މިހާރު އަހަރެމެންނަށް ވަރަށް ތަރައްގީވެފައި އޮތް ރާއްޖެ އެއް ފެނުނު ނަމަވެސް، މީގެ އަހަރުތަކެއް ކުރިން ކަންތައް އޮތީ އެހެންނެއް ނޫނެވެ. މިގޮތުން 1980ގެ އަހަރުތަކަށް ބަލައިލާ އިރުގައި ރާއްޖެ ހިމެނިފައި ވަނީ ދުނިޔޭގެ އެންމެ ފަގީރު 20 ގައުމުގެ ތެރޭގައެވެ. އޭރު ރާއްޖޭގެ އާބާދީ އަކީ އެންމެ 156،000އެވެ.

މިއީ 2019ވަނަ އަހަރެވެ. ޓެކްނޮލެޖީގެ ގޮތުންނާއި ތަރައްގީގެ ގޮތުންވެސް ރާއްޖެ އެތައް ތަނެއް ކުރިއަށް ޖެހިލާފައި ވާއިރު ހުރިހާ ކަމެއްހެން ކުރަމުން އަންނަނީ ސްމާޓް ފޯނާއި ކޮމްޕިއުޓަރުތަކުގެ އެހީގައެވެ. އަނެއްކާ މި ގައުމު މިވަނީ ފަގީރުކަމުންވެސް އަރައިގަނެފައެވެ.

މީގެ ކުރިން އަހަރެމެންގެ ކާބަފައިން އުޅުނު ގޮތާއި، އޭރު ކަންކަން ހުރިގޮތް އެނގޭ ޒުވާނުން އަހަރެމެންގެ ތެރޭގައި ވަރަށްވެސް މަދެވެ. އެހެންކަމުން މީގެ 61 އަހަރު ކުރިން ބޭރުގެ ފަރާތަކުން ނަގާފައިވާ ރާއްޖޭގެ ވީޑިއޯ ކޮޅެއް ހިއްސާ ކޮށްލާނަމެވެ.

ވީޑިއޯ ކްރެޑިޓްސް : ނަޖާހް ދީދީ

 

އެ ވީޑއޯ އިން އެ ފެންނަނީ އައްޑޫ އަތޮޅުގެ މަސްވެރިންތަކެއް މަހެއް ނިކުމެ އުޅޭ ތަނެވެ. ބްލެކް އެންޑް ވައިޓް އިން ނަގާފައިވާ އެ ވީޑިއޯގައި ފެންނަނީ ރިޔަލު ދޯނިތަކުގައި ފިރިހެނުން މަހަށް ނިކުމެ އުޅޭ ތަނެވެ. އެ ބޯޓުތަކުގައި އިންޖީނެއް ނެތްކަމުން އެ މީހުން ފަލި ޖަހާ މަންޒަރުވެސް ފެނެއެވެ.

އެޒަމާނުގައި ހުންނަނީ ރިޔަލު ބޯޓުތަކެވެ. މިހާރު އިންޖީނުލީ ކަނޑުބޯޓުތަކާއި ސްޕީޑް ލޯންޗުތަކުގެ އިތުރުން ފްލައިޓުތައް ބޭނުން ކުރިނަމަވެސް، އޭރު ކަންތައް އޮތީ އެހެންނެއް ނޫނެވެ. އަހަރެމެންގެ ހަޔާތް އަސްލު ހަގީގަތުގައި ކިތަންމެހައިވެސް ފަސޭހައެވެ.

މި ވީޑިއޯ އަކީ އޮސްޓްރިއާގެ ބައޮލޮޖިސްޓެއް ކަމުުގައިވާ ޕްރޮފެސާ ހާންސް ހޭންސް ނަގާފައިވާ ވީޑިއޯޯ އެކެވެ. އޭނާ ވަނީ ރާއްޖެ އަށް ކުރި ދަތުރުގެ މައްޗައް " ދަ އެކްސްޕެޑިޝަން އިންޓު ދަ އަންނޯން" ގެ ނަމުގައި ރާއްޖެ އާއި ބެހޭ ގޮތުން ވީޑިއޯ ޑޮކިއުމެންޓްރީ އެއްވެސް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒަރީރް

    މޮގޮތައް ފަލިޖަހާފަ ނޫޅެވޭނެ މިހާރަކު. ފަލި ޖަހަމުން ދަނިކޮއް ގަލްފު ކުރާފްޓު ލޯންޗެއް އޮންނާނީ އަރާފަ އޮޑިމައްޗައް.

    30
    3
  2. ސާއާ

    މިގޮތައް ފަޔެއް ނުވެސްޒެހޭނެ ދެއް ލަލަ

    13
    1