ޖޯދުޕޫރު ޖަލުގައި ދެ ރޭ ހޭދަކުރުމަށްފަހު އެނބުރި މުމްބާއީ އަށް އައިސް، ސަލްމާން ޚާން އަނެއްކާވެސް އޭނާގެ އާއްމު ދިރިއުޅުމަށް ރުޖޫއަށްކޮށްފިއެވެ.

އެގޮތުން، އިއްޔެ ސަލްމާން ވަނީ މުމްބާއީގައި ހުންނަ ސްކޫލެއްގެ އެނުއަލް ޑޭގެ ހަރަކާތްތަކުގައި ބައިވެރިވުމަށް، ހާއްސަ މެހުމާނެއްގެ ގޮތުގައި އެސްކޫލަށް ޒިޔާރަތްކޮށްފައެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި އިއްޔެ ސަލްމާން، އެސްކޫލަށް ގޮސް، އެތަނުގައި އުޅޭ ދަރިވަރުންނާއެކުވަނީ އައިސް ކްރީމަށްވެސް އިންސާފުކޮށްފައެވެ. މީގެއިތުރުންވެސް، ސްކޫލު ދަރިވަރުންނާއި މުވައްޒަފުންނާއެކު އެކި ގޭމުތައް ކުޅުމުގަޔާއި އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި އޭނާވަނީ ބައިވެރިވެފައެވެ.

ސަލްމާން ޚާން، އޭނާގެ ކޮއްކޮ ސޮހެއިލް ޚާންގެ ދަރިފުޅާއެކު ސްކޫލުގައި

ސަލްމާނުގެ މި ޒިޔާރަތުގެ ފޮޓޯތައް އިންޓަނެޓާއި މީސް މީޑިޔާގެ އެކި ވަސީލަތްތަކުގައި ދައުރުވެފައިވާއިރު، އޭނާގެ މޫނުމަތިން މިހާރު ހާސް ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް އެތައް ބަޔަކު ބުނެފައިވެއެވެ.

ހަމައެހެންމެ، އިއްޔެ ސަލްމާނު ވަނީ އޭނާގެ ރަހުމަތްތެރިންނާއެކުވެސް ވަގުތުކޮޅެއް ހޭދަކޮށްފައެވެ. އެގޮތުން "ރޭސް 3" ގައި ސަލްމާނާއެކު ހަރަކާތްތެރިވާ ސާޤިބު ސަލީމާއި އަދި އިތުރު ބައެއް ފިލްމީ ތަރިންނާއެކު ރޭ އޭނާވަނީ ވަގުތު ހޭދަކޮށްފައެވެ.