ކާރެއް މަތީގައި ސޯފާ އާއި ގޮނޑި ޖަހައިގެން ދުއްވާފައި ދިޔަ މީހަކު ފުލުހުން ހުއްޓުވައިފިއެވެ.

އިނގިރޭސި ވިލާތުގައި ހިނގާދިޔަ މިހާދިސާގައި ފުލުހުން ހުއްޓުވާފައިވަނި އުމުރުން 49 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ، އޭނާ ސޮފާ އާއި ގޮނޑި ގެންގޮސްފައިވަނީ އެކަން ކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށާއި ސޯފާ އާއި ގޮނޑިތައް އޭނާ ކާރު މަތީ ބަނދެފައިވަނީ ފަސޭހައިން ނައްޓާލައިގެން ދާނެ ގޮތަކަށް ކަމަށެވެ.

ފުލުހުން ބުނީ، އެ ކާރު ދުއްވަން ހުރި އުމުރުން 49 އަހަރުގެ ފިރިހެން މީހާގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރު ނުކުރާ ކަމަށާއި އޭނާ ކައިރީ އެކަން ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް ނަސޭހަތް ދީފައިވާނެ ކަމަށެވެ. އަދި އެކަހަލަ ކަމެއް ކުރާއިރު ކުރަންޖެހޭނީ ސަލާމަތީ ފިޔަވަޅު އަޅައިގެން ކަމަށާއި ސޯފާ، ގޮނޑި އަދި މޭޒު ފަދަ ތަކެތި އުފުލަން ޖެހޭނީ ވޭނެއް ގައި ކަމަށްވެސް ފުލުހުން އޭނާ ގާތު ވިދާޅުވިއެވެ.

ފުލުހުން އޭނާ ސޯފާ ތައް ކާރު މަތީގައި ޖަހާފައިވާ ފޮޓޯ މީސް މީޑިއާގައި އާއްމު ކުރުމުން ގިނަ ބަޔަކު ވަނީ އެ ފޮޓޯ ބަލާފައެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ އުޅުނީ "މިސްޓަބީން" ކުޅެން ވެގެން ކަމަށެވެ. އަނެއް ބައި މީހުންވަނީ އޭނާ އަށް ތައުރީފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Legend

    Evaru kameh hingaafane

    3
    1