވެރިން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާޒީރާ ބޯއީ

    ރާއްޖެއަށްވެސް އެބަހުރި ތިޔަގޮތަށް ކުއްތާ އެތެރެކޮށް ރިސޯޓުގައި ގެންގުޅެފަ. މިސަރުކާރު ބޮޑުތަނުން ފެއިލް

    1
    1