އެމެރިކާގެ އޯހައިއޯ ސިޓޯއަށް އުފަން ނިބޫ ދެބެއިން ކަމަށްވާ ރޮނީ އާއި ޑޮނީ އަކީ އެހެން އެހެންކުދިންނާއި ވަރަށް އާދަޔާއި ހިލާފު ދެކުދިންނެވެ، އެއީ މިދެކުދިންގެ ހަށިގަނޑު ގުޅިފައިވުމުންނެވެ. އެއްހަށިގަނޑެއް ދެބެއިން ހިއްސާ ކުރުމަކީ އެއީ ހަމަ ގައިމުވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ޑޮނީ އާއި ރޮނީ އުފަންވެފައިވަނީ 1951 ވަނަ އަހަރުއެވެ. އަދި ޖީނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ބުނާ ގޮތުގައި މި ދެބެއިންނަކީ ދުނިޔޭގައި ތިބި ހަށިގަނޑު ގުޅިފައިވާ އެންމެ ދުވަސްވީ ނިބޫއެވެ. ޑޮނީ އާއި ރޮނީގެ އުމުރުން މިހާރު 66 އަހަރެވެ.

މި ދެބެއިންގެ ހަށިގަނޑު ވަކިކުރުމަށް ބޮޑު ހޭދައެއްް ބޭނުންވާއިރު އެ އޮަޕަރޭޝަން އަށް ބެނުންވާ ފައިސާ ހޯދުމަށް މިދެބެއިންގެ އާއިލާއިން ވަނީ ނުކުޅެެދިފައެވެ. ރޮނީ އާއޮ ޑޮނީގެ އާއިލާއިން ފައިސާ ހޯދަމުން ދިޔައީ އެމެރިކާގެ މަގުތަކުގައި ރޯޑް ޝޯވ ތަށް ކުޅެދީގެންނެވެ. އެ ގޮތުން ރޯޑް ސޯވް ޓަކުގައި ނިބޫ ދެބެއިން ބޭނުންކޮށްގެން އެކި ކަންކަން ކުރެއެވެ. އެގޮތަށް ލިބޭ މަދު ފައިސާކޮޅުން ދިރިއުޅުމުގެ ހަރަދުތަށް ބަލަހަށްޓަމުންދާ ރޮނީގެ އާއިލާއަކީ މެދުފަންތީގެ އާއިލާއެވެ.

ބައެއް މަޝްހޫރު ޑަކްޓަރުންނާއި ސައިންސްވެރިން ބުނެފައިވާ ގޮތުގައި އެއްހަށިގަނޑެއްގައި ތިބޭ ދެ ނިބޫއިންގެ ހަށިގަނޑު ވަކި ނުކޮށްފިނަމަ ވަރަށް އަވަހަށް މަރުވެއެއެވެ. ނަމަވެސް ރޮނީ އާއި ޑޮނީ މިހާރު 66 އަހަރު އެގޮތުގައ ދުނިޔޭގައި އުޅެފައިވާއިރު ފުރާނައަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ވެފައެއް ނުވެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ތަފާތު ކުދި އަދި ފަސޭހައިން ރަނގަޅުވާ ފަދަ ބަލިތަށް ޖެހިފަވެއެވެ.