ތިމާ ދުނިޔަށް އައުމުގެ އަސްލަކީ ތިމާގެ މައިންބަފައިންނެވެ. އެހެންކަމުން ކޮންމެ ހާލެއްގައިވެސް އެމީހުންނަށް އޯގާތެރިވާން ޖެހޭނެއެވެ. ނަމަވެސް އަދުގެ މުޖުތަމައުން ފެންނަމުން ދަނީ މިއާ ދިމާ އިދިކޮޅެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ހާލާއިގެން ސަލާމަތް ނުވެވިގެން އުޅޭ މަންޒަރެވެ. މަައިންބަފައިން ހުސް ބަނޑާ ތިއްބަސް ކަހާތާ ހިރުވާލަނީވެސް އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔެކެވެ.

ނަމަވެސް ތިރީގައި އެވާ ވީޑިއޯއިން ހާމަވާ ގޮތުގައި މައިންބަފައިންނަށް އަޅާލާ އޯގާތެރިވުމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ތުއްތު ކުއްޖަކު އެހުރީ ޔޯގަޓް ތަށްޓެއް ހިފައިގެން އޭނާގެ ނުކުޅެދުންތެރިކަން ހުންނަ މާމައަށް ކާންދޭށެވެ. އެ ތުއްތު ކުއްޖާއަށް އެ ކުއްޖާއަށް މައިންބަފައިންގެ އާދޭހުގެ އަޑު އިވޭ އިރު އަޅުގަނޑުމެން ތަސައްރަފް ފުދިފައިތިބި މީހުންނަށް އެ އަޑު ނީވެންވީ ކީއްވެހެއްޔެވެ؟

މައިންބަފައިންނަށް އޯގާތެރިވުމަކީ ވާޖިބެކެވެ. އެއީ ވަކި އުމުރަކަށް އޮތް ކަމެއް ނޫނެވެ. އަދި ތިމާގެ މައިންބަފައިން ތިމާއާއި ދިމާއަށް ކިތަންމެ އެެއްޗެއްސެއް ކިޔަސް އަދި ކިތަންމެ ގޯސްކޮށް ތިމާ އާއި މެދު ކަންތަށް ކުރިޔަސް މާތް ﷲ އަށް އުރެދުމަށް އަމުރު ނުކުރާ ހިނދެއްގައި އެމީހުންގެ ކުރިމަތީގައި މަޑުމައިތިރިވެ އެމީހުންނަށް ކިޔަމަންތެރިވާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް